
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އިނގިރޭސި ޕްރިމިއާ ލީގުގެ ފަހު މެޗުގައި ޗެލްސީ އާއި ދެކޮޅަށް ނޮޓިންހަމް ފޮރެސްޓް އަމިއްލަ ދަނޑުގައި ކުޅޭ މެޗަށް ކުރީގެ މަޝްހޫރު ޑިފެންޑަރ ގެރީ ނެވިލްއަށް ދަނޑަށް ވަނުން މަނާކޮށްފި އެވެ. ސްކައި ސްޕޯޓްސްގައި މިހާރު މަސައްކަތް ކުރަމުންދާ މެންޗެސްޓަރ ޔުނައިޓެޑާއި އިންގްލޭންޑްގެ ކުރީގެ ޑިފެންޑަރ, ގެރީ ނެވިލް ބުނެފައިވަނީ އޭނާއަށް ދަނޑަށް ވަނުމަށް ބޭނުންވާ އެކްރެޑިޓޭޝަން ފާސް ނޮޓިންހަމް އިން ދީފައިނުވާކަން ސްކައި ސްޕޯޓްސް އިން އަންގާފައިވާ ކަމަށެވެ.
“ބްރޯޑްކާސްޓަރގެ ފަރާތުން އަހަރެންނަށް ވަނީ އަންގާފައި ޗެލްސީ އާއި ދެކޮޅަށް ކުޅޭ މެޗުގެ ކޮމެންޓޭޓަރަކަށް މަސައްކަތް ކުރުމަށް ދަނޑަށް ވަނުމުގެ އެކްރެޑިޓޭޝަން ނުލިބޭކަން. މިކަމުގައި އަހަރެންނަށް ހެދޭނެ އިތުރު ގޮތެއް ނޯންނާނެ. އެ މެޗުގެ ކަވަރޭޖުގައި އަހަރެން ބައިވެރިއެއް ނުވާނަން.” އުމުރުން 50 އަހަރުގެ ގެރީ ނެވިލް އޭނާގެ އިންސްޓަގްރާމްގައި ޕޯސްޓް ކޮށްފައިވެ އެވެ. މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުގައި ނޮޓިންހަމް ފޮރެސްޓް އިން ގެރީ ނެވިލް އަށް އެކްރެޑިޓޭޝަން ފާސް ނުދޭން ނިންމާފައިވަނީ ލީގުގައި ނޮޓިންހަމް އާއި ލެސްޓަރ ސިޓީ ކުޅުނު މެޗު 2-2 ގެ ނަތީޖާއަކުން އެއްވަރުވި މެޗަށްފަހު އެ ކްލަބުގެ ވެރިޔާ އެވަންޖެލޮސް މަރިނާކިސް ދަނޑަށް އަރާ ކޯޗާއި ވާހަކަ ދައްކާފައިވާތީ އެކަމަށް ފާޑު ކިއުމާއި ގުޅިގެންނެވެ. އެ ކަންތަކާއި ގުޅިގެން ގެރީ ނެވިލް އޭނާގެ އެކްސް އެކައުންޓުގައި ބުނެފައިވަނީ އެއީ އެވަންޖެލޯސްގެ ފަރާތުން ފެނުނު ދަށު ދަރަޖައިގެ އަމަލެއް ކަމަށާއި އެކަމާއި ގުޅިގެން ކޯޗު ނޫނޯ އެސްޕިރީޓޯ އެކަމާއި ގުޅޭ ގޮތުން އޭނާ އާއި ވާހަކަ ދައްކަން ޖެހޭ ކަމަށެވެ. އަދި އެއީ އެ ކްލަބުގެ ކުޅުންތެރިންނާއި ސަޕޯޓަރުންނަށް ހައްގު ކަމެއް ނޫން ކަމަށްވެސް ގެރީ ނެވިލް ވަނީ ބުނެފަ އެވެ.
ނަމަވެސް އެ މައްސަލައިގައި ފޮރެސްޓް އިން ވަނީ ކޯޗު ނޫނޯ އެސްޕިރީޓޯ އާއި އެވަންގެލޯސް އާއި ދެމެދު ދެބަސްވުމެއް ނުހިނގާ ކަމަށާއި އޭނާ ވާހަކަ ދައްކާފައިވަނީ އެ ޓީމުގެ ފޯވަޑް ޓައިވޯ އަވޮނީޔީއަށް ލިބުނު އަނިޔާގެ ފަހުންވެސް އޭނާ ބަދަލު ނުކޮށް ދަނޑު މަތީގައި ބެހެއްޓި މައްސަލަ އާއި ގުޅޭ ގޮތުން ކަމަށެވެ. ނެވިލް އިތުރަށް ބުނެފައިވަނީ ފާޑު ކިޔަން ޖެހޭ ވަގުތު ފާޑު ކިޔާނެ ކަމަށާއި އަދި ފާއިތުވެދިޔަ 14 އަހަރުގެ ތެރޭގައި އެ މީހުންނަށް ތައުރީފުކޮށް ހުޝާމަތު ކޮށްފައިވާނެ ކަމަށެވެ. ނަމަވެސް މިފަދަ ކަމެއް އަތުވެދާނެ ކަމަށް ގަބޫލު ނުކުރާކަމަށްވެސް އޭނާ ވަނީ ބުނެފަ އެވެ. މާދަމާ ޗެލްސީ އާއި ދެކޮޅަށް ކުޅޭ މެޗުން މޮޅުވެގެން ކުރިއަށް އޮތް ސީޒަނުގައި ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދުމުގެ ފުރުސަތު ނޮޓިންހަމް ފޮރެސްޓަށް އެބައޮތެވެ. ޕްރިމިއާ ލީގުގެ މެޗުތަކުގެ އެކްރެޑިޓޭޝަނަކީ ކްލަބްތަކުގެ ކަމެއް ކަމަށްވާއިރު މިކަމުގައި ޕްރިމިއާ ލީގަށް ކުރެވޭނެ ކަމެއް ނެތް ކަމަށްވެސް އެފަރާތުން ވަނީ ބުނެފަ އެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
