
ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކްގެ އަހަރީ އާންމު ޖަލްސާގެ ހަވާސާގައި ކުރިއަށްގެންދާ ލައިވްސް އެންޑް ލައިވްލީހުޑް ނޮލެޖް ހިއްސާކުރުމުގެ ޕެނަލް ޑިސްކަޝަންގައި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ބައިވެރިވެވަޑައިގަންނަވާގޮތައް ހަމަޖެހިއްޖެއެވެ. މިއަހަރުގެ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކްގެ އަހަރީ އާންމު ޖަލްސާ ކުރިއަށްދާނީ މިމަހުގެ 19 އިން 22 ވަނަ ދުވަހުގެ ނިޔަލަށް އަލްޖީރިއާގައެވެ. މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވީ، އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކްގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން ކުރިއަށްދާ ނޮލެޖް ޝެއަރިން މަޝްވަރާއެއްގައި މިނިސްޓަރ ބައިވެރިވެވަޑައިގަންނަވާނެކަމަށެވެ. ވަޒީރު ޝިޔާމްގެ އިތުރުން މި މަޝްވަރާގައި އެހެން ބައެއް ޤައުމުތަކުގެ ވަޒީރުންވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ. އޭގެތެރޭގައި ތަޖަކިސްތާންގެ ހެލްތް އެންޑް ސޯޝަލް ޕްރޮޓެކްޝަން މިނިސްޓަރާއި، އެ ޤައުމުގެ އެގްރިކަލްޗަރ މިނިސްޓަރ ހިމެނިވަޑައިގަންނަވައެވެ.
މި ޕެނަލް ޑިސްކަޝަންގައި ވަޒީރު ޝިޔާމް ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ސަސްޓެއިނަބަލްކޮށް ކުރިއަށްގެންދިއުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ވާހަކަދައްކަވާނެއެވެ. އަދި ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ހިއްސާކުރާނެކަމަށް މަސްވެރިކަމާއި ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ. މި ޕެނަލް ޑިސްކަޝަންގައި ރާއްޖެ ހިމެނޭގޮތުން 32 ޤައުމަކަށް ލައިވްސް އެންޑް ލައިވްލީހުޑް ފަންޑްގެ ސަބަބުން އައި ބަދަލުތަކާއި ގުޅޭގޮތުން މަޝްވަރާކުރާނެއެވެ. މި ފަންޑުގެ ދަށުން ރާއްޖޭގައިވެސް ދަނީ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން މަސް ދޯނިފަހަރުގައި ލޮނުފެނުން މަސްފިނިކުރާ ނިޒާމް ޤާއިމްކުރުން ހިމެނެއެވެ. ފަންޑުގެ ދަށުން 21 ފަރާތަކަށް ލޯނު އެޕްރޫވްވެފައިވާއިރު 14 ދޯންޏަކަށް ވަނީ ފަންޑު ދޫކޮށްފައިކަމަށް މަސްވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
