
ބްރެޒިލްގެ ފުޓްބޯޅަ ކޮންފެޑެރޭޝަނަށް ރައީސަކު ހޮވަން ބާއްވާ އިންތިޚާބު ބޮއިކޮޓް ކުރަން އެ ގައުމުގެ ގިނަ ކުލަބުތަކުންނާއި މަޝްހޫރު ކުޅުންތެރިން ނިންމައިފިއެވެ. މާދަމާ ބާއްވަން ނިންމާފައިވާ އިންތިހާބު ބޮއިކޮޓް ކުރަން ނިންމީ 20 ކުލަބަކުންނެވެ. މީގެ ތެރޭގައި ބްރެޒިލްގެ އެންމެ ވަރުގަދަ ދެ ކުލަބު ކަމަށްވާ ފްލެމިންގޯ އާއި ކޮރިންތިއަންސް ވެސް ހިމެނެ އެވެ. މީގެ އިތުރުން ބްރެޒިލަށް ވޯލްޑްކަޕް ތަށި ހޯދާދީފައިވާ ކުރީގެ މަޝްހޫރު ކުޅުންތެރިން ކަމަށްވާ ރޮނާލްޑޯ ނަޒާރިއޯ އާއި ކުރީގެ ކެޕްޓަން ކަފޫ އާއި ރިވާލްޑޯ އާއި ރޮބާޓޯ ކާލޮސް އަދި ކުރީގެ ކެޕްޓަން އަދި ކޯޗު ޑުންގާ ވެސް ވަނީ މި އިންތިހާބު ބޮއިކޮޓް ކުރަން ނިންމާފަ އެވެ.
މި ކުޅުންތެރިން ވަނީ ބްރެޒިލްގެ ފުޓްބޯޅަ ފެޑަރޭޝަނަށް އާ ރައީސަކު އިންތިހާބު ކުރަން ބާއްވާ އިންތިހާބުގެ އުސޫލުތައް ބަދަލުކޮށްދިނުމަށް ގޮވާލައިފަ އެވެ. އަދި މިކަމަށް ބާރު އަޅައި ދިނުމަށް ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ ފީފާގެ ރައީސް ޖިއާނީ އޮންފަންޓީނޯގެ ކިބައިން އެދުމަށް އޭނާއާ ބައްދަލު ކުރަން ވެސް ރޮނާލްޑޯ މެން ގްރޫޕުން ވަނީ ނިންމާފަ އެވެ.
ފަސް ފަހަރު ވޯލްޑްކަޕް ކާމިޔާބުކޮށްފައިވާ ހަމައެކަނި ގައުމު ބްރެޒިލްގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް އެޑްނާލްޑޯގެ މަގާމު އެ ގައުމުގެ ކޯޓުން ގެއްލުވާލުމުން އައު ރައީސަކު ހޮވަން ބާއްވާ އިންތިހާބުގައި ވާދަކުރަން ނިންމީ ދެ ފަރާތަކުންނެވެ. އެއީ ރޮރައިމާ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް ސާމިރު ޒައުދު އާއި ސައުޕޯލޯ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް ރެއިނާލްޑޯ ކަރްނެއިރޯ އެވެ. މީގެ ތެރެއިން ރެއިނާލްޑޯ އަށް އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު ނެތް ކަމަށްވަނީ ނިންމާފަ އެވެ. އަސާސީ ގަވާއިދުގައިވާ ގޮތުގެ މަތީން އޭނާ އަށް އަށް ފެޑަރޭޝަނެއްގެ ތާއީދު ނުލިބުމުންނެވެ. ބްރެޒިލްގެ ފުޓްބޯޅަ ފެޑަރޭޝަނުގެ އަސާސީ ގަވާއިދުގައިވާ ގޮތުން ރައީސް ކަމަށް ކުރިމަތިލާ ފަރާތަކުން އަށް ފެޑަރޭޝަނެއްގެ ތާއީދު ހޯދަން ޖެހެ އެވެ. ނަމަވެސް އޭނާ އަށް ލިބުނީ ދެ ފެޑަރޭޝަނަކާއި 21 ކުލަބެއްގެ ތާއީދެވެ.
ނަމަވެސް ރޮނާލްޑޯމެން ބާރު އަޅަމުންދަނީ މިއީ އިންސާފުވެރި ގޮތެއްނޫން ކަމަށެވެ. އަށް ފެޑަރޭޝަނެއްގެ ތާއީދު ހޯދަން ޖެހުމަކީ ގިނަ ބަޔަކު އިންތިހާބުގައި ވާދަ ކުރަން ހުރަސް އެޅޭ ކަމެއްގެ ގޮތުގައި އެމީހުން ވަނީ ސިފަކޮށްފަ އެވެ. 20 ކުލަބަކުން އިންތިހާބު ބޮއިކޮޓް ކުރި މައިގަނޑު ސަބަބަކީ ވެސް މި މާއްދާއާ އިހުތިޖާޖު ކުރުމެވެ. ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ކާމިޔާބު ގައުމު ކަމަށްވާ ބްރެޒިލްގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް ކަމަށް ދެ ވަނަ ދައުރަކަށް އެޑްނާލްޑޯ ހޮވުނު ނަމަވެސް ބްރެޒިލްގެ ކޯޓުން ނިންމާފައިވަނީ އޭނާގެ ކޮރަޕްޝަނާއި މަގާމުގެ ނުފޫޒު ބޭނުންކުރުމާއި ވަގު ސޮއި ކުރުމާއި އެނޫން ވެސް މާލީ އެތައް މައްސަލައަކާ ހެދި އޭނާ މަގާމުގައި ހުރުމަށް ޝަރުތު ފުރިހަމަ ނުވާ ކަމަށެވެ. ނަމަވެސް މި މައްސަލަ އިސްތިއުނާފު ކުރަން އޭނާ ވަނީ ނިންމާފަ އެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
