
އިޓާލިއަން ލީގުގެ ޗެމްޕިއަންކަން ނާޕޮލީން ހޯދައިފިއެވެ. އެ ޓީމުން ޗެމްޕިއަންކަން ހޯދީ މިރޭ ކުޅުނު މެޗު ކަގްލިއާރީއާ ވާދަކޮށް 2-0 ގެ ނަތީޖާއަކުން ކާމިޔާކޮށްގެންނެވެ. މި ނަތީޖާއާއެކު ނާޕޮލީ އަށް ޓޭބަލުގެ އެއްވަނަ ކަށަވަރުވީ ހުސްވި ސީޒަނުގެ ޗެމްޕިއަން އިންޓަ މިލާނަށްވުރެ އެއް ޕޮއިންޓް އިތުރަށް ލިބިގެންނެވެ. ޖުމުލަ 38 މެޗުން އިންޓަ އަށް ލިބުނީ 81 ޕޮއިންޓެވެ. ނާޕޮލީ އަށް 82 ޕޮއިންޓެވެ. ލީގުގައި މި ދެ ޓީމު ވެސް ކުޅެން ޖެހޭ ފަހު މެޗުން މިރޭ ވަނީ މޮޅުވެފަ އެވެ. އިންޓަ މޮޅުވީ ކޯމޯއާ ވާދަކޮށް 2-0އިންނެވެ. ލަނޑު ޖެހީ ޔަކީން ކޮރެޔާ އާއި ޑިވްރާޖެވެ. ނާޕޮލީ މޮޅުކޮށްދޭން ލަނޑު ޖެހީ ރޮމެލޫ ލުކާކޫ އާއި ސްކޮޓް މެކްޓޮމިނޭ އެވެ.

މިއީ ތިން އަހަރު ތެރޭގައި ނާޕޮލީން އިޓާލިއަން ލީގު ކާމިޔާބުކުރި ދެ ވަނަ ފަހަރެވެ. މިއާއެކު ކޯޗު އެންޓޯނިއޯ ކޮންޓޭ ވެފައިވަނީ އިޓާލިއަން ލީގު ތަފާތު ތިން ޓީމެއްގައި ހޯދި ފުރަތަމަ ކޯޗަށެވެ. އޭނާ ވަނީ އިޓަލީގެ ޔުވެންޓަސް އާއި އިންޓަ މިލާނަށް ވެސް މި ތަށި ހޯދައިދީފަ އެވެ. އިޓާލިއަން ލީގު ގެއްލުމުން މި ސީޒަނުގައި ތައްޓެއް ހޯދުމަށް އިންޓަމިލާނަށް މިހާރޮ އޮތް ފުރުސަތަކީ މި ސީޒަނުގެ ޗެމްޕިއަންސް ލީގު އެކަންޏެވެ. އެ ޓީމު ވަނީ ބާސެލޯނާ ބަލިކޮށް ފައިނަލަށް ހޮވިފަ އެވެ. ފައިނަލުގައި އަންނަ ހަފުތާގައި އިންޓަ ވާދަކުރަން ޖެހޭނީ ފްރާންސްގެ ޕީއެސްޖީއާ އެވެ.
އިޓާލިއަން ލީގުގެ އެންމެ ފަހު ހަފުތާގެ ބާކީ މެޗުތައް ކުޅޭނީ މިއަދާއި މިރޭއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
