
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ޓެކްނޮލޮޖީގެ އިތުރަށް އުފެއްދުންތެރި އުސޫލުތަކަށް އިސްކަންދިނުން މުހިންމު ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ހުސައިން މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިހެން ވިދާޅުވީ ހަވާއީގެ ހޮނޮލޫލޫގައި ކުރިއަށްދިޔަ ބްލޫ ޕްލެނެޓް އެލަޔަންސް ފެލޯޝިޕް ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. ބްލޫ ޕްލެނެޓް އެލަޔަންސް ފެލޯޝިޕް ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގެ ހާއްސަ މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ހުސައިން މުޙައްމަދު ލަތީފް ވިދާޅުވީ ރާއްޖެފަދަ ކުދި ޖަޒީރާ ޤައުމުތަކަށް މޫސުމީ ކާރިސާތައް މިއަދު ހަގީގަތަކަށް ވެފައިވާ ކަމަށެވެ. އެހެންވެ، މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރު އެންމެ ބޮޑަށް ކުރާ ޤައުމުތަކަށް އުފެއްދުންތެރި ހައްލުތަކެއް ހޯދުމަށް މިހާރުގެ ހާލަތަށްވުރެ ކުރިއަށް ވިސްނަންޖެހޭ ކަމަށެވެ.
ނައިބު ރައީސް ވިދާޅުވީ ގޮންޖެހުންތަކާއެކުވެސް މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް ކުރާ މަސައްކަތުގައި ރާއްޖޭން ދެމިތިބޭނެ ކަމަށެވެ. އެގޮތުން، މިފަހުން ރާާއްޖޭން ތިންވަނަ ނޭޝަނަލް ޑިޓަރމިނޭޓެޑް ކޮންޓްރިބިއުޝަން، އެންޑީސީ އާއި 2024-2033އަށް އަމަލުކުރަން ނިންމާފައިވާ އެނާޖީ ރޯޑްމެޕް ތައާރަފުކުރައްވާފައިވާ ކަމަށް ނައިބު ވިދާޅުވިއެވެ. މި ޕްލޭނަކީ 2028ވަނަ އަހަރާހަމައަށް 33 އިންސައްތަ އިއާދަކުރަނިވި ހަކަތަ ބޭނުންކުރުމުގެ އަމާޒާއެކު ތައާރަފުކޮށްފައިވާ ޕްލޭނެކެވެ. ނައިބު ރައީސް ފާހަގަކުރެއްވި ގޮތުގައި މިއީ ތެލަށް ބަރޯސާވުން ކުޑަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ތަސައްވުރުގައި އެޅުނު މުހިންމި ފިޔަވަޅެކެވެ.
އުފެއްދުންތެރިކަމުގައި ކުދި ޤައުމުތަކަށް ހުރި ގޮންޖެހުންތައް ފާހަގަކުރައްވައި ނައިބު ރައީސް ވިދާޅުވީ ބްލޫ ޕްލެނެޓް އެލައަންސް ފެލޯޝިޕް ޕްރޮގްރާމްގެ ސަބަބުން އެފަދަ ޤައުމުތަކަށް މައުލޫމާތު ހިއްސާކޮށް، އުފެއްދުންތެރި ހައްލުތައް ހޯދޭނެ ކަމަށެވެ. އެގޮތުން، މި ޕްރޮގްރާމުގެ ޒަރީއާއިން ޕޮލިސީ އެކްސްޕާޓުންނާއި ޔުޓިލިޓީ ލީޑަރުން ފަދަ މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުންތަކުން އަރައިގަތުމަށް މަސައްކަތް ކުރާ ފަރާތްތައް ގުޅިގެން މަސައްކަތް ކުރެވޭނެ ކަމަށްވެސް ނައިބު ވިދާޅުވިއެވެ. ނައިބު ރައީސް ވަނީ މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ކުރާ މަސައްކަތުގައި ޓެކްނޮލޮޖީގެ އިތުރަށް އުފެއްދުންތެރި ޕޮލިސީތަކާއި އެފަދަ ކަންކަމަށް މާލީ އެހީ ހޯދޭނެ ގޮތްތަކަށް ފޯކަސް ކުރަންޖެހޭކަމަށް ވިދާޅުވެފައެވެ.
About Post Author
މާދަމާ ނިއުސް
މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަނލުން ބައިވެރިވެވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނާއި ދައުލަތުގެ...
އިނގިރޭސި ޙިމާޔަތަށް ރާއްޖެ ދާންޖެހުނު ސަބަބުތައް ކޮންމެ ދިވެއްސަކަށް އެނގެންޖެހޭ
ދިވެހިރާއްޖޭގެ މިނިވަން ދުވަހަކީ ކޮންމެ ދިވެއްސަކު އިބުރަތް ލިބިގަންނަންޖެހޭ މުހިއްމު ދުވަހެކެވެ. ރާއްޖެ އިނގިރޭސީންގެ ހިމާޔަތުގެ ދަށަށް ދާން މެދުވެރިވީ ދާޚިލީ ފިތުނަވެރިކަމާއި، އިޤްތިޞާދީ...
ސޮވެރިން ފަންޑަށް ޖަމާކުރި ފައިސާގެ އަދަދު 1.2 ބިލިޔަނަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ސޮވެރިންގ ޑިވެލޮޕްމެންޓް ފަންޑަށް (އެސްޑީއެފް)...
ބުލީކުރުމާއި ދެކޮޅަށް އެކުލަވާލާ ޤާނޫނަށް ބޭރުގެ ލަފާދަނީ ހޯދަމުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ބުލީކުރުން ހުއްޓުވުމަށްޓަކައި "އެންޓި ބުލީ ޤާނޫނު" އެކުލަވާލުމުގެ މަސައްކަތް ބޭރުގެ ލަފަޔާއި ފަންނީ ބޭފުޅުންގެ މަޝްވަރާއާއެކު ސަރުކާރުން ދަނީ...
“ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިމޭނެ ކަމަށް...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދެވުމަކީ ހެޔޮވެރިކަމުގެ ސިފައެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އިޤުތިސާދީ ގޮންޖެހުންތަކާއެކުވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހެޔޮ ވެރިކަމެއް ކުރާކަމުގެ ހެއްކެއްކަމަށް ނައިބު...
