
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
މުލީ އެއަރޕޯޓާއެކު އިޤުތިޞާދީ ގޮތުން ގިނަ ދޮރުތަކެއް ހުޅުވި މުލަކަތޮޅަށް ފާގަތިކަން ލިބޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. މަސައްކަތް ފެށިތާ 11 އަހަރަށްފަހު މުލަކަތޮޅު މުލީ އެއަރޕޯޓު ހުޅުވާއިދެއްވާފައި މިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. އެއަރޕޯޓު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މުލިވެސް ހިމެނޭ ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް ވިދާޅުވީ ވެރިކަން ބަދަލުވިއިރު، ހުޓިފައިއޮތް އެއަރޕޯޓުގެ މަސައްކަތް އަލުން ފެށުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި އަހަންމިއްޔަތުކަން މިއަދު ފާހަގަކުރަންޖެހޭ ކަމަށެވެ. އެ ގޮތުން އެއަރޕޯޓަށް ބޭނުންވާ ވަޞީލަތްތައް ހޯދުމުގައި ދިމާވި ދަތިތައް ހައްލުކޮށްދެއްވުމަށް ރައީސް ގިނަ މަސައްކަތްތަކެއް ކުރެއްވިކަން ނާޒިމް ފާހަގަކުރެއްވިއެވެ.
ނާޒިމް ވިދާޅުވީ މ. އަތޮޅުގައި އެއަރޕޯޓެއް ނެތުމުން ދަތުރުފަތުރުގެ ދާއިރާއިން އަތޮޅުގެ ރައްޔިތުންނަށް ދަތިތަކެއް ކުރިމަތިވެފައިވީ ނަމަވެސް އެއަރޕޯޓާއެކު އިތުރު ފަސޭހަތައްލިބި، އިޤުތިޞާދީ ގޮތުންވެސް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެކަމަށް ނާޒިމް ވިދާޅުވިއެވެ. “މީހަކު ބަލިވެގެން އިތުރު ފަރުވާއަށް މާލެ ގެންދަންޖެހިއްޖެނަމަ ޖެހެނީ ލޯންޗުގައި ގެންދަން. އެހެންވީމަ އެކަމަށްވެސް ލުޔެއް ލިބޭނެ އެއަރޕޯޓާއެކީ. ދެން މި އަތޮޅުގައި މިހާރު އެއް ފަޅެއްގައި އެބައޮވޭ މިތާ ކައިރީ 2 ރިސޯޓު. އަދިވެސް އެއް ރިސޯޓު ތަރައްޤީކުރަމުންދަނީ. އެހެންވީމަ އިޤުތިޞާދީ ގޮތުންވެސް ގިނަ ދޮރުތަކެއް ހުޅުވިގެންދާނެ” ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ އެއަރޕޯޓުގެ އިތުރުންވެސް މި ސަރަހައްދުގައި ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއްގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި ރައީސް މުޢިއްޒުގެ މި 5 އަހަރުގެ ތެރޭގައި މ. އަތޮޅަށް ބޮޑެތި ކުރިއެރުންތަކެއް އަންނާނެކަމަށް އުންމީދުކުރައްވާކަމަށް މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު ވިދާޅުވިއެވެ. މުލީ އެއަރޕޯޓުގެ މަސައްކަތް ފެށީ 2014 ވަނަ އަހަރުއެވެ. މި މަޝްރޫޢަށް ދައުލަތުން 200 މިލިޔަނަށްވުރެ ގިނަ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.
About Post Author
މާދަމާ ނިއުސް
މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަނލުން ބައިވެރިވެވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނާއި ދައުލަތުގެ...
އިނގިރޭސި ޙިމާޔަތަށް ރާއްޖެ ދާންޖެހުނު ސަބަބުތައް ކޮންމެ ދިވެއްސަކަށް އެނގެންޖެހޭ
ދިވެހިރާއްޖޭގެ މިނިވަން ދުވަހަކީ ކޮންމެ ދިވެއްސަކު އިބުރަތް ލިބިގަންނަންޖެހޭ މުހިއްމު ދުވަހެކެވެ. ރާއްޖެ އިނގިރޭސީންގެ ހިމާޔަތުގެ ދަށަށް ދާން މެދުވެރިވީ ދާޚިލީ ފިތުނަވެރިކަމާއި، އިޤްތިޞާދީ...
ސޮވެރިން ފަންޑަށް ޖަމާކުރި ފައިސާގެ އަދަދު 1.2 ބިލިޔަނަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ސޮވެރިންގ ޑިވެލޮޕްމެންޓް ފަންޑަށް (އެސްޑީއެފް)...
ބުލީކުރުމާއި ދެކޮޅަށް އެކުލަވާލާ ޤާނޫނަށް ބޭރުގެ ލަފާދަނީ ހޯދަމުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ބުލީކުރުން ހުއްޓުވުމަށްޓަކައި "އެންޓި ބުލީ ޤާނޫނު" އެކުލަވާލުމުގެ މަސައްކަތް ބޭރުގެ ލަފަޔާއި ފަންނީ ބޭފުޅުންގެ މަޝްވަރާއާއެކު ސަރުކާރުން ދަނީ...
“ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިމޭނެ ކަމަށް...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދެވުމަކީ ހެޔޮވެރިކަމުގެ ސިފައެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އިޤުތިސާދީ ގޮންޖެހުންތަކާއެކުވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހެޔޮ ވެރިކަމެއް ކުރާކަމުގެ ހެއްކެއްކަމަށް ނައިބު...
