
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފްރެންޗް ކަޕްގެ ޗެމްޕިއަންކަން ޕީއެސްޖީ އިން ހޯދާ މި ސީޒަނުގައި ތިން މުބާރާތް ކާމިޔާބު ކުރުމުގެ ފުރުސަތު ބޮޑުކޮށްފި އެވެ. ޕީއެސްޖީ އިން ފްރެންޗް ކަޕް ކާމިޔާބުކޮށްފައިވަނީ ރާމްސް އާއި ދެކޮޅަށް ރޭ ކުޅުނު މެޗު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ. މި މެޗުގައި ޕީއެސްޖީ އިން ޖެހި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ބްރޭޑްލީ ބާކޯލާ ކާމިޔާބުކޮށްދީފައިވާއިރު ތިންވަނަ ލަނޑަކީ އަޝްރަފް ހަކީމީ ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ. މި ތިން ލަނޑުވެސް އެ ޓީމުން ޖަހާފައިވަނީ މެޗުގެ ފުރަތަމަ ހާފުގަ އެވެ.
ފްރެންޗް ކަޕްގެ ޗެމްޕިއަންކަން ޕީއެސްޖީ އިން ރޭ ހޯދިއިރު ލީގު ވަންގައި ހަތަރު މެޗު ބާކީ އޮއްވާ އެ ޓީމުން ވަނީ ލީގު ޗެމްޕިއަންކަން ކަށަވަރުކޮށްފަ އެވެ. އެހެންކަމުން އަންނަ ހޮނިހިރު ދުވަހުގެރޭ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި އިޓަލީގެ އިންޓަރ މިލާނާއި ދެކޮޅަށް ކުޅޭ މެޗު ކާމިޔާބުކޮށް މި ސީޒަނުގައި ތިން މުބާރާތް ކާމިޔާބު ކުރުމުގެ ފުރުސަތު އެ ޓީމަށްވަނީ ލިބިފަ އެވެ. މީގެ ކުރިން ލީގު ޗެމްޕިއަންކަމާއި ޑޮމެސްޓިކް ކަޕްގެ އިތުރުން ޗެމްޕިއަންސް ލީގު އެއް ސީޒަނެއްގައި ކާމިޔާބު ކޮށްފައިވަނީ އެންމެ 10 ކްލަބުންނެވެ.
ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗަށް ޕީއެސްޖީ އިން ނިކުންނައިރު އެ ޓީމުގެ ކޯޗު ލުއިސް އެންރީކޭ ނިކުންނާނީ ދެވަނަ ފަހަރަށް އެއް ސީޒަނެއްގައި ތިން މުބާރާތް ކާމިޔާބު ކުރުމަށެވެ. މީގެ ކުރިން 2015 ވަނަ އަހަރު އޭނާ ވަނީ ބާސެލޯނާ އާއިއެކު އެ ކާމިޔާބީ ހޯދާފަ އެވެ. މިހާތަނަށް އެއް ސީޒަނެއްގައި ތިން މުބާރާތް ދެ ފަހަރު މަތިން ކާމިޔާބުކުރި ހަމައެކަނި ކޯޗަކީ މެންޗެސްޓަރ ސިޓީގެ މިހާރުގެ ކޯޗު ޕެޕް ގަޑިއޯލާ އެވެ.
About Post Author
މާދަމާ ނިއުސް
ސޮވެރިން ފަންޑަށް ޖަމާކުރި ފައިސާގެ އަދަދު 1.2 ބިލިޔަނަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ސޮވެރިންގ ޑިވެލޮޕްމެންޓް ފަންޑަށް (އެސްޑީއެފް)...
ބުލީކުރުމާއި ދެކޮޅަށް އެކުލަވާލާ ޤާނޫނަށް ބޭރުގެ ލަފާދަނީ ހޯދަމުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ބުލީކުރުން ހުއްޓުވުމަށްޓަކައި "އެންޓި ބުލީ ޤާނޫނު" އެކުލަވާލުމުގެ މަސައްކަތް ބޭރުގެ ލަފަޔާއި ފަންނީ ބޭފުޅުންގެ މަޝްވަރާއާއެކު ސަރުކާރުން ދަނީ...
“ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިމޭނެ ކަމަށް...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދެވުމަކީ ހެޔޮވެރިކަމުގެ ސިފައެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އިޤުތިސާދީ ގޮންޖެހުންތަކާއެކުވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހެޔޮ ވެރިކަމެއް ކުރާކަމުގެ ހެއްކެއްކަމަށް ނައިބު...
މިނިވަން ދުވަހުގެ ހަރަކާތްތަކަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު ރާއްޖެ ވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް،...
މުޖުތަމަޢުގެ އެއްބައިވަންތަކަން ރައްކާތެރިކުރުމަކީ ދީނީ އަދި ޤައުމީ ވާޖިބެއް: ޚުޠުބާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިދިޔަ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވަނީ "މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުން" މި މައުޟޫއަށެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ހިމާޔަތްކުރުމަކީ ކޮންމެ...
