
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
މުޅި ދުނިޔޭގައި ވެސް އެންމެ މަޝްހޫރު އަދި ޝަރަފުވެރި ޔުނިވަރސިޓީތަކުގެ ތެރޭގައި ހިމެނޭ، އެމެރިކާގެ ހާވަރޑް ޔުނިވަރސިޓީއަށް ބޭރު ޤައުމުތަކުގެ ދަރިވަރުންނަށް ފުރުޞަތު ދެވެން އޮންނަ މަގު، ރައީސް ޑޮނަލްޑް ޓްރަމްޕް ސަރުކާރުން ބަންދުކޮށްފިއެވެ. އެމެރިކާގެ ދާޚިލީ ވަޒީރު ކްރިސްޓީ ނޯއެމް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، މި އަހަރާއި އަންނަ އަހަރަށް، ހާވަރޑް ޔުނިވަރސިޓީއަށް ބޭރުގެ ދަރިވަރުން ވެއްދުމަށް ބޭނުންވާ ސްޓޫޑެންޓް އެންޑް ވިޒިޓަރ އެކްސްޗޭން ޕްރޮގްރާމް ސެޓިފިކޭޝަން ބާތިލުކޮށްފައިވާ ކަމަށެވެ. ނޯއެމްގެ އެ ބަޔާނުގައި ވަނީ، ޗައިނާގައި ވެރިކަންކުރާ ކޮމިޔުނިސްޓް ޕާޓީ އާ ގުޅިގެން ޔަހޫދީންނާ މެދު ނަފްރަތު އުފެއްދުމުގެ ޢަމަލުތައް ހާވަރޑުން ހިންގަމުންދާ ކަމަށް ތުހުމަތުކުރައްވައިފައެވެ. ހާވަރޑުން ބުނީ އެ ޔުނިވަރސިޓީގައި ކިޔަމުންދާ އެތަކެއް ހާސް ދަރިވަރުންގެ ހައްޤުތައް ގެއްލޭގޮތަށް، މައި ސަރުކާރުން މި އެޅި ޤާނޫނާ ޚިލާފު ފިޔަވަޅާ ދެކޮޅަށް ތެދުވާނެ ކަމަށެވެ.
މި ފިޔަވަޅު އަޅާފައިވަނީ، ހާވަރޑްގައި ކިޔަމުންދާ ބައެއް ބޭރުގެ ދަރިވަރުންތަކަކާ ގުޅޭ ޒާތީ މަޢުލޫމާތުތަކެއް ދޭން އެ ޔުނިވަރސިޓީން ދެކޮޅު ހެދުމުންނެވެ. ހާވަރޑް ޔުނިވަރސިޓީން މިދިޔަ އަހަރާއި މިދިޔަ އަހަރުގެ ދިރާސީ އަހަރަށް ވަނީ 6،800 ބޭރުގެ ދަރިވަރުންނަށް ތަޢުލީމު ހާޞިލްކުރުމުގެ ފުރުޞަތު ދީފައެވެ. އެއީ އެތަނުގައި ކިޔަމުންދާ ދަރިވަރުންގެ 27 އިންސައްތައެވެ. އޭގެތެރެއިން އެންމެ ގިނައީ ޗައިނާގެ ދަރިވަރުންނެވެ. މިގޮތުން، މިވަގުތު ވެސް ހާވަރޑްގައި 1،000 އަށް ވުރެ ގިނަ ޗައިނާގެ ދަރިވަރުން ދަނީ ތަޢުލީމު ހާޞިލްކުރަމުންނެވެ. ދެން އެންމެ ގިނައީ ކެނެޑާ، އިންޑިޔާ، ދެކުނު ކޮރެޔާ، އިނގިރޭސިވިލާތް، ޖަރުމަނުވިލާތް، އޮސްޓްރޭލިޔާ، ސިންގަޕޫރު އަދި ޖަޕާނުގެ ދަރިވަރުން ކަމަށް ހާވަރޑްގެ ތަފާސްހިސާބުތަކުން ދައްކައެވެ.
ހާވަރޑަށް ނޯއެމް ފޮނުއްވި ސިޓީއެއްގައި ވަނީ، ދާޚިލީ ވުޒާރާއިން އެދުނު މަޢުލޫމާތުތައް ކުރިއަށް އޮތް 72 ގަޑިއިރުގެ ތެރޭގައި ދީފިނަމަ، ހުއްދަ ބާތިލުކުރި ނިންމުން އަނބުރާ ގެންދާނެކަމަށް ވެސް ވިދާޅުވެފައެވެ. އެމެރިކާގެ ރައީސްކަމުގެ ދެވަނަ ދައުރަކަށް ވަޑައިގެން، ޓްރަމްޕް ގެންދަވަނީ އެމެރިކާގެ މައި ޔުނިވަރސިޓީތަކާ ދެކޮޅަށް ވަރުގަދަ ފިޔަވަޅުތައް އަޅުއްވަމުންނެވެ. މިގޮތުން، ހާވަރޑްގައި ޔަހޫދީންނާ ދެކޮޅަށް ނަފްރަތު އުފެއްދުމާއި، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީއަށް ތާޢީދުކުރާ މީހުންނަށް ވަޒީފާ އާއި ފުރުޞަތުތައް ދޭކަމަށް ވެސް ޓްރަމްޕް ވަނީ ތުހުމަތުކުރައްވައިފައެވެ. އެ ތުހުމަތުތަކާ އެކު، އެމެރިކާގެ މައި ސަރުކާރުން ވަނީ ހާވަރޑަށް ދޭ ތިން ބިލިއަނަށް ވުރެ ގިނަ ޑޮލަރުގެ މާލީ އެހީ ދިނުން ވެސް ހުއްޓާލައިފައެވެ. އެ މައްސަލަ ހާވަރޑުން މިހާރު ވަނީ ކޯޓަށް ހުށަހަޅައިފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
