
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ބޭރު ފައިސާ ލިބުމުގައި ހުރި ދަތިކަމުގެ ސަބަބުން، ރަޝިޔާއިން ގަންނަ މުދަލަށް އަފްޣާނިސްތާނުގެ ފައިސާއިން ފައިސާ ދެއްކުމަށް ރަޝިޔާގެ މާލީ އިދާރާތަކާއި ބޭންކުތަކާ އެކު ކުރާ މަޝްވަރާތަކަށް ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް، އަފްޣާނިސްތާނުގެ ވެރިކަން ކުރާ ޠާލިބާނުންގެ ސަރުކާރުގެ ވިޔަފާރީއާ ބެހޭ ވަގުތީ ވަޒީރު ބުނެފިއެވެ. ޠާލިބާނުންގެ ސަރުކާރުގެ ވިޔަފާރީއާ ބެހޭ ވަގުތީ ވަޒީރު ޙާޖީ ނޫރައްދީން ޢަޒީޒީ ރޮއިޓަރސް ނޫހަށް ބުނީ، ހަމަ އެފަދަ އިންތިޒާމެއް ހަމަޖައްސަން ޗައިނާ ސަރުކާރާ އެކު ވެސް މަޝްވަރާތައް ކުރެވެމުންދާ ކަމަށެވެ. އެ މަޝްވަރާތައް ކުރެވެނީ އަފްޣާނިސްތާނުގައި ހުންނަ ޗައިނާ އެމްބަސީ އާއެކު ކަމަށް އޭނާ ބުންޏެވެ.
ރަޝިޔާއިން ވެސް ދަނީ ބައިނަލްއަޤުވާމީ މުޢާމަލާތްތަކުގައި އެމެރިކާ ޑޮލަރަށް ބަރޯސާވާ މިންވަރު ކުޑަކުރަން މަސައްކަތް ކުރަމުންނެވެ. އަދި އަފްޣާނިސްތާނުގެ ސަރުކާރު ވައްޓައިލުމަށްފަހު، މިހާރު ވެރިކަމާ ޙަވާލުވެ ތިބި ޠާލިބާނުންގެ ސަރުކާރު ދުނިޔޭގެ ގިނަ ޤައުމުތަކުން ބަލައިގެންފައިނުވާތީ، އެމެރިކާ ޑޮލަރު ހިމެނޭހެން ބޭރު ފައިސާ ލިބުމުގެ ދަތިކަން ވަނީ ކުރިމަތިވެފައެވެ. ޢަޒީޒީ ބުނި ގޮތުގައި، ރަޝިޔާއަށް ހުށަހަޅާފައިވާ ހުށަހެޅުމާ މެދު ދެ ޤައުމުގެ ފަންނީ މާހިރުން މަޝްވަރާތައް ދަނީ ކުރަމުންނެވެ. ނަމަވެސް، މިކަމާ ގުޅޭގޮތުން، ރަޝިޔާގެ މަރުކަޒީ ބޭންކުން ވެސް އަދި ޗައިނާގެ ޚާރިޖީ ވުޒާރާއިން ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެއެވެ.
ޢަޒީޒީ ބުނީ، މިހާރު ވެސް ރަޝިޔާ އާއެކު އަހަރަކު 300 މިލިއަން ޑޮލަރުގެ މުދަލުގެ ވިޔަފާރި ކުރެވޭ ކަމަށާއި، މުސްތަޤުބަލުގައި އިންވެސްޓުމަންޓުތައް އިތުރުވުމުން އެ އަދަދު އެތައް ގުނައަކުން އިތުރުވެގެންދާނެ ކަމަށެވެ. މިގޮތުން، ރަޝިޔާއިން ތެލާއި ޕްލާސްޓިކް އެތެރެކުރާ މިންވަރު އިތުރުކުރަން އަފްޣާނިސްތާނުން ރާވަމުންދާ ކަމަށް ވެސް އޭނާ ބުންޏެވެ. ޗައިނާ އާއެކު ގާތްގަނޑަކަށް އެއް ބިލިއަން ޑޮލަރުގެ ވިޔަފާރީގެ މުޢާމަލާތްތައް އަހަރަކު ކުރެވޭއިރު، ފައިސާ ދެއްކުމުގައި އަފްޣާނީ ބޭނުންކުރަން އަފްޣާނިސްތާނުގެ ވިޔަފާރިއާބެހޭ ވުޒާރާ އާއި ޗައިނާ އެމްބަސީގެ އޮފިޝަލުންގެ މެދުގައި ޓީމެއް އެކުލަވައިލެވި، މަޝްވަރާތައް ކުރެވެމުންދާ ކަމަށް އޭނާ ހާމަކުރިއެވެ.
ޠާލިބާނާ ދެކޮޅަށް ކުރި 20 އަހަރު ދުވަހުގެ ދިގު ހަނގުރާމައަށް ފަހު، އެމެރިކާ ސިފައިން ކުއްލި ގޮތަކަށް އެ ޤައުމުން ފޭބުމާ އެކު، 2021 ވަނަ އަހަރު އަފްޣާނިސްތާންގެ ވެރިކަމަށް ވެރިވެގަތް ޠާލިބާނުންގެ ސަރުކާރު އެއްވެސް ޤައުމަކުން އަދި ރަސްމީކޮށް ބަލައިގެންފައެއް ނުވެއެވެ. ނަމަވެސް، ރަޝިޔާ އިން މަޑުމަޑުން އަންނަނީ ޠާލިބާނުންގެ ސަރުކާރާ ގުޅުން ބަދަހި ކުރަމުންނެވެ. މި ގޮތުން، ނިރުބަވެރިކަމާ ދެކޮޅަށް ކުރާ މަސައްކަތުގައި ޠާލިބާނަކީ މުޙިންމު ބައިވެރިއެއް ކަމަށް ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން މިދިޔަ ޖުލައި މަހު ވަނީ ވިދާޅުވެފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
