
ކޮންމެ ހަފުތާއަކު ބޭންކުތަކުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއަށް ވިއްކަންޖެހޭ ބޭރުފައިސާގެ އަދަދު %90 އަށް އިތުރު ކުރުމަށް އެ އޮތޯރިޓީން ނިންމަވައިފިއެވެ. އެމްއެމްއޭއިން މިކަން ހާމަކޮށްފައިވަނީ އިއްޔެ ނެރުނު ބަޔާނެއްގައެވެ. އެގޮތުން، އަންނަ މަހުން ފެށިގެން މި ބަދަލު ގެނައުމަށް ނިންމަވާފައިވާ ކަމަށް އެ އޮތޯރިޓީން ވަނީ ވިދާޅުވެފައެވެ. އެމްއެމްއޭއިން ނެރުނު ބަޔާނުގައި ވިދާޅުވީ ބޭރު ފައިސާއާބެހޭ ޤާނޫނުގެ ދަށުން، ބޭރު ފައިސާއިން އާމްދަނީ ލިބޭ ފަރާތްތަކުން، ބޭންކުތަކަށް މާރުކުރާ ފައިސާގެ ތެރެއިން އޮތޯރިޓީން ކަނޑައަޅާ އިންސައްތައެއްގެ ޢަދަދަކަށް ބޭރު ފައިސާ ބޭންކުތަކުން އޮތޯރިޓީއަށް ވިއްކަންޖެހޭ ކަމަށެވެ. އެގޮތުން، ކޮންމެ ހަފުތާއަކު ބޭންކުތަކުން އެ އޮތޯރިޓީއަށް ވިއްކަންޖެހޭ ބޭރު ފައިސާ %60 އިން %90 އަށް 1 ޖޫން 2025 އިން ފެށިގެން އިތުރުކުރެވޭނެ ކަމަށް ވިދާޅުވިއެވެ.
މި ބަދަލު ގެނެސްފައިވަނީ، އެމްއެމްއޭއިން ބޭންކުތަކަށް ކޮންމެ ހަފްތާއަކު ވިއްކާ ބޭރު ފައިސާ މެދުވެރިކޮށް، މިހާރަށްވުރެ ހަރުދަނާ ގޮތެއްގައި، ވިޔަފާރިތަކަށް ބޭނުންވާ ބޭރު ފައިސާ ބޭންކުތަކުން ހަމަޖައްސައިދިނުމަށް މަގުފަހިކުރުމަށް ކަމަށް އެ އޮތޯރިޓީން ވިދާޅުވިއެވެ. ރާއްޖޭގައި ޑޮލަރުގެ މައްސަލަ ހައްލުކުރުމަށް ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތަކަށް ލިބޭ ބޭރުފައިސާގެ ވަކި މިންވަރެއް ރައްޖޭގެ ބޭންކުތަކަށް މާރުކުރަން މަޖުބޫރުވާގޮތަށް މިފަހުން ވަނީ ޤާނޫނެއް ފާސްކޮށްފައެވެ. މި ޤާނޫނުގެ ދަށުން، މިދިޔަ މާޗް މަހުގެ ނިޔަލަށް ފަތުރުވެރިންނަށް ޚިދުމަތްދޭ ތަންތަނުން ބޭންކުތަކަށް 150 މިލިޔަން ޑޮލަރަށްވުރެ ގިނަ ފައިސާ މާރުކޮށްފައިވެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
