
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ސޫރިޔާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށް ވިލާތުގެ އިއްތިޙާދުގެ ޚާރިޖީ ވަޒީރުން އެއްބަސްވެފައިވާ ކަމަށް އެ އިއްތިޙާދުގެ ޚާރިޖީ ސިޔާސަތާބެހޭ އިސްވެރިޔާ ކާޔާ ކަލަސް އިޢުލާނު ކުރައްވައިފިއެވެ. ވިލާތުގެ އިއްތިޙާދުގެ ޚާރިޖީ ވަޒީރުންގެ މެދުގައި ކުރި މަޝްވަރާތަކަށް ފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ކަލަސް ވިދާޅުވީ ވިލާތުގެ އިއްތިޙާދުން ބޭނުން ވަނީ ސޫރިޔާގެ ރައްޔިތުންނަށް އައު، ރައްޔިތުން ޝާމިލްވާ އަދި ޞުލްޙަވެރި ސޫރިޔާއެއް ބިނާ ކުރުމަށް އެހީތެރިވެދިނުމަށް ކަމަށެވެ. ފާއިތުވި 14 އަހަރު ދުވަހުގެ ތެރޭގައި ވެސް ވިލާތުގެ އިއްތިޙާދުން ތިބީ ސޫރިޔާގެ ރައްޔިތުންނާއެކު ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް ޢަމަލު ކުރަމުން ދާނީ އެ ގޮތަށް ކަމަށް ކަލަސް ވިދާޅުވިއެވެ.
ވިލާތުގެ އިއްތިޙާދުން ސޫރިޔާއާ ގުޅޭގޮތުން ގެންގުޅޭ ސިޔާސަތަށް ބަދަލު ގެނެސްފައި މި ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިދިޔަ ހަފްތާގެ ތެރޭގައި މެދުއިރުމައްޗަށް ކުުރެއްވި ދަތުރުފުޅުގައި ސޫރިޔާއާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ފިޔަވަޅުތައް އުވާލުމަށް ޢަމުރު ކުރައްވާނެ ކަމަށް އިޢުލާނު ކުރައްވާފައިވަނިކޮށެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ސޫރިޔާގެ ކުރީގެ ރައީސް ބައްޝާރު އަލްއަސަދުގެ ވެރިކަން ކުއްލި ގޮތަކަށް ނިމުމަކަށް ގެނެސް، ސޫރިޔާގެ ހިންގުމާ އެ ޤައުމުގެ ހަތިޔާރު އެޅި ޖަމާޢަތެއް ކަމަށްވާ ހަޔިއަތު ތަޙްރީރް އަލް-ޝާމް (އެޗްޓީއެސް)ން ވަނީ ޙަވާލުވެފައެވެ. އައު އިންތިޤާލީ ސަރުކާރެއް އެކުލަވާލާފައިވާ އިރު ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ސޫރިޔާގައި ޙަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތްތައް ސަރުކާރުގެ ތެރޭގައި ހިމަނައި، އެތައް އަހަރެއް ވަންދެން އެ ޤައުމުގައި ކުރަމުންދިޔަ އަހުލީ ހަނގުރާމައަށް ފަހު ޤައުމު އަލުން ބިނާކޮށް އާރާސްތު ކުރުމަށެވެ.
ވިލާތުގެ އިއްތިޙާދުން މިހާރު ވެސް ވަނީ ސޫރިޔާއާ ދެކޮޅަށް އަޅާފައިވާ ހަކަތައާއި ދަތުރުފަތުރާއި އަލުން ބިނާ ކުރުމާގުޅޭ ފިޔަވަޅުތަކާއި މާލީ މުއާމަލާތްތަކާ ގުޅުން ހުރި ފިޔަވަޅުތަކަށް ލުއި ދީފައެވެ. ނަމަވެސް އެ ލުއިތަކަކީ ސޫރިޔާގެ ސިޔާސީ މަޝްރަހަށް ބޮޑެތި ބަދަލުތައް އައިސްފައިވާ މި ދަނޑިވަޅުގައި އެ ޤައުމުގެ އިޤްތިޞާދު އަލުން ކޮޅަށް ޖެހުމަށް ފުދޭ ވަރުގެ ފިޔަވަޅުތަކެއް ނޫން ކަމަށް ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ ފާހަގަ ކޮށްފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
