
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ރެއާލް މެޑްރިޑުގެ ސަޕޯޓަރުން ނުރޮއި ހިނިތުންވެލުމަށް އެ ޓީމުގެ މިޑްފީލްޑަރު އަދި ކެޕްޓަން ލޫކާ މޮޑްރިޗް އެދިއްޖެއެވެ. އޭނާ މި ފަދައިން އެދުނީ 13 އަހަރަށް ފަހު ރެއާލް މެޑްރިޑްގެ ސަޕޯޓަރުންނާއި އެ ކުލަބުގެ ދަނޑުގައި ކުޅުނު މެޗަށްފަހު ވަދާއީ ސަލާމްކުރަމުންނެވެ. އުމުރުން 39 އަހަރުގެ މިޑްފީލްޑަރު ވަނީ މި ސީޒަނަށް ފަހު ރެއާލް މެޑްރިޑާ ވަކިވާން ނިންމައިފަ އެވެ. އެއީ ކުލަބުން ވެސް އޭނާގެ ކޮންޓްރެކްޓް އައު ނުކުރަން ނިންމުމުންނެވެ. ނަމަވެސް މޮޑްރިޗް ބުނީ ރެއާލްއާ ވަކިވާނީ އަންނަ މަހު ފަށާ ކުލަބު ވޯލްޑްކަޕް ކުޅެދީފައި ކަމަށެވެ.
ސްޕެނިޝް ލީގުގައި މިރޭ ރެއާލް ސޮސިއެޑާޑްއާ ވާދަކުރި މެޗަށް ފަހު ސަޕޯޓަރުންނާ ވާހަކަ ދައްކަމުން ކްރޮއޭޝިޔާގެ ކެޕްޓަން ބުނީ ރެއާލްގައި ހޭދަކުރި 13 އަހަރަކީ އުފާވެރި ދުވަސްތަކެއް ކަމަށެވެ. “އެއް ގޮތަކަށް ވެސް ނުރޮއި، ސަބަބަކީ މިކަން (އަހަރެންގެ ވަކިވާނެކަން) މިއޮތީ ނިމިފައި. ދެން ހިނިތުންވެލާ. ސަބަބަކީ މިކަން މިހާރު ނިމިއްޖެ،” މޮޑްރިޗް ބުންޏެވެ.

(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
މޮޑްރިޗް ރެއާލް މެޑްރިޑާ ގުޅުނީ 2012 ވަނަ އަހަރު އިނގިރޭސިވިލާތުގެ ޓޮޓްނަމް ހޮޓްސްޕަރ އިންނެވެ. އޭގެ ފަހުން އޭނާ ވަނީ ރެއާލް އަށް 394 މެޗު ކުޅެދީ 30 ގޯލު ޖަހައިދީފަ އެވެ. އަދި އޭނާ ހުރެގެން ރެއާލް ވަނީ ހަތަރު ފަހަރު ސްޕެނިޝް ލީގު ކާމިޔާބުކޮށްފައެވެ. ޔޫރަޕިއަން ޗެމްޕިއަންސް ލީގު ހަ ފަހަރު ކާމިޔާބު ކުރިއެވެ. ފީފާ ކުލަބު ވޯލްޑް ކަޕް ހަތަރު ފަހަރު އަދި ކޮޕަ ޑެލް ރޭ ތިން ފަހަރު ހޯދި އެވެ. މީގެ އިތުރުން ރެއާލްގެ ކުޅުންތެރިއެއްގެ ގޮތުގައި އޭނާ ވަނީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި ދުނިޔޭގެ މޮޅު ކުޅުންތެރިޔާ އަށްދޭ ބެލޮންޑީއޯ އެވޯޑް ވެސް ހާސިލްކޮށްފަ އެވެ.
މޮޑްރިޗް ވަކިވުމުގެ ކުރިން ރެއާލްއިން ވަނީ އޭނާގެ ޝަރަފުގައި ހާއްސަ ރަސްމިއްޔާތެއް ވެސް ބާއްވަން ނިންމައިފަ އެވެ. އޭނާގެ އިތުރުން ކޯޗު ކާލޯ އެންޗެލޮޓ ވެސް މި ސީޒަނަށް ފަހު ރެއާލް މެޑްރިޑާ ވަކިވާނެ އެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
