
(ފޮޓޯ ކްރެޑިޓްސް: ކުޅިވަރާބެހޭ ވަޒީރު)
ކުޅިވަރު އެސޯސިއޭޝަންތަކަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ދޭތެރެ ދޭތެރެއިން އަންނަ ހިތްހަމަނުޖެހުންތައް ކަމަށާއި، އެކަމާ ގުޅިގެން ސަސްޕެންޝަނަކަށް ދާންޖެހުން ފަދަ ކަންކަމަކީ އެސޯސިއޭޝަނަކަށް ދިމާވާނެ އެންމެ ހިތްދަތިކަން ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ. ކުޅިވަރު ވަޒީރު ވިދާޅުވީ އެސޯސިއޭޝަންތަކަށް ދިމާވާ މައްސަލަތަކުގެ ސަބަބުން ނޯމަލައިޒްކުރަން ޖެހުނަސް ނުވަތަ ސަސްޕެންޑް ކުރަން ޖެހުނަސް މިއީ އެ އެސޯސިއޭޝަނަކަށް އަދި ކުޅިވަރަށްވެސް ދިމާވާނެ އެންމެ ހިތްދަތިކަން ކަމަށެވެ.
“މިކަން ރަނގަޅުކުރުމަށްޓަކާ މި ޤާނޫނުގެ ދަށުން ފުށު ނާރާ ގޮތަށް ޤަވާއިދުތައްވެސް ހެދިގެން އެއާއި އެއްގޮތަށް އަޅުގަނޑުމެންގެ އެސޯސިއޭޝަންތައް ހިންގުން ހަރުދަނާ ކުރެވެން މި އަންނަނީ” ވަޒީރު ރާފިޢު ވިދާޅުވިއެވެ. ކުޅިވަރު ވަޒީރުގެ ވާހަކަފުޅުގައި އިޝާރާތް ކުރައްވާފައިވަނީ ރާއްޖޭގެ ބެޓްމިންޓަން އެސޯސިއޭޝަނަށް ހިންގާ ކޮމިޓީއެއް އެކުލަވާނުލެވި ދެބަސްވުންތަކެއްގެ ތެރޭގައި ވަނިކޮށް ބެޑްމިންޓަންގެ ދުނިޔޭގެ މައި އިދާރާއިން މިދިޔަ ހުކުރު ދުވަހު ރާއްޖެ ސަސްޕެންޑްކޮށްފައިއޮތް މައްސަލައަށެވެ. ވަޒީރު ވިދާޅުވީ އެސޯސިއޭޝަންތަކަށް ދިރުން ލިބެން އަންނަނީ ހިންގުމުގެ ތެރެއަށް ބަދަލުތަކެއް ގެނެސްގެން އެސޯސިއޭޝަންތަކުގެ ހިންގުން އިތުރަށް ހަރުދަނާ ކޮށްގެންކަމަށެވެ. “އެހެންނޫނީ ވަރަށް ބޮޑު އެފަޓެއް ލައިގެން އެސޯސިއޭޝަނެއް ވަކި ލެވެލަކަށް ގެންގޮސްސަ ހުއްޓާ ހިންގުން ދަށްވީމަ އެސޯސިއޭޝަން މިދަނީ ހަމަ އެއް ދުވަހުން އަނެއް ދުވަހުން ދަށަށް. އެކަމު އެހެން ނުވާނެ ގޮތަކަށް މެކޭނިޒަމް” ރާވަން ޖެހޭކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
އަދި ރައްޔިތުންގެ މަޖިލީހުން ކުޅިވަރު ޤާނޫނަށް ގެނެސްފައިވާ އިސްލާހުތަކާއެކު އާ ޤާނޫނުގެ ދަށުން ޤަވާއިދުތައް ހެދިގެން ޤާނޫނުގެ ތެރެއިން އުސޫލުތައް ހެދިގެން އެއަށް އަމަލުކުރެވޭ ހިސާބުން މިކަންތައް އިރާދަކުރެއްވިއްޔާ ހައްލުވާނެ ކަމަށް އުންމީދު ކުރައްވާ ވަޒީރު ވިދާޅުވިއެވެ. މިވަގުތު ރާއްޖޭގައި ކުޅިވަރުގެ ބައެއް އިދާރާތަކުގެ ހިންގުމުގައި ހުރި މައްސަލަތަކުގެ ސަބަބުން ބައެއް ކުޅިވަރުތަކަށް އަންނަނީ އޭގެ ނޭދެވޭ އަސަރު ކުރަމުންނެވެ. އޭގެތެރޭގައި ބެޑްމިންޓަން އެސޯސިއޭޝަނަށް ދީފައިވާ ޤާނޫނީ ހައިސިއްޔަތު ވަގުތީގޮތުން އުވާލާފައި އޮތް އޮތުން ފާހަގަ ކުރެއެވެ. އަދި އެ އެސޯސިއޭޝަން އަލުން އިޔާދަކުރުމަށް ކޮމިޝަނަރ އޮފް ސްޕޯޓްސްގެ އޮފީހުން މަސައްކަތްކުރަމުންދަނިކޮށް ރާއްޖެ ސަސްޕެންޑް ކުރުމަކީ ރާއްޖޭގެ ބެޑްމިންޓަން ކޮމިއުނިޓީއަށް ލިބިގެންދާ އިތުރު ދެރައެކެވެ.
މީގެ އިތުރުން ދިވެހިންގެ ޤައުމީ ކުޅިވަރުގެ ގޮތުގައި ޒަމާންތަކެއް ކުރިން ބެލެވުނު ފުޓްބޯޅައިގެ ހާލަތުވެސް ރާއްޖޭގައި ދަށަށް ދިޔައީ ފުޓްބޯޅަ އެސޯސިއޭޝަނުގެ ހިންގުން ބޮއްސުންލައިގެން ދިއުމާއި ގުޅިގެންނެވެ. އަދި ކޮރަޕްޝަނާއި ބޮޑެތި މައްސަލަތައް ފެންމަތިވެ އެ އިދާރާވެސް ވަނީ ދެ ފަހަރެއްގެ މަތިން ނޯމަލައިޒްކޮށްފައެވެ. އެހެންނަމަވެސް އަދިވެސް އެފްއޭއެމްގެ އިންތިހާބު ބާއްވާ އާ ހިންގާ ކޮމިޓީއެއް އެ އެސޯސިއޭޝަނަށްވެސް އެކުލަވާލެވޭ ގޮތެއް ނުވެއެވެ. ސަރުކާރުން ކުޅިވަރު ޤާނޫނަށް މިހާރު ގެނެސްފައިވާ އިސްލާހުގެ ދަށުން މީގެ ފަހުން ރާއްޖޭގައި ހިންގާ ހުރިހާ ކުޅިވަރު ޖަމްއިއްޔާތަކާއި ޤައުމީ އެސޯސިއޭޝަންތައް ރަޖިސްޓްރީކުރުމާއި އުވާލުމުގެ ކަންކަން ކުރިޔަށް ގެންދާނީ ސްޕޯޓްސް ކޮމިޝަނަރގެ އޮފީހުގެ ބެލުމުގެ ދަށުންނެވެ. އަދި އެސޯސިއޭޝަންތަކުގެ ހިންގުމުގެ ނިޒާމުގައި ހުރި މައްސަލަތައް ހައްލުކުރުމާއި ބަރާބަރަށް ޤަވައިދުތަކަށް ފެތިގެން އެސޯސިއޭޝަންތައް ހިންގާތޯ ބަލާ އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ ބާރުވެސް ސްޕޯޓްސް ކޮމިޝަނަރުގެ އޮފީހަށް އޮންނާނެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
