
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ދައުލަތުގެ ޖުމުލަ ޚަރަދު މިދިޔަ އަހަރާ އަޅާބަލާއިރު %20.3 ދަށްވެއްޖެއެވެ. މާލީ ވުޒާރާއިން އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުން ދައްކާގޮތުގައި މި މަހުގެ 15ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުން ކޮށްފައިވާ ޖުމުލަ ޚަރަދު މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ވަނީ %20.3 ދަށްވެފައެވެ. އެގޮތުން، މިދިޔަ އަހަރުގެ މެއި މަހުގެ 15ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ޖުމްލަ ޚަރަދު 16.2 ބިލިޔަން ރުފިޔާއަށް އެރިއިރު މިއަހަރުގެ މި މުއްދަތުގައި ދައުލަތުގެ ޖުމްލަ ޚަރަދު ހުރީ 12.9 ބިލިޔަން ރުފިޔާގައެވެ.
މި މުއްދަތުގައި ރިކަރަންޓް ޚަރަދުގެ ގޮތުގައި 11.8 ބިލިޔަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށްވެސް ތަފާސްހިސާބުތަކުން ދައްކައެވެ. މިއީ ނިމިގެންދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ރިކަރަންޓް ޚަރަދުގެ ގޮތުގައި ރެކޯޑްކޮށްފައިވާ މިންވަރަށްވުރެ %4.5 އިތުރު އަދަދެކެވެ. މިއަހަރު ދައުލަތުގެ ރިކަރަންޓް ޚަރަދުގެ ގޮތުގައި ރިކޯޑްކޮށްފައިވާ ޖުމުލަ ޢަދަދުގެ ތެރެއިން %59.2އަކީ ދައުލަތުގެ އޮފީސްތަކުގެ އިދާރީ ހިންގުމާ ގުޅޭ ޚަރަދުތަކެވެ. އެގޮތުން، އިދާރީ ހިންގުމުގެ ޚަރަދުގެ ގޮތުގައި މިއަހަރުގެ މިހާތަނަށް ރެކޯޑުކޮށްފައިވަނީ 7 ބިލިއަން ރުފިޔާއެވެ. މިއީ 2024ވަނަ އަހަރުގެ މި މުއްދަތުގެ ތެރޭގައި އިދާރީ ހިންގުމާ ގުޅޭ މަސައްކަތްތަކަށް ހިނގާފައިވާ ޚަރަދަށްވުރެ %10 ދަށް ޢަދަދެކެވެ.
މީގެއިތުރުން، ސަރުކާރުންދޭ އެހީއާއި، އިޝްތިރާކާއި، ސަބްސިޑީޒްއަށް މިއަހަރުގެ ތެރޭގައި ކޮށްފައިވާ ޚަރަދު މިދިޔަ އަހަރާ އަޅައިބަލާއިރު ވަނީ %4.9 ދަށްވެފައެވެ. ސަރުކާރުންދޭ އެހީއާއި، އިޝްތިރާކާއި، ސަބްސިޑީޒްއަށް މިއަހަރުގެ މިހާތަނަށް ހިނގާފައިވާ ޖުމުލަ ޚަރަދުގެ 35.6 އިންސައްތަ އަކީ އާސަންދަ ފިޔަވައި ދައުލަތުން ފޯރުކޮށްދޭ އެހެނިހެން ސަބްސިޑީތަކަށް ކޮށްފައިވާ ޚަރަދެވެ. މިއަހަރުގެ ތެރޭގައި ސަބްސިޑީތަކަށް ދައުލަތުގެ ބަޖެޓުން ވަނީ 1.3 ބިލިއަން ރުފިޔާ ހޭދަކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި އެފަދަ ސަބްސިޑީތަކަށް ހޭދަކޮށްފައިވާ މިންވަރަށްވުރެ %23.7 ދަށް ޢަދަދެކެވެ. އާސަންދަ ފިޔަވައި އެހެނިހެން ސަބްސިޑީތަކަށް ދައުލަތުގެ ބަޖެޓުންކޮށްފައިވާ ހޭދަ ދަށްވި ނަމަވެސް، އާސަންދައަށް މި އަހަރުގެ ތެރޭގައި ހިނގާފައިވާ ޚަރަދު، މިދިޔަ އަހަރާ އަޅައިބަލާއިރު %24 ވަނީ އިތުރުވެފައެވެ. އެގޮތުން، މިއަހަރުގެ މިހާތަނަށް ދައުލަތުގެ ބަޖެޓުން 829.4 މިލިޔަން ރުފިޔާ އާސަންދައަށް ވަނީ ހޭދަކޮށްފައެވެ.
މާލީ ވުޒާރާއިން ވިދާޅުވީ މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ދައުލަތުން ކޮށްފައިވާ ޚަރަދުގެ %23.7، ކެޕިޓަލް ޚަރަދުގެ ގޮތުގައި ހޭދަކޮށްފައިވީ ނަމަވެސް، މިއަހަރުގެ ތެރޭގައި ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްތަކާ ގުޅޭ ސިޔާސަތުތައް ހަރުދަނާކުރުމަށް އެ ވުޒާރާއިން ކުރަމުންދާ މަސައްކަތްތަކާއެކު، މިދިޔަ އަހަރާ އަޅައިބަލާއިރު ކެޕިޓަލް ޚަރަދު 71.3 އިންސައްތައިން ދަށްކުރެވިފައިވާ ކަމަށެވެ. މިއަހަރުގެ މިހާތަނަށް ކެޕިޓަލް ޚަރަދުގެ ގޮތުގައި ރެކޯޑްކޮށްފައިވަނީ ދައުލަތުގެ ޖުމުލަ ޚަރަދުގެ %8.5 އެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
