
(ފޮޓޯ ކްރެޑިޓްސް: ޕީއެސްްއެމް ނިއުސް)
ރާއްޖެއިން ކުޅިވަރުގެ ދާއިރާގައި ހާސިލުކުރަން ބޭނުންވާ އަމާޒުތައް ހާސިލުކުރުމާއި، ބައިނަލްއަގުވާމީ ކުޅިވަރުގައި ކާމިޔާބީތައް ހޯދުމަށް އެއްބާރުލުންދޭނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮން ޗިންހުއާ ވިދާޅުވެއްޖެއެވެ. ސަފީރު ކޮން ޗިންހުއާ މިހެން ވިދާޅުވީ ރާއްޖެއަށް ޗައިނާގެ ޔުނާން ޕްރޮވިންސުން ހަދިޔާކުރި ކުޅިވަރު ސާމާނު ކުޅިވަރާއި ބެހޭ ވުޒާރާއާއި ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. ސަފީރު މިހެން ވިދާޅުވީ ކުރިޔަށް އޮތް 15 ވަރަކަށް އަހަރުގެތެރޭގައި ޗައިނާގެ އެއްބާރުލުމާއެކު ރާއްޖެއަށް އޭޝިއަން ގޭމްސް ނުވަތަ އޮލިމްޕިކްސްގައި މަތީ ވަނައެއް ހޯދޭނެކަމަށް އުންމީދުކުރައްވާ ކަމަށް ރާއްޖޭގެ ކުޅިވަރު ވަޒީރު އަބުދުﷲ ރާފިއު ވިދާޅުވުމާއި ގުޅިިގެންނެވެ.
ރާއްޖޭގެ ރައްޔިތުން ކުޅިވަރަށް ދޭ އަހަންމިއްޔަތުކަމާއި، ބަހައްޓާ ލޯބި ފާހަގަކުރައްވާ ސަފީރު ވިދާޅުވީ ޗައިނާ ސަރުކާރުން ހަދިޔާކުރި ކުޅިވަރު ސާމާނުގެ ބޭނުން ރަނގަޅު ގޮތުގައި ހިފާނެކަމަށް އުންމީދު ކުރައްވާ ކަމަށެވެ. ޗައިނާ ސަރުކާރުން ވަނީ ގިނަ އަދަދެއްގެ ފުޓްބޯޅައާއި ޓޭބަލްޓެނިސް ކުޅުމަށް ބޭނުންކުރާ ސާމާނާއި އެތުލެޓިކްސްގައި ބޭނުން ކުރާ ބައެއް ތަކެތި ހަދިޔާ ކޮށްފައެވެ. ސަފީރު ވިދާޅުވީ ކުޅިވަރުން އުފާވެރިކަން ހޯދާ ދުޅަހެޔޮ ސިއްހަތެއްގައި ދިވެހިން ތިބުމަށް އެދޭ ކަމަށާއި، ކުޅިވަރުގެ ދާއިރާއިން ރާއްޖެއަށް ކުރިޔަށް އޮތްތަނުގައިވެސް އެހީތެރިކަން ފޯރުކޮށްދީ ކުޅިވަރުން ކުރިއެރުންތައް ހޯދައިދިނުމަށް ދެގައުމުން ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށެވެ.
ކުޅިވަރަކީ އެކުވެރިކަން ޕްރޮމޯޓްކޮށް ތަފާތުކުރުންތައް ނައްތާލާ ރޫހު ދިރުވައިދޭ “ބައިނަލްއަގްވާމީ ބަހުރުވަ” އެއް ކަމަށްވެސް ސަފީރު ކޮން ޗިންހުއާ ވިދާޅުވިއެވެ. އަދި ޗައިނާގެ ރައީސް ކުޅިވަރު ދާއިރާގެ ތަރައްޤީއަށް ދެއްވާ ސަމާލުކަން ފާހަގަ ކުރައްވާ، ސަފީރު ވިދާޅުވީ ރައީސް ޝީ ޖިންގޕިންގ އަކީ ކުޅިވަރުގެ ތަރައްޤީއަށް ވަރަށް ބޮޑަށް އިސްކަންދެއްވާ ބޭފުޅެއް ކަމަށާއި، ޤައުމުގެ ހަމަޖެހުމަށް ކުޅިވަރު މުހިންމު ދައުރެއް އަދާކުރާ ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު 2024 ވަނަ އަހަރު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް އިޝާރާތް ކުރައްވާ ސަފީރު ވިދާޅުވީ ޗައިނާގެ ރައީސް ޝީ ޖިންގޕިންގ އާއި ރައީސް ޑރ.މުއިއްޒުގެ ހަރުދަނާ ސަރުކާރުން ޗައިނާއާއި ރާއްޖޭގެ ގުޅުންތައް ބަދަހިކޮށް ތާރީހީ ކުރިއެރުންތަކެއް ހޯދާފައިވާކަމަށެވެ.
ޗައިނާ އާއި ރާއްޖެއަކީ ސަގާފީ ގޮތުންވެސް ޒަމާންވީ ގާތް ދެ އެކުވެރިންކަން ފާހަގަކުރައްވާ ޗައިނާ ސަފީރު ވިދާޅުވީ އައު ސަފީރުގެ ހައިސިއްޔަތުން އޭނާގެ މި ދައުރުގައި އެންމެ އިސްކަން ދެއްވާނީ ދެގައުމުގެ ރައީސުން އެއްބަސްވެވަޑައިގެންފައިވާ ކަންކަން ފުރިހަމަ ކުރެއްވުމަށް ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
