
(ފޮޓޯ ކްރެޑިޓްސް: ސިއްޙީ ވުޒާރާ)
ރާއްޖޭގެ ޞިއްޙީ ނިޒާމަށް ދިމާވާ ގޮންޖެހުންތަކުން އަރައިގަނެވޭނީ، ހުރިހާ ރަށެއްގެ ޞިއްޙީ ނިޒާމު ވަރުގަދަ ކުރެވިގެންކަމަށް ޞިއްޙަތާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ 78 ވަނަ ވޯލްޑް ހެލްތު އެސެމްބްލީގެ ޕްލިނަރީ ސެޝަންގައި ކުރެއްވި ތަޤުރީރުގައެވެ. ވޯލްޑް ހެލްތު އެސެމްބްލީގެ ޕްލިނަރީ ސެޝަންގައި ތަޤުރީރު ކުރައްވަމުން ޞިއްޙި ވަޒީރު ޢަބްދުﷲ ނާޒިމް ވިދާޅުވީ ދުނިޔޭ ޞިއްޙަތު ޖަމްޢިއްޔާގެ މިފަހަރު ބައްދަލުވުމުގެ ޝިއާރު “ޞިއްޙަތަށް އެއް ދުނިޔެ”އެއް މިޝިއާރަކީ ދިވެހިރާއްޖެ ފަދަ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމަކާ ވަރަށް ގުޅޭ ޝިއާރެއް ކަމަށެވެ. އަދި މިއަހަރުގެ ބައްދަލުވުމުގައި ތަންފީޒު ކުރަން ނިންމި ޕެންޑަމިކް ޓްރީޓީއަކީ ޝިއާރާއި އެއްގޮތަށް ގުޅިގެން މަސައްކަތް ކުރުމުގެ އެއް މިސާލު ކަމަށްވެސް ވިދާޅުވިއެވެ.
ވަޒީރުގެ ތަޤުރީރުގައި ރާއްޖޭގެ ސިއްޙީ ނިޒާމަށް އަލިއަޅުއްވާލައްވަމުން ވިދާޅުވީ ތަރައްޤީވެފައިވާ ޤައުމުތަކާއި އެއް ފެންވަރަށް މައިންގެ ޞިއްޙަތާއި ކުޑަކުދިންގެ ޞިއްޙަތު ރާއްޖޭގައި މިހާރު ކުރިއަރާފައިވީ ނަމަވެސް، ތަފާތު އެހެން ގޮންޖެހުންތައް މިއަދު ހުރިކަމަށެވެ. އެގޮތުން މޫސުމީ ބަދަލުތަކުން ކުރިމަތިވާ ޞިއްޙީ މައްސަލަތަކަކީ ރާއްޖޭގެ ޞިއްޙީ ނިޒާމުގައި އެންމެ ގިނަ ބަޔަކަށް ދިމާވާ މައްސަލަ ކަމަށާއި، މިކަމުގެ އަސަރު ވަކިވަކިން އޮންނަ ގިނަ ރައްރަށުގެ ރައްޔިތުން ތަހައްމަލު ކުރާކަން ވަޒީރު ފާހަގަކުރެއްވިއެވެ. ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް ވިދާޅުވީ ގައިންގައިން ނާރާ ބަލިތައް އިތުރުވެ، ޞިއްޙީ ނިޒާމަށް ބުރަބޮޑުވެފައިވާއިރު، ތަފާތު ބަލިތަކަށް ފަރުވާ ދެވޭ މިންވަރު އިތުރުކޮށް، ދުޅަހެޔޮ މުުޖްތަމަޢެއް ބިނާކުރުމަކީ މުހިންމުކަމެއްކަމަށެވެ. ވަޒީރު ވިދާޅުވީ ޞިއްޙީ ނިޒާމަށް ދިމާވެފައިވާ އަދި ދިމާވަމުން އަންނަ ގޮންޖެހުންތަކުން އަރައިގަނެވޭނީ، ހުރިހާ ރަށެއްގެ ޞިއްޙީ ނިޒާމު ވަރުގަދަ ކުރެވިގެންކަމަށެވެ. އެގޮތުން މިކަން ކުރުމަށް އާންމުންގެ ޞިއްޙީ ރައްކާތެރިކަން ކަށަވަރު ކުރުމަށް ޤާއިމް ކުރެވިފައިވާ އާސަންދަ ނިޒާމު ފުޅާކޮށް ހަރުދަނާ ކުރައްވާނެކަމަށް ވިދާޅުވިއެވެ.
ޞިއްޙީ ވަޒީރު ވިދާޅުވީ ބަދަލުވަމުންދާ ޞިއްޙީ ނިޒާމާއި އެއްވަރަށް ކުުރިއެރުން ހޯދުމަށް ރައްޔިތުންނަށް ޞިއްޙީ ރައްކާތެރިކަން ކަށަވަރުކޮށް، ރާއްޖެއިން ޞިއްޙީ ނިޒާމަށް ޒަމާނީ ބަދަލުތައް ގެންނަމުންދާކަމަށެވެ. މީގެއިތުރުން ދުންފަތުން ކުރިމަގުގެ ޖީލު ރައްކާކުރުމަށް އެޅި ފިޔަވަޅުގައި ރާއްޖެ ދެމިއޮންނާނެ ކަމުގެ ޔަޤީންކަން ޞިއްޙީ ވަޒީރު ޑރ.ޢަބްދުﷲ ނާޒިމް އިބްރާހީމްވަނީ ދެއްވާފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
