
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ކުލަގަދަ ހަރަކާތްތަކަކާއެކު ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025 ހުޅުވައިފިއެވެ. ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްގެންދާ މި މައުރަޒު އިފްތިތާޙްކޮށްދެއްވީ އެކަމަށްޓަކާ މިރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނެވެ. ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025 ނުވަތަ މޯލްޑިވްސް އެކްސްޕޯ 2025 އަކީ ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރުމާއި ވިޔަފާރި ފުޅާކުރުމުގެ މަޤްޞަދުގައި އުފެއްދުންތެރިކަމަށް އަމާޒުކޮށްގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމާއި އިރުޝާދުގެ ދަށުން ބާއްވާ މައުރަޒެކެވެ. މިއީ އުފެއްދުންތެރިކަމުގެ ދާއިރާއަށް އަމާޒުކޮށްގެން ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު މައުރަޒެވެ.
މި މައުރަޒު އާންމުންނަށް ހުޅުވާލާފައިވަނީ ބޮޑުބެރާއި ތަފާތު އެކި ހަރަކާތްތަކާއެކުގައެވެ. އަދި އެންމެ ޚާއްސަ ހަރަކާތެއްގެ ގޮތުގައި ހަވާވެސް ވަނީ އަރުވާފައެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު ރަސްމީކޮށް ހުޅުވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި، އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވަނީ މައުރަޒުގެ އެކި ސްޓޯލްތަކަށް ޒިޔާރަތްކުރައްވާ، އެ ސްޓޯލްތަކުގައި ކުރިއަށްދާ ކަންކަން ބައްލަވާލައްވާފައެވެ. މިފަހަރުގެ މައުރަޒުގައި ބައިވެރިކޮށްފައިވާ އުފެއްދުންތައް ދައްކާލުމަށް ކަނޑައަޅާފައިވާ ޚާއްސަ ސަރަޙައްދުގެ އިތުރުން، ހުނަަރުވެރިކަމާއި ފަންނުވެރިކަން އަދި އުފެއްދުންތެރިކަމުގެ ތަފާތު ތަޖުރިބާތަކެއް ކުރުމުގެ ފުރުޞަތު އާންމުންނަށް ލިބިގެންދާނެއެވެ.
އެގޮތުން އުފެއްދުންތެރި އިޤްތިޞާދީ ޑިސްޓްރިކްޓް، ޑިޖިޓަލް އަދި އީޖާދީ ޑިސްޓްރިކްޓް، މުނިފޫހިފިލުވުމުގެ ޑިސްޓްރިކްޓް އަދި ބާޒާރު ޑިސްޓްރިކްޓްގެ ނަމުގައި ޚާއްސަ ސަރަޙައްދުތަކެއް ވަނީ ކަނޑައަޅާފައެވެ. ރައީސްގެ ދެކަނބަލުން ވަނީ މި ހުރިހާ ޑިސްޓްރިޓަކަށްވެސް ވަޑައިގެން އެތަނުގެ ކަންކަން ބައްލަވާލައްވާފައެވެ. ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު ނުވަތަ މޯލްޑިވްސް އެކްސްޕޯ 2025 އަކީ ދިވެހީންގެ ޒަމާންވީ މަސައްކަތްތެރިކަމާއި އަދި ޒަމާނީ ފަންނުވެރިކަން ހިމެނޭހެން ދިވެހިރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގެ ފަންނުވެރިންގެ ހުނަރުވެރި އުފެއްދުންތައް އެއް ފުރާޅެއްގެ ދަށުން ދައްކުވައިދޭނެ މައުރަޒެކެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ތަފާތު އުފެއްދުންތަކާއި ޑިސްޓްރިކްޓްތަކާއެކު މައުރަޒުގެ ފެންވަރު އެހެން ހަރުފަތަކަށް!
މި މައުރަޒުގައި ދިވެހިވަންތަ ޡަޤާފީ އުފެއްދުންތެރިކަމުގެ އިތުރުން ޒަމާނީ ދިވެހި އުފެއްދުންތަކާއި، ހުނަރުވެރި ދިވެހީންގެ ސުމޭކު އުފެއްދުންތަކާއި މުނިފޫހިފިލުވުމުގެ ދާއިރާގެ އުފެއްދުންތަކާއި ހުށަހެޅުންތައް ފެނިގެންދާނެއެވެ. އަދި މި މައުރަޒުގައި ދިވެހީންގެ އުފެއްދުންތެރިކަމާއި ހުނަރު ދައްކާލުމުގެ އިތުރުން، ދިވެހި އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ބައިވެރިވުން ފެނިގެންދާނެއެވެ. އެގޮތުން މި މައުރަޒުގައި، ކްރިއެޓިވް އިކޮނޮމީ ޑިސްޓްރިކްޓް، ޑިޖިޓަލް އެންޑް އިނޮވޭޓިވް ޑިސްޓްރިކްޓް، އެންޓަރޓެއިންމަންޓް ޑިސްޓްރިކްޓް އަދި މާރކެޓް ޕްލޭސް ޑިސްޓްރިކްޓް ހިމެނޭނެއެވެ. މިއިން ކޮންމެ ޑިސްޓްރިކްޓަކީ އެ ދާއިރާއަކާ ގުޅޭ އެކި ހަރަކާތްތައް ހިމަނައިގެން ވިޔަފާރިތަކުގެ ބައިވެރިވުމާއެކު ކުރިއަށްގެންދާ ޑިސްޓްރިކްޓްތަކެކެވެ.
• ކްރިއެޓިވް އިކޮނޮމީ ޑިސްޓްރިކްޓް: މި ޑިސްޓްރިކްޓުގައި ފެނިގެންދާނީ ދިވެހި އާޓިސްޓުންގެ ހުނަރު. އެގޮތުން ކުރެހުންތެރިންނާއި މިއުޒީޝަނުންގެ ހުނަރާއި ދިވެހި ސަޤާފަތާއި އާދަކާދަތައްވެސް ފެންނާނެ.
• ޑިޖިޓަލް އެންޑް އިނޮވޭޓިވް ޑިސްޓްރިކްޓް: ދިވެހިންގެ އީޖާދީ ވިސްނުމާއި ތަރައްޤީ މި ޑިސްޓްރިކްޓުން ފެނިގެންދާނެ. އެގޮތުން ދިވެހި ޑިވެލޮޕަރުންނާއި ދިވެހިންގެ ޓެކްނޮލޮޖިކަލް އުފެއްދުން މި ޑިސްޓްރިކްޓުން ފެނިގެންދާނެ.
• އެންޓަރޓެއިންމަންޓް ޑިސްޓްރިކްޓް: ދިވެހިން މުނިފޫހި ފިލުވުމަށް ކުރަމުން އައި އެކި ކަންކަމާއި ޒަމާނާއެކު އެ ކަންކަމަށް އައި ބަދަލު އަދި މުނިފޫހި ފިލުވުމާ ގުޅޭ އެކި ޙަރަކާތްތައް ފެންނާނެ. ބައެއް ޙަރަކާތްތައް ލައިވް ކޮށްވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވޭ.
• މާރކެޓް ޕްލޭސް ޑިސްޓްރިކްޓް: މިއީ އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޚާއްޞަ ޑިސްޓްރިކްޓެއް. މިއީ ދިވެހިންގެ އުފެއްދުންތައް މާކެޓްކޮށް ވިއްކުމަށް ޚާއްޞަ ޑިސްޓްރިކްޓެއް. މި ޑިސްޓްރިކްޓުގައި، ދިވެހިންގެ އުފެއްދުންތައް ރާއްޖެއާއި ރާއްޖެއިން ބޭރުގެ މާކެޓްތަކަށް މާކެޓްކޮށް ވިއްކުމަށްޓަކައި ބޭނުންވާ ބީޓުބީ މާހައުލެއް ޤާއިމް ކޮށްފައިވާނެ. މިއީ ވިޔަފާރިތަކަށް ވަރަށް މުހިންމު ޑިސްޓްރިކްޓެއް.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
9 ދުވަހުގެ މުއްތައް ކުރިއަށްދާ މައުރަޒުގައި 14 ކެޓެގަރީއަކުންނާއި 82 ސަބް ގިންތިއަކުން ޖުމްލަ 383 ފަރާތަކުން ވަނީ ބައިވެރިވެފައިވެފައެވެ. އެގޮތުން އެންމެ ގިނައިން ތަކެތި ބައިވެރިކޮށްފައިވަނީ އަތްތެރި މަސައްކަތުގެ ދާއިރާއިންނެވެ. މިމަހުގެ 23 އިން 31 ގެ ނިޔަލަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްދާ މި މައުރަޒު ކޮންމެ ދުވަހަކުވެސް ހަވީރު 16:00 ރޭގަނޑު 23:00 އާއި ހަމަށް އާންމުންނަށް ހުޅުވިފައި ހުންނާނެއެވެ.
ދިވެހި ފަންނުވެރިންގެ ހުނަރުތައް ދައްކުވައިދޭ އުފެއްދުންތައް އެއްތާކުން ފެންނާނެ އިންތިޒާމު ހަމަޖައްސައިދީ، ދިވެހި އުފެއްދުންތެރިކަމާއި އުފެއްދުންތެރިންގެ އަގު ވަޒަންކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ދިވެހި ފަންނުވެރިންގެ އުފެއްދުންތައް އުފެއްދުމަށް މި މައުރަޒު ބާރަކަށް ވެގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
