
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
މި އަހަރުގެ ތެރޭގައި ސޫރިޔާއަށް ވާރޭ ނުވެހި ގިނަ ދުވަސްވެ، ކުރިމަތިވެފައިވާ ހަނަފަސްކަމުގެ ސަބަބުން ސޫރިޔާގެ ގޮވާން ދަނޑުތަކުގެ 75 އިންސައްތަ ސަލާމަތް ނުކުރެވުން އެކަށީގެންވާ ކަމަށާއި އޭގެ ސަބަބުން އެތައް މިލިޔަން މީހުންގެ ކާބޯތަކެތީގެ ރައްކާތެރި ކަމަށް ނުރައްކާ ވެދާނެ ކަމަށް އދގެ ކަނާއާއި ދަނޑުވެރިކަމާބެހޭ އިދާރާ، އެފްއޭއޯއިން ބުނެފިއެވެ. ސޫރިޔާގައި ހުންނަވާ އެފްއޯއޭގެ މަންދޫބު ޓޯނީ އެޓެލް ވިދާޅުވީ ދަނޑުތަކުން މި އަހަރު ލިބޭ ގޮދަނުގެ މިންވަރު، ބޭނުންވާ މިންވަރަށްވުރެ 2.7 މިލިޔަން ޓަން މަދުވާނެ ކަމަށް ބެލެވޭ ކަމަށެވެ. 2.7 މިލިޔަން ޓަނުން 16.3 މިލިޔަން މީހުންނަށް އެއް އަހަރަށްވުރެ ގިނަ ދުވަސްވަންދެން ކާބޯތަކެތި ފޯރު ކޮށްދެވޭނެ ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.
ސޫރިޔާގެ ކުރީގެ ރައީސް ބައްޝާރު އަލް-ޢަސަދުގެ ވެރިކަމުގައި ހަނަފަސް މޫސުމުގައި ގޮވާމުގެ ބާވަތްތައް ހޯދުމަށް ބަރޯސާ ވަނީ ރަޝިޔާއަށެވެ. ސޫރިޔާއަށް އެ ތަކެތި ފޯރު ކޮށްދީ، ސޫރިޔާގެ ސަބްސިޑީ މަޝްރޫޢުއަށް ރަޝިޔާއިން ދިޔައީ އެހީތެރިވަމުންނެވެ. ސޫރިޔާގެ ދަނޑުވެރިއެއް ކަމަށްވާ އުމުރުން 45 އަހަރުގެ އަސާދް އަޒަލުއްދީން ބުނީ ވާރޭ ނުވެހުމުގެ ސަބަބުން އޭނާގެ ދަނޑުތައް ހަލާކުވެފައިވާ ކަމަށެވެ. 13 އަހަރަށް ދެމިގެންދިޔަ ސޫރިޔާގެ އަހުލީ ހަނގުރާމައިގެ ސަބަބުން ވެސް ސޫރިޔާގެ ދަނޑުވެރިކަމުގެ ސިނާޢަތަށް ބޮޑެތި ގެއްލުންތައް ލިބިފައިވެއެވެ. އަޒަލުއްދީން ބުނީ ދަނޑުތަކަށް ފެން ފޯރު ކޮށްދޭ ނިޒާމެއް ނެތުމުގެ ސަބަބުންނާއި ވާރޭ ނުވެހޭތީ ދަނޑުވެރި ކަމަށް ވަރަށް ބޮޑަށް އަސަރު ކޮށްފައިވާ ކަމަށެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ސޫރިޔާގެ ކުރީގެ ރައީސް ބައްޝާރު އަލްއަސަދުގެ ވެރިކަން ކުއްލި ގޮތަކަށް ނިމުމަކަށް ގެނެސް، ސޫރިޔާގެ ހިންގުމާ އެ ޤައުމުގެ ހަތިޔާރު އެޅި ޖަމާޢަތެއް ކަމަށްވާ ހަޔިއަތު ތަޙްރީރް އަލް-ޝާމް (އެޗްޓީއެސް)ން ޙަވާލުވުމުން، އަސަދަށް ވާގިވެރިވަމުން ދިޔަ ރަޝިޔާއިން ވަނީ ސޫރިޔާއަށް ގޮވާމުގެ ބާވަތްތައް ފޯރު ކޮށްދިނުން މެދުކަނޑާލައިފައެވެ. ރަޝިޔާއިން އޭރު ބުނީ އެ ގޮތަށް ނިންމީ ސޫރިޔާގެ އައު ވެރިންނާމެދު ކަންބޮޑުވުންތަކެއް ހުރުމުން ކަަމަށެވެ.
މިދިޔަ ހަފްތާގެ ތެރޭގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްެރަމްޕް ވަނީ އެ ޤައުމުން ސޫރިޔާއާ ދެކޮޅަށް އަޅާފައިވާ ހުރިހާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށް އަމުރު ކުރައްވާނެ ކަމަށް އިޢުލާނު ކުރައްވައިފައެވެ. އެ އިޢުލާނާ އެއްގޮތަށް، ކުރިއަށް އޮތް ހަފްތާތަކުގައި އެމެރިކާއިން ސޫރިޔާއަށް ލުއިތައް ދޭން ފަށާނެ ކަމަށް ބެލެވެއެވެ. ވިލާތުގެ އިއްތިޙާދުން ވެސް މިހާރު ވަނީ ސޫރިޔާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް އުވައިލުމަށް އެއްބަސްވެފައެވެ. އެއާއެކު، ސޫރިޔާއަށް އަނެއްކާ ވެސް ފައިސާ ވަންނަން ފެށުމުން ދަނޑުވެރިކަމުގެ ސިނާޢަތް އަލުން ދިރުވޭނެ ކަމަށް ސޫރިޔާގެ ދަނޑުވެރިން އުއްމީދު ކުރެއެވެ. ދަނޑުވެރިކަމަށް ބޭނުންވާ އެންމެހާ ވަޞީލަތްތައް ހޯދައި އިމާރާތްތައް ޤާއިމު ކޮށް، ފެން ހޯދޭނެ މަގުތައް އޭރަށް ފަހިިވާނެ ކަމަށް ދަނޑުވެެރިން ޤަބޫލު ކުރެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
