
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ޣައްޒާއަށް އެތެރެކޮށްފައިވާ އެހީގެ ސާމާނު، ލޫޓުވާ މީހުންގެ ކިބައިން ރައްކާތެރި ކުރުމަށް ފޯރިމަރަމުންދިޔަ ފާރަވެރިންތަކެއް، ޔަހޫދީން ދިން ވައިގެ ޙަމަލާތަކެެއްގައި ޝަހީދު ކޮށްލައިފިއެވެ. އެހީގެ ސާމާނު ބެލެހައްޓަމުންދިޔަ ސަލާމަތީ ޓީމުގެ ހަ މެންބަރުން އެ ޙަމަލާތަކުގައި ޝަހީދުވެފައިވާ ކަމަށް ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުން ބުނެއެވެ. ޙަމާސް ޖަމާޢަތާއި ޔަހޫދީންނާ ދެމެދު ޖަނަވަރީ 19ވަނަ ދުވަހު ޢަމަލު ކުރަން ފެށި ޢުދުވާން ހުއްޓާލުމުގެ އެއްބަސްވުމެއްގެ ދަށުން ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލި ނަމަވެސް، އެ އެއްބަސްވުމާ ޚިލާފުވެ މާރިޗު 18ވަނަ ދުވަހު ޔަހޫދީ ފައުޖުން ވަނީ އަލުން ޣައްޒާއަށް ޙަމަލާ ދޭން ފަށާފައެވެ. އެއްބަސްވުމާ ޚިލާފުވުމުގެ ދުވަސްކޮޅެއް ކުރިން ޔަހޫދީން ވަނީ ޣައްޒާގެ ފުރަބަންދު ހަރުކަށިކޮށް، އެ ސަހަރަށް ކާބޯތަކެއްޗާއި އެހީގެ ސާމާނު ވެއްދުމަށް ހުރަސް އަޅާފައެވެ. އޭގެ ފަހުން ދެ މަހަށްވުރެ ގިނަ ދުވަސް ފާއިތުވެފައިވާއިރު ޣައްޒާގެ 2.3 މިލިޔަން ރައްޔިތުން ދަނީ އިންތިހާ ދަރަޖައަށް ބަނޑުހައިހޫނުކަމާއި ބަލިމަޑުކަމާ ކުރިމަތިލަމުންނެވެ. ނަމަވެސް ޔަހޫދީން މިހާރު ވަނީ ޣައްޒާއަށް މަދު ޢަދަދަކަށް ކާބޯތަކެއްޗާއި އެހީގެ ސާމާނު އެތެރެ ކުރުމުގެ ފުރުޞަތު ދީފައެވެ.
ޙަމާސުން ބުނީ ފުށާއި އެހެނިހެން ކާބޯތަކެއްޗާއި ޞިއްޙީ ސާމާނު ހިފައިގެން މެއި މަހުގެ 22ވަނަ ދުވަހު 107 ލޮރީ ޣައްޒާއަށް އެތެރެވެފައިވާ ކަމަށެވެ. ނަމަވެސް ގެދޮރު ގެއްލިފައިވާ ޣައްޒާގެ ރައްޔިތުންނާ ހަމައަށް އެ ތަކެތި ފޯރު ކޮށްދިނުމުގައި އެހީ ބަހާ ޖަމާޢަތްތަކަށް ވަނީ ބޮޑެތި ގޮންޖެހުންތައް ކުރިމަތިލަމުންނެވެ. ޣައްޒާއަށް އެހީގެ ސާމާނު ފޯރު ކޮށްދިމުނުގައި ޙަރަކާތްތެރިވާ ޖަމާޢަތްތަކުގެ ވިއުގައަކުން ބުނީ ދެ މަހަށްވުރެ ގިނަ ދުވަހަށް ފަހު މިދިޔަ ހޯމަ ދުވަހު ޔަހޫދީން ޣައްޒާއަށް މަދު މިންވަރަކަށް އެހީގެ ސާމާނު ވެއްދުމަށް ޙުއްދަ ދިން ފަހުން 119 ލޮރީގެ ސާމާނު ޣައްޒާއަށް މިހާތަނަށް އެތެރެ ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެހީގެ ސާމާނު ބެހުމުގައި ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ޚާން ޔޫނިސް ސިޓީ ސަރަޙައްދުގައި ޙަރަކާތްތެރިވާ ލޫޓުވާ ގުރޫޕުތައް ކަމަށް އެ ވިއުގައިން ފާހަގަ ކުރެއެވެ. އޭގެ ތެރެއިިން ބައެއް ގުރޫޕުތަކަކީ ހަތިޔާރުއެޅި ގުރޫޕުތައް ކަމަށާއި ބަނޑުހައިހޫނުކަމާ އިންތިހާ ދަރަޖައަށް ކުރިމަތިލަމުންދާ ކުޑަކުދިންނާއި ޢާއިލާތަކަށް ފޯރު ކޮށްދިނުމަށް ތައްޔާރު ކޮށްފައި ހުރި ކާބޯތަކެތި ވެސް އެ މީހުން ލޫޓުވާފައިވާ ކަމަށް އެ ވިއުގައިން ނެރެނު ބަޔާނެއްގައި ބުނެފައިވެއެވެ.
އެހީގެ ސާމާނު ބެހުމުގައި ޙަރަކާތްތެރިވާ ޖަމްޢިއްޔާތަކުގެ ވިއުގައިން އިތުރަށް ބުނީ ޣައްޒާއަށް އެތެރެކުރަމުންދާ އެހީގެ ސާމާނުގެ ޢަދަދަކީ އެ ސަހަރުގެ އާބާދީއާ އެކަށީގެންވާ ޢަދަދެއް ނޫން ކަމަށާއި ހަޤީޤަތުގައި ބޭނުންވާ ޢަދަދަށްވުރެ އެތައް ގުނައެއް މަދު ޢަދަދެއް ކަމަށެވެ. މިހާތަނަށް އެތެރެކުރި ސާމާނުގެ ތެރޭގައި ހިމެނެނީ މަދު ބާވަތްތަކެއް ކަމަށް ވެސް އެ ވިއުގައިން ފާހަގަ ކޮށްފައިވެއެވެ. މުޅި ދުނިޔެއިން ޣައްޒާއަށް އެހީ ވެއްދުމަށް ޙުއްދަ ދިނުމަށް ޔަހޫދީންނަށް ގޮވާލަމުން ދަނިކޮށް ޔަހޫދީން އެ ގޮތަށް ޢަމަލު ކުރީ ކުރިމަތިވެފައިވާ ފިއްތުންތަކުން ސަލާމަތްވުމަށް ކަމަށް ވެސް ބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ.
އދގެ ދުނިޔޭގެ ކާބޯތަކެއްޗާބެހޭ ޕްރޮގްރާމް، ޑަބްލިޔުއެފްޕީން ބުނީ އެ އިދާރާއިން ފުށް ފޯރުކޮށްދެމުންދާ ބޭކަރީތަކަށް ފޮނުވި 15 ލޮރީގެ ފުށް ލޫޓުވާފައިވާ ކަމަށެވެ. ބަނޑުހައިހޫނުކަމާއި ގޮތް ހުސްވުމާއި ކުރިމަގުގައި ކާބޯތަކެތި ނުލިބިދާނެ ކަމުގެ ބިރު ހީވުމުގެ ސަބަބުން ޢާންމުންގެ މެދުގައި އޮތް ނުތަނަވަސްކަން އިތުރުވަމުންދާ ކަމަށް ޑަބްލިޔުއެފްޕީން ބުނެއެވެ. އެ އިދާރާއިން ވަނީ ދެމެހެއްޓެނެވި ގޮތެއްގައި އަދި ރައްކާތެރިކަމާއެކު ޣައްޒާއަށް ކާބޯތަކެތި ފޯރު ކޮށްދިނުމަށާއި ޣައްޒާއަށް އެތެރެކުރާ ކާބޯތަކެތީގެ ޢަދަދު ބޮޑުތަނުން އިތުރު ކުރުމަށް ޔަހޫދީންނަށް ގޮވާލައިފައެވެ. ޣައްޒާގެ ދެ މިލިޔަނަށްވުރެ ގިނަ މީހުން އިންތިހާ ދަރަޖައަށް ބަނޑުހައިހޫނުކަމާ ކުރިމަތިލަމުންދާ ކަމަށާއި ވަގުތުން ވަގުތަށް ފިޔަވަޅު ނާޅައިފި ނަމަ އެ މީހުން ބަނޑަށް ޖެހޭނެ ކަމުގެ އިންޒާރު އެ އިދާރާއިން އަނެއްކާ ވެސް ދީފައިވެއެވެ.
ޔަހޫދީންގެ ޢުދުވާންތަކަށް ކެތް ނުކުރެވިގެން 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ޙަމާސުން ޔަހޫދީންނަށް ދިން ޙަމަލާއަކަށް ބަދަލުހިފުމުގެ ގޮތުން ޔަހޫދީ ފައުޖުން ވަނީ ހަމަ އެ ދުވަހު ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޤަތުލުޢާންމެއް ފަށާފައެވެ. އެ ޤަތުލުޢާންމުގެ ދަށުން ޔަހޫދީ ފައުޖުން ވަނީ ޣައްޒާގެ އާބާދީގެ ބޮޑު އިންސައްތައެއް އެ މީހުންގެ ގެދޮރު ދޫކޮށް ދިޔުމަށް މަޖުބޫރު ކޮށްފައެވެ. އެ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 53،600އަށް އުފުލިފައިވާއިރު، އިތުރު 120,000އަށްވުރެ ގިނަ މީހުންނަށް ވަނީ ޒަޚަމު ކޮށްލާފައެވެ. އަދި، ޣައްޒާގެ ޢާންމުންގެ ގެދޮރާއި އުމްރާނީ ވަޞީލަތްތައް ވެސް ވަނީ ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ވެސް ޔަހޫދީން ވަނީ ޣައްޒާގެ 75 އަމާޒަކަށް ޙަމަލާ ދީފައެވެ. ފަލަސްޠީނުގެ ޞިއްޙީ އިދާރާތަކުން މަޢުލޫމާތު ދިން ގޮތުގައި އެ ޙަމަލާތަކުގައި 25 މީހުން ވަނީ ޝަހީދުވެފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
