
ރާއްޖެ އުފެދިފައި އޮތް ގޮތާ، އެކި އަތޮޅުތަކުގެ އާބާދީގެ ނިސްބަތާ އަދި އެކި ހިސާބުތަކުގެ ރައްޔިތުންނަށް ބޭނުންވާ ހާޖަތްތައް ތަފާތެވެ. އެ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައްވެސް ތަފާތެވެ. މީހުން ދިރިއުޅޭ 8 ރަށުގެ މައްޗަށް އެކުލެވޭ މުލަކަތޮޅަކީ، މާލެއިން ފުރައިގެން ހައި ސްޕީޑް ލޯންޗެއްގައި ދުއްވާފައި ގާތްގަނޑަކަށް 2:30 ނުވަތަ 3 ގަޑިއިރުގެ ދަތުރެއް ކޮށްގެން ދެވޭހާ ދުރުމިނުގެ އަތޮޅެކެވެ. މޫސުން ގޯސް ދުވަސްވަރު މި ދަތުރުގެ ވަގުތު މިއަށްވުރެ އެތަށް ގުނައެއް ދިގުވެގެން ހިނގައިދާނެއެވެ. މާބޮޑަށް ކަނޑު ގަދަވެ މޫސުން ގޯސްވެއްޖެނަމަ ދަތުރުފަތުރުގެ އަސާސީ ޚިދުމަތުން އެ 8 ރަށުގެ ރައްޔިތުން މަހުރޫމުވެއެވެ.
7،400 މީހުންގެ އާބާދީއެއް އޮތް މުލަކައަަތޮޅުގެ ރައްޔިތުން މިވަގުތު އެންމެ ބޭނުންވެފައި އޮތް އަސާސީ ޚިދުމަތަކީ، ބަރޯސާވެވޭފަދަ ރަނގަޅު ދަތުރުފަތުރުގެ ނިޒާމެކެވެ. މުލަކަތޮޅު ހިމެނެނީ ދިވެހިރާއްޖޭގައި ވައިގެ ދަތުރުފަތުރުގެ ޚިދުމަތް ޤާއިމުވެފައި ނެތް މަދު އަތޮޅުތަކުގެ ތެރެއިން އެއް އަތޮޅަށެވެ. އެ އަތޮޅުގައި ކަނޑު ދަތުރުގެ ޚިދުމަތް މިހާރު ދެނީ، އަމިއްލަ ފަރާތަކުން ފޯރުކޮށްދޭ ލޯންޗު ފެރީގެ ޚިދުމަތަކުން އެކަންޏެވެ. ވައިގެ މަގުން ދަތުރުކުރުމުގެ އިޚްތިޔާރުން އެ އަތޮޅުގެ ރައްޔިތުން ތިބީ މަޚުރޫމުވެފައެވެ.
އެއް ރަށުން އަނެއް ރަށަށް ޖައްސަމުން ހޭދަކުރާ 3-4 ގަޑިއިރުގެ ކަނޑު ދަތުރަކީ، ސިއްހީގޮތުންވެސް ބޮޑު ތަކުލީފަކަށްވާ އެތަށް ރައްޔިތުންނެއް އެބަތިއްބެވެ. ދާންމަތިވެފަވާ ބަލި މީހާވެސް އިތުރު ފަރުވާއަށް މާލެ ގެނައުމަށް އުފުލެން އޮތީ ހަމަ މިގޮތަށެވެ. “މުލަކަތޮޅުގައި އެއަރޕޯޓެއް ތަރައްޤީވުމުގެ ހުވަފެނަކީ ރަށުގެ ރައްޔިތުންގެ 20-30 އަހަރުގެ އުއްމީދެއް. ދަތުފަރުގެ ތަކުލީފު ވަރަށް ބޮޑު. އެތަށް ގަޑިއިރުގެ ދަތުރެއްކުރާއިރު، އުމުރުން ދުވަސްވީ މީހުންނަށް ކުޑަކުދިންނަށް ޚާއްސަކޮށް އޭގެ ދަތިކަން ވަރަށް ބޮޑު.” މުލީގެ ރައްޔިތުން ފާހަގަކުރެއެވެ.

މުލަކަތޮޅުގައި އެއަރޕޯޓް މަޝްރޫޢު ހިންގުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީއާ ހަވާލުކުރީ 2021ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުއެވެ. އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް ގެންދިޔައީ 2015 ވަނަ އަހަރު އެރަށުން ހިއްކި 40 ހެކްޓަރުގެ ބިމުން ބަޔަކާ އަދި އިތުރަށް ހިއްކި 14 ހެކްޓަރުގެ ބިން ހިމެނޭގޮތަށެވެ. އެއަރޕޯޓްގެ މަސައްކަތް އެއް އަހަރުން ނިންމަން ހަވާލުކުރިނަމަވެސް، މަސައްކަތްތައް ލަސްވެ ދިގުލާ، އޭގެ މަންފާ ރައްޔިތުންނަށް އޮތީ ނުލިބިއެވެ.
ނަމަވެސް އާ ސަރުކާރު ހަވާލުވެ ވޭތުވެދިޔަ 1 އަހަރު، މަޝްރޫޢުގެ ދުވެލި އަވަސްކުރިއެވެ. ނަތީޖާއެއްގެ ގޮތުން، މިދިޔަ އޭޕްރިލްމަހުގެ 25 ވަނަ ދުވަހު މުލީ އެއަރޕޯޓަށް ކާމިޔާބުކަމާއެކު ޓެސްޓް ފްލައިޓް ވަނީ ބާއްވާފައެވެ. އަދި މިއަދު މިވަނީ ރަސްމީކޮށް އެއަރޕޯޓުގެ ޚިދުމަތް ރައްޔިތުންނަށް ލިބެން ފަށާފައެވެ. ރަށުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި އެއަރޕޯޓުގެ ޚިދުމަތް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
1200 މީޓަރުގެ ރަންވޭއަކާއެކު ތަރައްޤީކޮށްފައިވާ އެއަރޕޯޓަކީ އެތެރޭގެ އުދުހުންތަކަށް ޚާއްސަ އެއަރޕޯޓެކެވެ. އެއަރޕޯޓްގެ ޕެސެންޖަރ ޓަރމިނަލްވެސް ތަރައްޤީކޮށްފައިވަނީ، ރީތި ފަރުމާއަކަށް، ޚިދުމަތްތައް ފުރިހަމަ ޓަރމިނަލެއްގެ ގޮތުގައެވެ. މި މަޝްރޫޢުއަކީ 300 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ސަރުކާރުން ކުރިއަށްދިޔަ މަޝްރޫޢެކެވެ.
އެއަރޕޯޓް މަޝްރޫޢާއެކު އިތުރު ސާޅީހަކަށް ވަޒީފާގެ ފުރުޞަތުވެސް މިވަނީ އުފެދިގެން ގޮސްފައެވެ. “އެއަރޕޯޓާއެކު ގިނަ ޒުވާނުންތަކަށް ރަށުގައި ތިބެގެން ވަޒީފާ އަދާކުރެވޭނެ ފުރުޞަތު އެބަ ލިބޭ. ޚިދުމަތްދިނުމަށް 40 އެއްހާ މުވައްޒަފުން އެބަ ނަގާ. މިއީވެސް ލިބޭ ކުރިއެރުމެއް.” ރަށުގެ ރައްޔިތުން ފާހަގަކުރެއެވެ.

އަތޮޅުގެ ރައްޔިތުންގެ އެންމެ ބޮޑު އުއްމީދެއް އޮތީ އެއަރޕޯޓާއެކު މުޅި އަތޮޅުގެ އިޤްތިޞާދަށް އަންނާނެ ކުރިއެރުމަށެވެ. 2021 ވަނަ އަހަރު އެއަރޕޯޓް މަޝްރޫޢު ފެށިއިރު، އަތޮޅުގައި ހިންގަމުން އައީ އެންމެ ރިސޯޓަކާ 5 ގެސްޓްހައުސްއެވެ. މިއީ 38 ފަޅުރަށް އޮތް މުލަކަތޮޅަށް ބަލާއިރު، ވަރަށް ކުޑަ އަދަދެކެވެ. ނަމަވެސް މިއަދު އެ އަތޮޅުގައި 3 ރިސޯޓް އަންނަނީ ހިންގަމުންނެވެ. ލޯކަލް ޓުއަރިޒަމަށް ވަންނަ ވިޔަފާރިތައް އަންނަނީ އިތުރުވަމުންނެވެ. އެއަރޕޯޓް މަޝްރޫޢޫއާއެކު، އަތޮޅުގެ ރައްޔިތުން އަތޮޅުގައި ހިފެހެއްޓި، އަތޮޅުގައި ތިބެގެން ރަނގަޅު އާމްދަނީއެއް ހޯދުމުގެ ދޮރުވެސް މިވަނީ ހުޅުވިގެން ގޮސްފައެވެ. އަދި ރަށްތަކަށް އަރާ ފައިބާ މީހުން އިތުވިވަރަކަށް ކުދި ވިޔަފާރިތަކަށް ލިބޭނެ ކުރިއެރުންތަކުގެ އިތުރުން، އިތުރު ވިޔަފާރިތައް އަތޮޅުގައި ފެށުމަށްވެސް ވަރަށް ބޮޑު ބާރަކަށްވެއެވެ.
“ގެސްޓްހައުސްތަކަށް ފަތުރުވެރިކަން ގެނައުމަށް އެބަ ފަސޭހަވޭ. ރަށްތަށް އިޝްތިހާރުވެ އާމްދަނީ އިތުރުކުރުމަށް ލިބޭ ވަރަށް ބޮޑު ފުރުޞަތެއް މިއީ. ފަރުދީ ފުދުންތެރިކަން އިތުރުވާނެ.” ރަށުގެ ރައްޔިތަކު ފާހަގަކުރިއެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ކޮންމެއަކަސް މުލަކަތޮޅުގެ ރައްޔިތުން މިއަދު ހެއްވާލައިފިއެވެ. އެތަށް އަހަރަކަށް ކުރި އުއްމީދު ހަގީގަތަކަށްވެ، އަތޮޅުގެ ރައްޔިތުންގެ ހިތްތައް ފުރާލައިފިއެވެ. ކުރިމަގުގައި ދިއްގަރު، ކޮޅުފުށި، މަޑުއްވަރި، މުލައް، މުލި، ނާލާފުށީ، ރަތްމަންދޫ އަދި ވޭވަށުގެ ރައްޔިތުންގެ ދިރިއުޅުމަށް އަންނާނެ ބޮޑު ބަދަލުގެ ތަޞައްވުރަށް ހުޅުވާލަދިން ދޮރޯއްޓަކީ އަތޮޅުގެ ރައްޔިތުން ނުހަނު އުފަލާއެކު ބަލައިގަންނަ ޚިދުމަތެކެވެ.
About Post Author
މާދަމާ ނިއުސް
ހަރުދަނާ ސިޔާސަތުތަކެއްގެ ތެރެއިން ދަރަނިތައް ދެއްކުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ދަރަނިތައް ދެއްކުމަށެވެ. އެގޮތުން، ރާއްޖެ ބަނގުރޫޓުވެދާނެ ކަމަށް...
ހަމަލާ ދިނީ ސަރުކާރުންނޭ މޭޔަރު ވިދާޅުވި ވާހަކައަކީ ވަރަށް ދަށުދަރަޖައިގެ އިތުރުފުޅެއް: މުންދު
މާލޭގެ މޭޔަރު އާދަމް އާޒިމަށް މުޒާހަރާއެއްގެ ތެރެއިން ބަޔަކު ހަމަލާދިނީ ސަރުކާރުން ރާވައިގެން ކަމަށް އޭނާ ކުރެއްވި ތުހުމަތުތައް ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު...
މީހަކު އާޒިމް ކޮށްޕާލުން: ތަހުގީގަކާ ނުލައި އާޒިމް ނިންމީ އެއީ ސަރުކާރުން ރާވައިގެން ދިން ހަމަލާއެއް ކަމަށް!
މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ބައިވެރިވެވަޑައިގެންނެވި މުޒާހަރާއެއްގެ ތެރެއިން މީހަކު އޭނާއަށް ދިން ހަމަލާއަކީ ސަރުކާރުން ރާވައިގެން ކުރި ކަމެއް ކަމަށް އާޒިމް...
ފުރަތަމަ ކުއާޓަރުގައި ބީއެމްއެލްއިން ބޭރަށް 1.04 ބިލިޔަން ޑޮލަރު ފޮނުވި
މިއަހަރުގެ ފުރަތަމަ ކުއާޓަރގައި ރާއްޖެއިން ބޭރަށް 1.04 ބިލިޔަން ޑޮލަރު ފޮނުވާފައިވާ ކަމަށް ބޭންކް އޮފް މޯލްޑިވްސްއިން ވަނީ ހާމަކޮށްފައެވެ. މި މުއްދަތުގައި ރާއްޖެއަށް...
ބަންކަރިން ޚިދުމަތާއެކު އެސްޓީއޯގެ ވިޔަފާރިއަށްވެސް ކުރިއެރުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އެސްޓީއޯގެ މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ ރިޕޯޓުން ދައްކާގޮތުގައި، އެކުންފުނީގެ އާމްދަނީއަށް ލިބުނު ބޮޑު ކުރިއެރުމުގެ މައިގަނޑު ސަބަބަކީ ތެލުގެ...
ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީގެ ޕްރައިމަރީގެ ވޯޓުލުން ކުރިއަށް
(ފޮޓޯ ކްރެޑިޓްސް: މިހާރު) ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ޕީއެންސީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީގެ ވޯޓުލުން...
