
(ފޮޓޯ ކްރެޑިޓްސް: ޕީޢެސްއެމް ނިއުސް)
ހާމަކަން ބޮޑު ގޮތެއްގައި މަޢުލޫމާތު ހާމަކުރުމަށް ނޫސްވެރިންނާއި ފުލުހުން ގުޅިގެން މަސައްކަތް ކުރެވޭނެ މާޙައުލެއް ކުރިއަށް އޮތްތަނުގައި ޤާއިމުވެގެންދާނެކަމަށް ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީން ވިދާޅުވެއްޖެއެވެ. ޑީސީޕީ މިހެން ވިދާޅުވީ ނޫސްވެރިންނާއެކު ބޭއްވި ޚާއްސަ ހަފްލާއެއްގައި ވާހަކަދައްކަވަމުންނެވެ.
ނޫސްވެރިންނާއި ފުލުހުންނާ ދެމެދު އޮންނަ ގުޅުން ބަދަހިކުރުމަށް އިސްކަންދަރު ކޮށީގައި ބޭއްވި ޚާއްސަ ޙަފްލާއެއްގައި ވާހަކަދައްކަވަމުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ވިދާޅުވީ، ފުލުހުންނާއި ނޫސްވެރިންނާއި ދެމެދު އޮންނަ ގުޅުން ހީނަރުވެފައިވާކަން ޤަބޫލުކުރައްވާކަމަށާއި އެކަން ރަނގަޅު ކުރަންޖެހޭކަމަށެވެ. ރައްޔިތުންނާއި ގުޅުންހުރި މުހިންމު މަސައްކަތްތަކެއް ކުރާއިރު އެކަންކަމުގެ އެންމެ ސައްޙަ މަޢުލޫމާތު ވީއެންމެ އަވަހަށް ފޮނުވުމުގައި ނޫސްވެރިންނާއި ގާތުން މަސައްކަތްކުރުމުގެ މުހިއްމުކަން ޑީސީޕީ ފާހަގަކުރެއްވިއެވެ. އަދި ހަމައެއާއެކު ބައެއް ޚަބަރު ފެތުރުމުގައި ރައްޔިތުންގެ މެދުގައި ކަންބޮޑުވުން އުފެދޭ ފަދަ ކަންކަމުގައި ޒިންމާދާރު ނޫސްވެރިކަމެއް ކުރުމުގެ މުހިންމުކަންވެސް ޑީސީޕީގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީޢެސްއެމް ނިއުސް)
“މިއީ ފެށުމެއް ކަމަށް ބަލައިގެން ކުރިއަށް އޮތްތަނުގައި ގުޅިގެން މަސައްކަތްކޮށް، ރައްޔިތުންނާއި ހަމައަށް ތެދުވެރިކަމާއި ހާމަކަން ބޮޑު ގޮތެއްގައި މަޢުލޫމާތު ގެނެސްދެވޭނެ ފަދަ މާޙައުލެއް ޤާއިމުކުރުމަށް މަސައްކަތް ކުރަންޖެހޭ.” ނަވީން ވިދާޅުވިއެވެ. ޑީސީޕީ ނަވީން ވިދާޅުވީ ފުލުހުންގެ ޚިދުމަތް ހަރުދަނާކުރުމުގައި ރައްޔިތުންނާއި ނޫސްވެރިންގެ ފަރާތުންވެސް ލިބޭ ބިނާކުރަނިވި ފާޑުކިޔުން، ބަލައިގަންނާނެކަމަށެވެ. އަދި އަދުގެ މުޖުތަމަޢުގައި ނޫސްވެރިން ދޫކޮށްލާ ޚަބަރުތަކުގައި ޖެހޭ ހެޑްލައިނެއްގެ ސަބަބުންވެސް ޙަގީގަތް އޮޅިގެންދާ ފަހަރު ކުރިމަތިވާކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ވަކި ފަރާތަކަށް ބުރަވެ ކުރާ ނޫސްވެރިކަން އާންމުވަމުންދާކަންވެސް ފާހަގަކުރެއްވިއެވެ. ޑީސީޕީ ނަވީން ވިދާޅުވީ ފުލުހުންގެ ޚިދުމަތުން ނޫސްވެރިންނާއެކު ގުޅިގެން މަސައްކަތް ކުރުމަށް ފެށި މި މަސައްކަތް ވެގެންދާނީ ހާމަކަން ބޮޑު މީޑިއާގެ ވެއްޓެއް ޤާއިމުކުރުމަށް އެޅޭ މުހިންމު ފިޔަވަޅަކަށްކަމަށް ޤަބޫލްކުރައްވާކަމަށެވެ.
ފުލުހުންގެ ޚިދުމަތުން ނޫސްވެރިންނާއެކު ބޭއްވި ބައްދަލުވުމުގައިވަނީ ރާއްޖޭގައި ހިންގާ ގިނަ މީޑިއާތަކުން ނޫސްވެރިންނާއި މެނޭޖްމަންޓް ބޭފުޅުންނާއި ފުލުހުންގެ ޚިދުމަތުގެ އެކި ރޭންކްތަކުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
