
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ރައީސް ޑރ. މުހައްމަދު މުއިއްޒު، މ. އަތޮޅުގެ ފުރަތަމަ އެއާޕޯޓް މުލީގައި މިއަދު ހުޅުއްވައިދެއްވައިފި އެވެ. ރައީސް މުއިއްޒު މުލި އެއާޕޯޓް ހުޅުއްވައިދެއްވީ މިއަދު ހެނދުނު މި ރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. މުއްޔަށް ރައީސް ވަޑައިގަތުމުން މި ރަށުގެ ރައްޔިތުން ވަނީ އެއާޕޯޓުން އެ މަނިކުފާނަށް ހޫނު މަރުހަބާއެއް ކިޔައިފަ އެވެ. މި ރަސްމިއްޔާތުގައި ރައީސްގެ ކެބިނެޓް މިނިސްޓަރުން ވެސް ބައިވެރިވެވަޑައިގަތެވެ.
ރީޖަނަލް އެއާޕޯޓްސް ކުންފުނިން ހިންގާ މުލި އެއާޕޯޓަށް ޓެސްޓު ފްލައިޓް ޖެއްސީ މިދިޔަ މަހު 25 ގަ އެވެ. މުލީ އެއާޕޯޓަކީ ރާއްޖޭގައި ހުޅުވި 19 ވަނަ އެއާޕޯޓެވެ. އަދި 14 ވަނަ ޑޮމެސްޓިކް އެއާޕޯޓެވެ.
President Dr @MMuizzu arrives in M. Muli Island to officially inaugurate the Muli Airport – a key pledge of his presidency.
Upon arrival the President and his delegation was warmly welcomed by the island’s community. pic.twitter.com/6BKIIKkA2X
— The President’s Office (@presidencymv) May 20, 2025
މިއީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން 2021 ވަނަ އަހަރު އެމްޓީސީސީއާ ހަވާލުކޮށްގެން ހެދި އެއާޕޯޓެކެވެ. އެ ކުންފުންޏާ މަސައްކަތް ހަވާލުކުރީ 212 މިލިއަން ރުފިޔާއަށެވެ. އެކަމަކު ބަޖެޓުގެ ދަތިކަމާ ހެދި އެ މަސައްކަތް ނުނިމި ދިގުލައިގެން ދިޔައީ އެވެ. ފަހުން ކުރި ހަރަދުތަކާ އެކު މުޅި ޕްރޮޖެކްޓަށް 540 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވެ އެވެ. ރީޖަނަލް އެއާޕޯޓްސް އިން ބުނެފައިވާ ގޮތުގައި، މުލި އެއާޕޯޓުގެ ކޮމާޝަލް އޮޕަރޭޝަންތައް ފެށުމަށް، ރާއްޖޭގެ އެތެރޭގެ ދަތުރުތައް ކުރާ މޯލްޑިވިއަން އާއި ވިލާ އަދި މަންތާ އެއާލައިނަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
މޯލްޑިވިއަން އިން މި މަހު ވަނީ މި އެއާޕޯޓަށް ކޮމާޝަލް ދަތުރުތައް ފަށައިފަ އެވެ. އެއީ ކޮންމެ ހޮނިހިރު ދުވަހު ބާއްވާ ފްލައިޓެކެވެ. ޓިކެޓްގެ އަގަކީ 1،377ރ. އެވެ. އަދި ޕްރޮމޯޝަނަލް ފެއާގައި 999ރ. އަށް ވަނީ ޓިކެޓް ވިއްކައިފަ އެވެ. މުލި އެއާޕޯޓު މަޝްރޫއުގެ ދަށުން ވަނީ 14 ހެކްޓަރުގެ ބިންހިއްކައި، 1،812 މީޓަރު ސަރަހައްދެއްގެ ގޮނޑުދޮށް ހިމާޔަތްކޮށްފަ އެވެ. އަދި ޕެސެންޖާ ޓާމިނަލަކާ އެކު، 1،200 މީޓަރު ދިގު އަދި 30 މީޓަރު ފުޅާ ރަންވޭއެއް ހަދާފައިވެ އެވެ.
About Post Author
މާދަމާ ނިއުސް
މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަނލުން ބައިވެރިވެވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނާއި ދައުލަތުގެ...
އިނގިރޭސި ޙިމާޔަތަށް ރާއްޖެ ދާންޖެހުނު ސަބަބުތައް ކޮންމެ ދިވެއްސަކަށް އެނގެންޖެހޭ
ދިވެހިރާއްޖޭގެ މިނިވަން ދުވަހަކީ ކޮންމެ ދިވެއްސަކު އިބުރަތް ލިބިގަންނަންޖެހޭ މުހިއްމު ދުވަހެކެވެ. ރާއްޖެ އިނގިރޭސީންގެ ހިމާޔަތުގެ ދަށަށް ދާން މެދުވެރިވީ ދާޚިލީ ފިތުނަވެރިކަމާއި، އިޤްތިޞާދީ...
ސޮވެރިން ފަންޑަށް ޖަމާކުރި ފައިސާގެ އަދަދު 1.2 ބިލިޔަނަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ސޮވެރިންގ ޑިވެލޮޕްމެންޓް ފަންޑަށް (އެސްޑީއެފް)...
ބުލީކުރުމާއި ދެކޮޅަށް އެކުލަވާލާ ޤާނޫނަށް ބޭރުގެ ލަފާދަނީ ހޯދަމުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ބުލީކުރުން ހުއްޓުވުމަށްޓަކައި "އެންޓި ބުލީ ޤާނޫނު" އެކުލަވާލުމުގެ މަސައްކަތް ބޭރުގެ ލަފަޔާއި ފަންނީ ބޭފުޅުންގެ މަޝްވަރާއާއެކު ސަރުކާރުން ދަނީ...
“ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިމޭނެ ކަމަށް...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދެވުމަކީ ހެޔޮވެރިކަމުގެ ސިފައެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އިޤުތިސާދީ ގޮންޖެހުންތަކާއެކުވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހެޔޮ ވެރިކަމެއް ކުރާކަމުގެ ހެއްކެއްކަމަށް ނައިބު...
