
ސްޕެނިޝް ލީގުގައި ރޭ ރެއާލް ސޮސިއެޑާޑް އަތުން 2-0 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް މޮޅުވި މެޗުގެ ރެފުރީގެ ފަހު ކަށިގަނޑާއެކު ފެށުނީ ކޯޗު ކާލޯ އަންޗެލޮޓީގެ ވަދާއީ ހަފުލާއެވެ. ރެއާލްގެ ދަނޑު ކަމަށްވާ ސެންޓިއާގޯ ބާނަބައުގައި ތިބި އެތައް ހާސް ސަޕޯޓަރުން ކޮޅަށް ތެދުވެ، އޭނާއަށް ތައުރީފް އަތްތިލަބަޑި ޖަހަމުންދިޔަ އެވެ. މި މަންޒަރު ބަލަން ޓީވީ ދޮށުގައި ތިބި އެތައް ބަޔަކުވެސް ތިބީ ފެންކަޅިވެފައެވެ. އާއިލާއެކު ދަނޑުގެ މެޗަށް ގޮސް ހުރެ އަންޗެލޮޓީ މައިކް ހިފައިގެން ވާހަކަ ދައްކަން ފެށުމާއެކު ކުލަބުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒަށްވެސް އެންމެ ފަހުން ރޮވިއްޖެ އެވެ. ކުލަބުގެ ޕްރެޒިޑެންޝަލް ސުއިޓްގައި މެޗު ބަލަން އިންނެވި ރައީސް ޕްރޭޒަށް އަންޗެލޯޓީ ޝުކުރު އަދާކުރިއެވެ.
“އަހަރެން ޕެރޭޒަށް ވަރަށް ބޮޑަށް ޝުކުރު އަދާ ކުރަން މި ކުލަބަށް ކޯޗުކޮށްދޭން އަހަރެންނަށް ފުރުސަތު ދިނުމުން. މިއީ ވަރަށް ހާއްސަ ދުވަސްތަކެއް. މި ކުލަބުގައި ހޭދަކުރި ކޮންމެ ވަގުތަކީ ވެސް އުފަލުގައި ހޭދަކުރި ދުވަސްތަކެއް. އަހަރެން ވާނީ އަބަދުވެސް ރެއާލް މެޑްރިޑްގެ ސަޕޯޓަރަކަށް،” އަންޗެލޮޓީ ބުންނެވެ. އޭނާ ވާހަކަ ފަށަމުން ބުނީ ވަދާއީ ހަފުލާގައި ވާހަކަ ދެއްކުމަކީ ފަސޭހަކަމެއް ނޫންކަން އެންމެން ވެސް ގަބޫލުކުރަން ޖެހޭ ކަމަށެވެ. “ގުޑް އާފްޓަނޫން. އެކަކު ވެސް ހީކޮށްގެން ނުވާނެ މި ވަގުތު މިތަނުގައި ހުރެ ވާހަކަ ދައްކަން ފަސޭހަވާނެ ކަމަށް. މި ކުލަބަށް ކޯޗުކޮށްދިނުމަކީ ވަރަށް ބޮޑު ޝަރަފެއް އަދި ވަރަށް ބޮޑު ހިތްހަމަޖެހުމެއް. މި ޓީމުގައި ތިބި ކުޅުންތެރިންނަށް ކޯޗުކޮށްދިނުމަކީ ހާއްސަ ކަމެއް. މި ކުލަބާއެކު މި ހޭދަކުރި ދުވަސްތައް ވަރަށް ވެސް ފުރިހަމަ،” އަންޗެލޮޓީ ބުންޏެވެ.
ވާހަކަ ދައްކަމުންދިޔަ އިރު ދޭތެރެ ދޭތެރެއިން އަންޗެލޮޓީ ދިޔައީ ރޮމުންނެވެ.

“އަހަރެން މި ކުލަބުގައި ކަލޭމެންނާއެކު ހުރެ މި ލިޔުނު ވާހަކަ އަކީ ވަރަށް އާދަޔާ ހިލާފު ވާހަކަ އެއް. ހަނދާނުން ނުފިލާނެ ވާހަކަ އެއް. އެއްވެސް މީހަކު (ފްރާންސްގެ ފޯވާޑް ކަރީމް) ބެންޒެމާ ޕީއެސްޖީ ކޮޅަށް ޖެހި ގޯލުގެ މަތިން ހަނދާނެއް ނުނެތޭނެ. އެކަކު ވެސް ހަނދާނެއް ނުނެތޭނެ (ބްރެޒިލްގެ ފޯވަޑް) ރޮޑްރީގޯ މެންޗެސްޓާ ސިޓީ ކޮޅަށް ޖެހި ގޯލު. އަދި އެކަކު ވެސް ހަނދާނެއް ނުނެތޭނެ ޗެލްސީއާ ދެކޮޅަށް ލޫކާ މޮޑްރިޗްގެ ކުރި ޕާސްތައް. އަދި ހަމައެހެންމެ ބަޔާން މިއުނިކް ކޮޅަށް ހޮސެލޫ ޖެހި ދެ ގޯލު އެކަކު ވެސް ހަނދާނެއް ނުނެތޭނެ. މި ކުލަބުގައި އަހަރެން ހޭދަކުރި އެންމެ ދުވަހެއް ވެސް އަހަރެން ވެސް ހަނދާން ނުނެތޭނެ. ދެން ބުނާނެ އެއްޗެއް ނެތް. ކުރި އަށް ރެއާލް މެޑްރިޑް. އަހަރެން ވަރަށް ލޯބިވޭ،” އަންޗެލޮޓީ ބުންޏެވެ.
އިޓަލީގެ ކޯޗު އަންޗެލޮޓީ ވަނީ ރެއާލް އަށް ދެ ފަހަރެއްގެ މަތީން ކޯޗުކޮށްދީ 15 ތަށި ހޯދައިދީފަ އެވެ. އޭނާ އަކި ޔޫރަޕުގެ އެންމެ ކާމިޔާބު އެއް ކުލަބު ކޯޗެވެ. ޖުމުލަ ފަސް ފަހަރު ޗެމްޕިއަންސް ލީގު ހޯދި ހަމައެކަނި ކޯޗެވެ. މީގެ ތެރެއިން ތިން ފަހަރު ތަށި ހޯދީ ރެއާލްގައެވެ. އަނެއް ދެ ފަހަރު އޭސީ މިލާނުގަ އެވެ. ޗެލްސީ އާއި ބަޔާން މިއުނިކް އަދި ޕީއެސްޖީ އާއި އެވަޓަން އަށްވެސް ކޯޗުކޮށްދިން އަންޗެލޮޓީ ރެއާލް ދޫކޮށްލީ މި ސީޒަނުގައި ތައްޓެއް ނުލިބި ހުސްއަތާ ނިންމާލަން ޖެހުމުންނެވެ. އޭނާ ބުނީ ކުލަބުން އެހެން ގޮތެއް ބޭނުންވީ ކަމަށެވެ. އަދި ދެން ދުވަހަކު ވެސް ރެއާލްގެ ކޯޗަކަށްނުވާނެ ކަމަށެވެ. ރެއާލް އަށް ފަހު އަންނަ މަހު އޭނާ ހަވާލުވާނީ ބްރެޒިލްގެ ގައުމީ ޓީމާ އެވެ. އަންޗެލޮޓީ ވާނީ ދުނިޔޭގެ އެންމެ ކާމިޔާބު ގައުމީ ޓީމާ ހަވާލުވާ ބިދޭސީ ފުރަތަމަ ކޯޗަށެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
