
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ސްކޭޓަރުންނަށް ޚާއްސަކުރެވިގެން ތައްޔާރުކުރުމަށް ރޭވިފައިވާ ސްކޭޓް ޕާކަކީ މިކުޅިވަރުގައި ޝާމިލްވާ ހުރިހާ ފަރާތްތަކަށް ލިބުނު ވަރަށް ބޮޑު އުފަލެއްކަމަށް ސްކޭޓް މޯލްޑިވްސްގެ ރައީސް މުހަންމަދު ހާނިމް ވިދާޅުވެއްޖެއެވެ. ހާނިމްވިދާޅުވީ، ސްކޭޓަރުންނަށް ޚާއްސަކުރެވިގެން ތައްޔާރުކުރުމަށް ރޭވިފައިވާ ސްކޭޓް ޕާކާއެކު މުޅި ސްކޭޓް ކޮމިއުނިޓީއަށްވެސް ވަނީ ވަރަށް ބޮޑު އުފަލެއްލިބިފަކަމަށެވެ. ހާނިމް މިހެން ވިދާޅުވީ ދާދި ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސުލްޖުމްހުރިއްޔާ ޑރ. މުހަންމަދު މުއިއްޒު ސްކޭޓަރުންނަށް ދެއްވި އުފާވެރި ޚަބަރަށް އިޝާރާތްކުރައްވަމުންނެވެ.
“އަޅުގަނޑުމެން މިހުރިހާ ސްކޭޓަރުންނާ، ބެލެނިވެރިން އަދި މުޅި ސްކޭޓް ކޮމިއުނިޓީ މިތިބީ ވަރަށް ބޮދު އުފާވެރިކަމެއްގެ ތެރޭގަ. އެއީ ދިވެހިރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާގެ ނޫސް ކޮންފަރެންސެއްގަ ވިދާޅުވި، ޕާކެއް ވުޖޫދަށް އަންނަ ވާހަކަ. އުސްފަސްގަނޑުގަ އަދި ހުޅުމާލެއިން 25،000 (ފަންސަވީސްހާސް) އަކަފޫޓުގެ ބިމެއް އެޗްޑީސީގެ ބެލުމުގެ ދަށުން ކުރިއަށް ގެންދިއުމުގެ ސިގްނަލް ރައީސް ދެއްވި” ހާނިމް ވިދާޅުވިއެވެ. ހާނިމް އިތުރަށް ވިދާޅުވީ މާލޭ އުސްފަސްގަނޑު ސަރަހައްދުގައި ތަރައްޤީކުރުމަށް ތައްޔާރުވަމުންދާ ސްކޭޓް ޕާކުގެ މަސައްކަތްތައް ކުޅިވަރާބެހޭ ވަޒީރުގެ ސީދާ ބެއްލެވުމުގެ ދަށުން ކުރިއަށްދާކަމަށެވެ. މިޕާކުގެ އަމަލީ މަސައްކަތްފެށުމުގެ ކުރިން ވާންޖެހޭ ތައްޔާރީތައް މިހާރުވަމުންދާ ކަމަށާ މިކަމުގައި ސްކޭޓް މޯލްޑިވްސްގެ ޚިޔާލާއި މަޝްވަރާވެސް ކުޅިވަރު ވުޒާރާއިން ހޯއްދެވިކަމަށް ހާނިމް ފާހަގަކުރެއްވިއެވެ.
“ދެން މިތަނުގައި އުސްފަސްގަނޑުގައި ކުރިއަށްދާ ސްކޭޓް ޕާކުގެ މަސައްކަތްތައް ހަމަ ކުޅިވަރާ ބެހޭ ވަޒީރުގެ ބެއްލެވުމުގެ ދަށުން ކުރެހުންތައް ނިންމާ، މިކަމުގެ ވަރަށް ބޮޑު ބައިވެރިވުމެއް އަޅުގަނޑުމެން ސްކޭޓް މޯލްޑިވްސްގެ ފަރާތުން ޚާއްސަކޮށް އެކަމުގެ ތެރޭގައި އަޅުގަނޑު އުޅެފިން. އެހެންވީމަ އިރާދަކުރެއްވިއްޔާ ވަރަށް އުންމީދީ ދުވަސްތަކެއް ސްކޭޓްގަ މިއޮތީ” ހާނިމް ވިދާޅުވެފަވެއެވެ. އަލަށް ތަރައްޤީކުރެވޭ މި ސްކޭޓް ޕާކާއެކު ސްކޭޓަރުން ތަމްރީނުކުރުމަށް ވަރަށް ބޮޑު ލުއިފަސޭހައެއް ލިބިގެންދާނެކަމަށް ހާނިމް ދެކެލައްވައެވެ. މިގޮތުން ޖާގަ ތަނަވަސްވެ، ކުދިންގެ ތަމްރީނުތައް އެތައް ގޮތަކުން ކުރިއަރާނެކަމަށް ހާނިމް ވިދާޅުވިއެވެ. މިހާރު ތަމްރީނުތައް ހަދަމުންދާ އުސްފަސްގަނޑަކީ ސްކޭޓިން ޕްރެކްޓިސްއަށް އެންމެ އެކަށީގެންވާ ތަނެއް ނޫންކަމަށާ، މޫސުމާ ގުޅިގެންވެސް ޕްރެކްޓިސްތަކަށް ބުރޫއަރާކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
“މިތަނުގައި ދުއްވާލަން މިލިބެނީ ވަރަށް ކުޑަކޮށް، ސްޕީޑް ލިބުމާ އެއްކޮށް އަނބުރާލަން މިޖެހެނީ. އެކަމު މިތާނގަ 100 މީޓާރސްގެ ޓްރެކެއް އެޅުނީމަ އެއީ އަޅުގަނޑުމެން ތަމްރީނު ޕްރޮގްރާމުތަކަށް ރާއްޖެއިން ބޭރަށް ދާންނުޖެހޭނެ، ރާއްޖޭގަ މަސައްކަތްކޮށްގެން ރާއްޖޭން ބޭރުގެ މުބާރާތްތަކުގަ ވާދަކުރެވޭނެ” ހާނިމް ފާހަގަކުރެއްވިއެވެ. މިފަދަ ޓްރެއިނިންގ ޕްރޮގްރާމުތަކަށް މިހާރު ޖެހެނީ ގައުމުން ބޭރަށްދާންކަމަށާ، ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅާ އެއްކޮށް އެތަކުލީފަށް ހައްލެއް ލިބިގެންދާނެކަމަށް ހާނިމް ގަބޫލުކުރައްވައެވެ. ހާނިމް ވިދާޅުވީ މީގެ ދެއަހަރެއްހާ ދުވަސްކުރިން ކުޅިވަރު ވަޒީރުވަނީ ސްކޭޓިން ޓްރެކެއްގެ އުންމީދު ދެއްވާފައިކަމަށާ، އެކަމަށް ކެނޑި ނޭޅިކުރެވުނު މަސައްކަތަށް ރައީސުލްޖުމްހޫރިއްޔާ ދެއްވި އެއްބާރުލެއްވުމާއެކު، ކައިރި މުސްތަގުބަލެއްގައި މި ހުވަފެން ހަގީގަތަކަށްވުމުގެ ފުރުސަތު ބޮޑުވެއްޖެކަމަށެވެ. “ޓްރެކެއް އިރާދަކުރެއްވިއްޔާ ލިބުނީމަ އަޅުގަނޑުމެން މިދެކޭ ހުވަފެންތައް ހަގީގަތަކަށް ހެދުމަށް ތަންކޮޅެއް ފަސޭހަވެގެންދާނެ” ސްކޭޓިން ޓްރެކާ ގިނަ އުންމީދުތަކެއް ގުޅިފައިވާކަމަށް ހާނިމް ފާހަގަކުރެއްވިއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
