
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
މުލަކަތޮޅު މުލީގެ ބިންހިއްކުމާއި އެއަރޕޯޓް ތައްޤީކުރުމަށް ސަރުކާރުން 500 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރިކަމަށާއި ސަރުކާރުން ކުރި އެބޮޑު އިންވެސްޓްމަންޓް ރައްޔިތުން ބަލައިގަނެ، އަތޮޅަށް ތަރައްޤީ ގެނައުމަށް ގުޅިގެން މަސައްކަތްކުރުމަށް އިމާރާތްކުރުމާ ގެދޮރުވެރިކަމާ ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް އެދިވަޑައިގެންފިއެވެ. ވަޒީރު މިކަމަށް އެދިވަޑައިގަތީ މުލަކަތޮޅު މުލީ އެއަރޕޯޓްގެ ޚިދުމަތް އިފްތިތާޙުކުރުމަށް ބޭއްވި ރަސައްމިޔާތުގައި ވާހަކަދައްކަވަމުންނެވެ.
ވަޒީރު ޑރ. މުއްޠަލިބް ވިދާޅުވީ އެއަރޕޯޓް މަޝްރޫޢުއަށް ފަހިވާގޮތަށް މުލީގެ ބިން ހިއްކަން ފެއްޓެވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހައުސިންގ މިނިސްޓަރުކަމުގެ މަޤާމުގައި ހުންނަވައިގެން 2014ވަނަ އަހަރުކަމަށެވެ. 11 އަހަރު ފަހުން މުލީ އެއަރޕޯޓުން ކޮމާޝަލް ދަތުރުތައް ފެށުމަށް ހުއްދަ ލިބި، އަތޮޅުގެ ރައްޔިތުންގެ ހުވަފެން ޙަޤީގަތަކަށް ވެގެން އައުމަކީ ވަރަށް ގިނަ ބައެއްގެ ބުރަ މަސައްކަތްކަން ވަޒީު ފާހަގަކުރެއްވިއެވެ.
“މަޤާމާ ހަވާލުވިފަހުން އެންމެ އިސްކަމެއް ދީގެން ނިންމަން ރައީސް އެދިވަޑައިގެންނެވި އެއް މަޝްރޫޢުއަކީ މުލި އެއަރޕޯޓް މަސައްކަތް. މަސައްކަތް އޮތީ ވަރަށް ބޮޑަށް ހުއްޓިފައި އޭރު. އެޕްރޫވް ނުވެ ހުރި ވަރަށް ގިނަ ވޭރިއޭޝަންތައް ހުރި. ރައީސްގެ އެންގެވުމާ އެއްގޮތަށް ކުރި ވަރަށް ބޮޑު މަސައްކަތެއް މިއީ. އެމްޓީސީސީން ވަރަށް ބުރަ މަސައްކަތެއް ކުރީ. 18 މަހުން މަސައްކަތްތައް ނިންމާ މިއަދު އެއަރޕޯޓް ހުޅުވިގެން މިދަނީ” ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބް ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ވަޒީރު ވިދާޅުވީ މީމު އަތޮޅަކީ އާބާދީ ކުޑަ ނަމަވެސް ގުދުރަތީގޮތުން މުއްސަނދި، ފަތުރުވެރިކަމަށް ތަރައްޤީކުރުމަށް ފުރުޞަތުއޮތް އަތޮޅެއްކަމަށެވެ. އެއަރޕޯޓް މަޝްރޫޢުވެގެންދަނީ ފަތުރުވެރިކަމުގެ އެތަށް އިންވެސްޓްމަންޓަކަށް މަގުފަހިވާނެ ދޮރޯއްޓެއްކަމަށާއި، އިޤްތިޞާދީ ނަފާވެރިކަމަށް މުހިންމު ބިނާރެއްކަމަށް ވިދާޅުވިއެވެ. “2014ވަނަ އަހަރު ފެށި ބިން ހިއްކުމުގެ މަސައްކަތް ހިމެނޭހެން 540 މިލިއަން ރުފިޔާ ސަރުކާރުން މި މަޝްރޫޢުއަށް ޚަރަދުކޮށްފި. އެއީ އާބާދީގެ ނިސްބަތުން ބޮލަކަށް ލައްކައަކަށްވުރެ ގިނަ ރުފިޔާ ޖެހޭ. ސަރުކާރުން މި ކުރި ބޮޑު އިންވެސްޓްމަންޓް ބަލައިގަނެ، އަތޮޅަށް ތަރައްޤީގެނައުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމަށް އެދެން.” ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބް ވިދާޅުވިއެވެ.
މުލަކަތޮޅަކީ ރަށު ފަތުރުވެރިކަން ފުޅާކުރުމުގެ އެތަށް ފުރުޞަތެއްވެސް ފަހިކުރެވޭނެ އަތޮޅެއްކަން ފާހަގަކުރައްވަމުން ވަޒީރު ވަނީ އަބާދީ އެއްފަސްކުރުމުގެ ނަމުގައި އަތޮޅު ދޫކޮށް ނުދިއުމަށް އެއަތޮޅުގެ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ. އަދި އޭގެބަދަލުގައި އަތޮޅުގެ ބޮޑެތި ރަށްތަކުގައި އާބާދީގެ ތަރައްޤީ ގެނައުމަށް މަސައްކަތްކުރުމަށް އިސްކަންދޭންޖެހޭކަމަށް ވިދާޅުވިއެވެ. މިއީ ތަރައްޤީ ގެނެވޭނެ ގުދުރަތީ ވަސީލަތްތައް ހުރި އަތޮޅަކަށް ވުމާއެކު، އަތޮޅުގެ ރައްޔިތުން އަތޮޅުގައި އާބާދީ ތަރައްޤީ އެއްފަސްކޮށްގެން ތަރައްޤީއަށް މަސައްކަތްކުރުމަށް ވަޒީރު ޑރ.މުއްޠަލިބު އެދިވަޑައިގެންނެވިއެވެ.
About Post Author
މާދަމާ ނިއުސް
މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަނލުން ބައިވެރިވެވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނާއި ދައުލަތުގެ...
އިނގިރޭސި ޙިމާޔަތަށް ރާއްޖެ ދާންޖެހުނު ސަބަބުތައް ކޮންމެ ދިވެއްސަކަށް އެނގެންޖެހޭ
ދިވެހިރާއްޖޭގެ މިނިވަން ދުވަހަކީ ކޮންމެ ދިވެއްސަކު އިބުރަތް ލިބިގަންނަންޖެހޭ މުހިއްމު ދުވަހެކެވެ. ރާއްޖެ އިނގިރޭސީންގެ ހިމާޔަތުގެ ދަށަށް ދާން މެދުވެރިވީ ދާޚިލީ ފިތުނަވެރިކަމާއި، އިޤްތިޞާދީ...
ސޮވެރިން ފަންޑަށް ޖަމާކުރި ފައިސާގެ އަދަދު 1.2 ބިލިޔަނަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ސޮވެރިންގ ޑިވެލޮޕްމެންޓް ފަންޑަށް (އެސްޑީއެފް)...
ބުލީކުރުމާއި ދެކޮޅަށް އެކުލަވާލާ ޤާނޫނަށް ބޭރުގެ ލަފާދަނީ ހޯދަމުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ބުލީކުރުން ހުއްޓުވުމަށްޓަކައި "އެންޓި ބުލީ ޤާނޫނު" އެކުލަވާލުމުގެ މަސައްކަތް ބޭރުގެ ލަފަޔާއި ފަންނީ ބޭފުޅުންގެ މަޝްވަރާއާއެކު ސަރުކާރުން ދަނީ...
“ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިމޭނެ ކަމަށް...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދެވުމަކީ ހެޔޮވެރިކަމުގެ ސިފައެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އިޤުތިސާދީ ގޮންޖެހުންތަކާއެކުވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހެޔޮ ވެރިކަމެއް ކުރާކަމުގެ ހެއްކެއްކަމަށް ނައިބު...
