
ޖަރުމަންގެ ބަޔާ ލެވަކޫސަންގެ ކޯޗުކަން އެރިކް ޓެން ހާގަށް ދޭން ނިންމައިފިއެވެ. އުމުރުން 55 އަހަރުގެ ކޯޗު އެންމެ ފަހުން ކޯޗުކޮށްދިނީ އިނގިރޭސިވިލާތުގެ މެންޗެސްޓާ ޔުނައިޓެޑަށެވެ. އެ ކުލަބުގެ ކޯޗުކަމުން އޭނާ ވަކިކުރީ ހުސްވި އަހަރުގެ އޮކްޓޫބަރު މަހުއެވެ. ނެދަލަންޑްސްގެ އަޔެކްސްގައިވެސް ރަނގަޅު މަސައްކަތްތަކެއް ކުރި ޓެން ހާގަށް ލެވަކޫސަނުން ޝައުގުވެރިވީ އެ ޓީމުގެ ކޯޗުކަން މި ސީޒަނަށް ފަހު ސްޕެއިންގެ ޒަބީ އަލޮންސޯ ދޫކޮށްލާތީ އެވެ. އޭނާ ހަވާލުވާނީ ކުރީގެ ކުލަބު ރެއާލް މެޑްރިޑާއެވެ.
ޓެން ހާގަށް ލެވަކޫސަންގެ ކޯޗުކަން ދޭނީ ދެ އަހަރުގެ ދުވަހުގެ މުއްދަތަށެވެ. އޭނާއާއެކު ކުރެވުނު މަޝްވަރާތަކަށް ފަހު މިހާރު އޮތީ ދެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރުން އެކަނި ކަމަށްވެސް ޖަރުމަނުގެ ނޫސްތަކުން ބުނެ އެވެ. ނަމަވެސް މި ހަފުތާގެ ކުރީކޮޅު މި އެއްބަސްވުމުގައި ސޮއިކުރާނެ ކަމަށް ޖަރުމަނުގެ މީޑިއާތަކުން މިހާރު ވަނީ ބުނަން ފަށާފައެވެ. ޓެން ހާގަށް ކޯޗުކަން ދިނުމުގެ ކުރިން ލެވަކޫސަންއިން އެހެން ބައެއް ކޯޗުންނާ ވެސް މަޝްވަރާ ކުރިއެވެ. އޭގެ ތެރޭގައި އިޓަލީގައި ކޯޗުކޮށްދެމުން އަންނަ ސްޕެއިންގެ ކުރީގެ މިޑްފީލްޑަރު ސެސް ފެބްރިގާސްވެސް ހިމެނެ އެވެ.
ޓެން ހާގުގެ ކޯޗިން ކެރިއަރުގެ އެންމެ އުސްއަލި އަތަކީ ނެދަލަންޑްސްގެ އަޔަކްސްއަށް ޑަޗް ލީގު ތިން ފަހަރު ހޯދައިދިނުމެވެ. އޭގެ ފަހުން ޔުނައިޓެޑަށް އިނގިރޭސި އެފްއޭ ކަޕާއި ލީގު ކަޕުވެސް ހޯދައިދިނެވެ. އަލޮންސޯ ލެވަކޫސަން ދޫކޮށްލަނީ އެ ޓީމަށް ހުސްވި ސީޒަނުގެ ޖަރުމަނު ލީގު ކާމިޔާބުކޮށްދީފައެވެ. އަދި މި އަހަރު އެ ޓީމުން ލީގު ނިންމާލަނީ ދެ ވަނައިގައެވެ. މިހެންވެ އަންނަ ސީޒަނުގައި ޓެން ހާގަށް ނަތީޖާ ރަނގަޅު ކުރަން މަޖުބޫރުވާނެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
