
(ފޮޓޯ ކްރެޑިޓްސް: ޙާރިޖީ ވުޒާރާ)
ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވި އައު މަންދޫބު މަޤާމުގެ ފަތްކޮޅު ޚާރިޖީ ވަޒީރު ޑރ.ޢަބްދުﷲ ޚަލީލަށް އަރުވައިފިއެވެ. ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ މަންދޫބު ޕެއިޑެން ފަތްކޮޅު ހަވާލުކޮށްފައިވަނީ އެކަމަށްޓަކައި ޚާރިޖީ ވުޒާރާގައި ބޭއްވި ބައްދަލުވުމެއްގައެވެ. މިބައްދަލުވުމުގައި ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް ވަނީ ރާއްޖޭގެ ޞިއްޙީ ދާއިރާއިން މިހާތަނަށް ހޯދާފައިވާ ކުރިއެރުންތަކުގައި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ކޮށްދެއްވި މަސައްކަތް ފާހަގަކުރައްވާފައެވެ. މީގެތެރޭގައި، ބަލިތަކުން ރައްކާތެރިވުމަށް ކުރެވޭ މަސައްކަތާއި، ހަރުދަނާ ޞިއްޙީ ނިޒާމެއް ރައްޔިތުންނަށް ފޯރުކޮށްދިނުމާއި ޞިއްޙީ ދާއިރާގެ ޤާބިލިއްޔަތުކަން އިތުރުކުރުމަށް ކުރެވޭ މަސައްކަތް ވަޒީރު ފާހަގަކުރެއްވިއެވެ.
މިބައްދަލުކުރެއްވުމުގައި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ މަންދޫބު ވަނީ ކުރިއަށް އޮތް ތަނުގައިވެސް ރާއްޖެއަށް ބޭނުންވާ އެހީތެރިކަން އެޖަމްޢިއްޔާއިން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ. މިބައްދަލުކުރެއްވުމުގައި ވަޒީރު ޚަލީލު ވަނީ ދުންފަތާއި ދެކޮޅަށް މަސައްކަތް ކުރުމުގައި ޞިއްޙަތު ޖަމްޢިއްޔާގެ ޑިރެކްޓަރ ޖެނެރަލްގެ ޚާއްސަ އެވޯޑު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ދެއްވާފައިވާތީ އެކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ސަރުކާރުން ދުންފަތް މަނާކުރުމުގައި މިހާތަނަށް އަޅާފައިވާ ފިޔަވަޅުތަކާއި 2007 އިން ފެށިގެން އުފަންވާ ކުދިންނަށް ދުންފަތް މަނާކުރުމަށް ޤާނޫނަށް ގެނައި އިސްލާހުތަކާއި ގުޅޭ މަޢުލޫމާތު ވަޒީރުވަނީ ޞިއްޙަތު ޖަމްޢިއްޔާގެ މަންދޫބާ ހިއްސާކުރައްވާފައެވެ.
ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ މެންބަރު ޤައުމަކަށް ރާއްޖެވިތާ މިއަހަރު 60 އަހަރު ފުރޭނެއެވެ. 1965 ވަނަ އަހަރު ޞިއްޙަތު ޖަމްޢިއްޔާގެ އޮފީހެއް ރާއްޖޭގައި ޤާއިމްވުމަށްފަހު ރާއްޖޭގެ ޞިއްޙީ ނިޒާމު ތަރައްޤީކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
