
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
މުލީ އެއަރޕޯޓާއެކު މުޅި މުލަކަތޮޅުގެ ތަރައްގީއަށް ކުރިއެރުން ލިބިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މުލީ އެއަރޕޯޓް ރަސްމީކޮށް ހުޅުވައިދެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މުލީ އެއަރޕޯޓުގެ ސަބަބުން އެރަށާއި މުޅި އަތޮޅަށްވެސް ކުރިއެރުމާއި ތަރައްގީގެ ރޮނގުން ގިނަ ކުރިއެރުންތަކެއްް ލިބޭނެކަމަށެވެ. އެގޮތުން، އެއަރޕޯޓް ވާނީ އެކި ދާއިރާތަކުން ކުރިއެރުންތައް ހޯދުމުގެ ދޮރާއްޓަކަށް ކަމަށާއި އެ ރަށުގެ ފަތުުވެރިކަމަށް ފަޅުތެރެއިން އިންވެސްޓްމަންޓް ފުރުސަތުތައް ހޯދައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެކަމަށް އެންމެ މުހިންމީ އެއަޕޯޓުކަމަށާއި، ޓޫރިޒަމް މިނިސްޓްރީން ރައްޔިތުން އެދޭގޮތަށް އެ މަސައްކަތް ކުރިއަށްގެންގޮސް ވައުދު ފުއްދައިދޭނަކަމަށާއި، އަތޮޅުގެ ތަރައްގީއަށް ކުރިއަށްއޮތްތަނުގައި ގިނަ ކުރިއެރުންތައް އަންނާނެކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މުލީގެ ތަރައްގީއަށް ކުރިއަށްގެންދަން ނިންމަވާފައިވާ މަޝްރޫއުތަކުގެ ތެރެއިން އެ ރަށުގެ މަގު ހެދުމުގެ މަޝްރޫއާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން ފައްޓަވާނެ ކަމަށެވެ. އަދި އެ ރަށުގައި ހުންނަ ރީޖަނަލް ހޮސްޕިޓަކުގެ އައު އިމާރާތުގެ އަމަލީ މަސައްކަތްވެސް ފަށަން ތައްޔާރުވެފައިވާ ކަމަށާއި ޚިދުމަތްތައް އިތުރުކޮށްދެއްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
“އަޅުގަނޑުގެ ވަރަށް ބޮޑު އުއްމީދެއް އެބައޮތް. ރައްޔިތުން ބޭނުންވާ ކަންތައްތައް ހަމަޖެހިގެންދާން ސިއްޙީ ދާއިރާއިން. ވަރަށް ވަރަށް މުހިންމު މަޝްރޫއެއް އެއީ. އެހެންވީމަ އަޅުގަނޑުމެން ވާނީ މިދިޔަ އޭޕްރިލް މަހު އެ އިމާރާތް (ހޮސްޕިޓަލްގެ އައު އިމާރާތް) އެޅުމަށް ސޮއިކޮށްފައި. އަދި އިތުރު ޚިދުމަތްތައް އިތުރުކުރުމުގެ މަސައްކަތްވެސް، ޑަޔަލިސިސް ޚިދުމަތާއި މިފަދަ ކަންތަކަށް މުވައްޒަފުން ހޯދުމާއި މިފަދަ ގިނަ ކަންކަމުގައި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެން” ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ 57 ރަށުގައި ކުރިއަށްގެންދާ ހައުސިން މަޝްރޫއުތަކުގެ ތެރެއިން މުލީގައި 300 ހައުސިން ޔުނިޓް އަޅުއްވާނެ ކަމަށެ. އެ މަޝްރޫއު ވެގެންދާނީ ރަށުގެ ރައްޔިތުންގެ އުއްމީދުތަކުގައި ކުލަޖެހިގެންދާނެ މަޝްރޫއަކަށް ކަމަށާއި އެއަރޕޯޓުތައް ހަދައި ބިން ހިއްކާ ރަށްތަކަކީ ސަރަހައްދީ ތަރައްގީގައި މުހިންމު ރަށްތަކެއް ކަމަށް ރައީސް ވިދާޅުވިއެވެ. ނާލާފުއްޓާއި މުއްޔާ ގުޅުވާލުމަކީ އެމަނިކުފާނުގެ ވައުދެއްކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެ މަސައްކަތަކީ އިޤްތިސާދީ މަސައްކަތެއް ކަމަށެވެ. ދެ ރަށް އެއްފަސް ކުރެވުމުން ދެ ރަށުގެ ރައްޔިތުންނަށްވެސް ފައިދާވާނެ ކަމަށާއި މަޝްރޫއުގެ މުއްދަތަށްވުރެ ކުރިން މަސައްކަތް ނިންމާލެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ. އަދި ނާލާފުށީގެ ބިން ހިއްކައި ބަނދަރު ބޮޑުކުރުމުގެ މަސައްކަތް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން ކުރިއަށްގެންދަވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ޖުމްލަކޮށް ހުރިހާ ރަށަކަށްވެސް އެމަނިކުފާނު ވެވަޑައިގެންފައިވާ ވަޢުދުފުޅުތައް ފުއްދަވާނެ ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ހަރުދަނާ ސިޔާސަތުތަކެއްގެ ތެރެއިން ދަރަނިތައް ދެއްކުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ދަރަނިތައް ދެއްކުމަށެވެ. އެގޮތުން، ރާއްޖެ ބަނގުރޫޓުވެދާނެ ކަމަށް...
ހަމަލާ ދިނީ ސަރުކާރުންނޭ މޭޔަރު ވިދާޅުވި ވާހަކައަކީ ވަރަށް ދަށުދަރަޖައިގެ އިތުރުފުޅެއް: މުންދު
މާލޭގެ މޭޔަރު އާދަމް އާޒިމަށް މުޒާހަރާއެއްގެ ތެރެއިން ބަޔަކު ހަމަލާދިނީ ސަރުކާރުން ރާވައިގެން ކަމަށް އޭނާ ކުރެއްވި ތުހުމަތުތައް ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު...
މީހަކު އާޒިމް ކޮށްޕާލުން: ތަހުގީގަކާ ނުލައި އާޒިމް ނިންމީ އެއީ ސަރުކާރުން ރާވައިގެން ދިން ހަމަލާއެއް ކަމަށް!
މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ބައިވެރިވެވަޑައިގެންނެވި މުޒާހަރާއެއްގެ ތެރެއިން މީހަކު އޭނާއަށް ދިން ހަމަލާއަކީ ސަރުކާރުން ރާވައިގެން ކުރި ކަމެއް ކަމަށް އާޒިމް...
ފުރަތަމަ ކުއާޓަރުގައި ބީއެމްއެލްއިން ބޭރަށް 1.04 ބިލިޔަން ޑޮލަރު ފޮނުވި
މިއަހަރުގެ ފުރަތަމަ ކުއާޓަރގައި ރާއްޖެއިން ބޭރަށް 1.04 ބިލިޔަން ޑޮލަރު ފޮނުވާފައިވާ ކަމަށް ބޭންކް އޮފް މޯލްޑިވްސްއިން ވަނީ ހާމަކޮށްފައެވެ. މި މުއްދަތުގައި ރާއްޖެއަށް...
ބަންކަރިން ޚިދުމަތާއެކު އެސްޓީއޯގެ ވިޔަފާރިއަށްވެސް ކުރިއެރުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އެސްޓީއޯގެ މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ ރިޕޯޓުން ދައްކާގޮތުގައި، އެކުންފުނީގެ އާމްދަނީއަށް ލިބުނު ބޮޑު ކުރިއެރުމުގެ މައިގަނޑު ސަބަބަކީ ތެލުގެ...
ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީގެ ޕްރައިމަރީގެ ވޯޓުލުން ކުރިއަށް
(ފޮޓޯ ކްރެޑިޓްސް: މިހާރު) ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ޕީއެންސީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީގެ ވޯޓުލުން...
