
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ޣައްޒާއަށް ވެއްދުމަށް ޔަހޫދީންގެ ނިރުބަވެރި ދަޢުލަތުން ޖާގަ ދިން އެހީ ނުފުދޭ ކަމަށް ބުނެ، ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ޤަތުލުޢާންމު ހުއްޓައިލުމަށް އިންކާރު ކުރަމުންދާ ނަމަ ޔަހޫދީންނާ ދެކޮޅަށް ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ފަރަންސޭސިވިލާތުން ދީފިއެވެ. ބައިނަލްއަޤްވާމީ ފިއްތުންތައް ބޮޑުވުމާ ގުޅިގެން މޭ 19ވަނަ ދުވަހު ޔަހޫދީ ފައުޖުން ވަނީ ޣައްޒާއަށް ފަސް ލޮރީގެ ކާބޯތަކެއްޗާއި ބޭސް އެތެރެ ކުރުމުގެ ފުރުޞަތު ދީފައެވެ. މިއީ، ނިމަކެތިކޮށް ހައިހޫނުގައި ޖައްސާފައިވާ ޣައްޒާގެ 2.3 މިލިޔަން ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެއްޗާއި އެހީގެ ތެރެއިން ވަރަށް ކުޑަ މިންވަރެކެވެ.
އެހީ ވެއްދުމުގެ ފުރުޞަތު ކޮންމެވެސް މިންވަރަކަށް ދިނުމަށްފަހު، ޔަހޫދީންގެ ނިރުބަވެރި ސިފައިން ވަނީ ޣައްޒާއަށް ދެމުންދާ ލާއިންސާނީ ޢުދުވާނުތައް ވަރުގަދަކޮށްފައެވެ. އެގޮތުން، ފާއިތުވި ތިން ދުވަހުގެ ތެރޭގައި އެކަނިވެސް، 180 އެއްހާ މީހުން ޝަހީދުކޮށްލާފައިވާކަމަށް ޣައްޒާގެ ސިއްޙީ ވުޒާރާއިން ވަނީ ބުނެފައެވެ. ފަރަންސޭސިވިލާތުގެ ޚާރިޖީ ވަޒީރު ޖޯން ނޮއެލް ބަރޯ، ފްރާންސް އިންޓަރ ރޭޑިޔޯއަށް ވިދާޅުވީ، އެއްވެސް ބެލުމެއް ނެތި ޔަހޫދިންގެ ދަޢުލަތުން ޣައްޒާއަށް ދެމުންދާ ލާއިންސާނީ ޙަމަލާތަކާ އެކު އެހީ ވެއްދޭނެ މަގުތައް ބަންދުކޮށްގެން މުޅި ޣައްޒާ ހިޞާރުކޮށްފައި އޮތުމުގެ ސަބަބުން، ޣައްޒާ ސަހަރާއަކަށް ބަދަލުކޮށްލާފައިވާ ކަމަށެވެ.
ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް އެމެރިކާގެ އެއްބާރުލުމާއި އެހީތެރިކަމާ އެކު ޔަހޫދީ ފައުޖުން ޤަތުލުޢާންމެއް ހިންގަން ފަށާފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުއެވެ. އެ ޤަތުލުޢާންމުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 53,272އަށް އުފުލިފައިވާ ކަމުގައި ފަލަސްޠީނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނާއިރު، ޣައްޒާގެ މީޑިޔާ އޮފީހުން ބުނީ ޔަހޫދީ ފައުޖުގެ ޢުދުވާނީ ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 61,700އަށް އުފުލިފައިވާ ކަމުގައެވެ. އަދި، ލާއިންސާނީ ޖަރީމާތަކުގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ އަދަދު 120,673އަށް އަރައެވެ. ޣައްޒާގެ ސަރަޙައްދީ ރޮނގުތައް ކައިރީގައި ކާބޯތަކެއްޗާއި އެހީގެ ސާމާނު ބަރުކޮށްފައިވާ 9,000އެއްހާ ލޮރީ މި ވަގުތު ވެސް ތާށިވެފައި އޮތް ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ވަނީ ބުނެފައެވެ. ބަރޯ ވިދާޅުވީ، ޣައްޒާއަށް ވެއްދުމަށް ޖާގަ ދިން އެހީގެ މިންވަރުން އެތަނުގައި ހާލުގައި ޖެހިފައި ތިބި މީހުންނަށް ނުފުދޭ ކަމަށާއި، ޣައްޒާގެ ރައްޔިތުންގެ ނިކަމެތިކަން ނުފެންނަ ކަމަށް ހަދައިގެން ތިބެވެން ނެތް ކަމަށެވެ.
އެއާ އެކު އޭނާ ވަނީ، އެއްވެސް ހުރަހެއްނެތި ޣައްޒާއަށް އެހީ ވެއްދުމުގެ ފުރުޞަތު ދީ، ޔަހޫދީން ދެމުންދާ ލާއިންސާނީ ޢުދުވާނުތައް ވަގުތުން ހުއްޓައިލުމަށް ގޮވާލައްވައިފައެވެ. ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ޤަތުލުޢާންމު ހުއްޓައިލުމަށް އިންކާރު ކުރަމުންދާ ނަމަ ޔަހޫދީންނާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް ބުނެ ފަރަންސޭސިވިލާތުގެ އިތުރުން، އިނގިރޭސިވިލާތާއި، ކެނެޑާއިން ވަނީ އިންޒާރުދީފަ އެވެ. އެ ތިން ޤައުމުން ބުނީ، ޢުދުވާން ފުޅާ ކުރުން ހުއްޓައިލުމަށާއި، ޣައްޒާގެ ފުރަބަންދު އުވައިލުމަށް ޒަޔަނިސްޓު އިސްރާއީލުން ދެކޮޅު ހަދާ ނަމަ، އެ ޤައުމާ ދެކޮޅަށް ފިޔަވަޅުތައް އަޅާނެ ކަމުގައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
