
(ފޮޓޯ ކްރެޑިޓްސް: ކުޅިވަރާއިބެހޭ ވުޒާރާ)
ކުޅިވަރާއި ބެހޭ ދާއިރާގެ އެކި އެކި މުއައްސަސާތަކާއި މަޤާމުތަކުގައި މީގެ ކުރިން ހުރި ފުށޫ އެރުންތަކަށް މިހާރު ހައްލު ގެނެވިއްޖެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ އެމަނިކުފާނު ތަސްދީގު ކުރެއްވި ކުޅިވަރު ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް އިޝާރާތް ކުރައްވަމުންނެވެ. އެ ބިލު ތަސްދީގު ކުރެއްވުމަށް ރައީސް އޮފީހުގައި ހޯމަ ދުވަހު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ މީގެ ކުރިން ޤާނޫނު އޮތް ގޮތުން ކޮމިޝަނަރ އޮފް ސްޕޯޓްސް އާއި، ކުޅިވަރާއި ބެހޭ ޤައުމީ މަޖިލީހާއި، ކުޅިވަރު ވަޒީރުގެ މަސްއޫލިއްޔަތުތައް ލިޔެވިފައި ހުރީ ފުށޫ އަރާ ގޮތަށް ކަމަށެވެ.
އެހެންނަމަވެސް ރައްޔިތުންގެ މަޖިލީހުން ކުޅިވަރު ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް އިޖުތިމާއީ ކޮމިޓީން ގެނައި އިސްލާހުތަކާއެކު ފާސް ކުރެއްވުމާއި އެ ބިލް ތަސްދީގު ކުރައްވާ އެ މަގާމުތަކުގެ ޒިންމާތަކާއި މަސްއޫލިއްޔަތުތަކުގައި ހުރި ފުށޫ އެރުންތަކަށް މިހާރު ހައްލު ގެނެސްދެވިފައިވާ ކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ. “ކޮމިޝަނަރ އޮފް ސްޕޯޓްސް، ކުޅިވަރާއި ބެހޭ ޤައުމީ މަޖިލީސް، ކުޅީވަރާއި ބެހޭ ވަޒީރު، މި ފަރާތްތަކުގެ މަސްއޫލިއްޔަތުތައް ފުށޫ އަރާގޮތަށް މިއަދާހަމައަށް ކޮންމެވެސް ވަރަކަށް ހުރީ. އޭގެ ސަބަބުން ދިމާވާ ދަތިތައް އެބަހުރި. އެންމެންއެކުގައި މަސައްކަތްކުރަން ހަމަ މަސައްކަތް ހުރޭ. އެހެންނަމަވެސްދަތިތައް ހުރޭ ޤާނޫނު އޮތް ގޮތުން” ރައީސް ވިދާޅުވިއެވެ.
އެހެންނަމަވެސް މިހާރު ކުޅިވަރާއި ބެހޭ ޤާނޫނަށް އިސްލާހު ގެނެވިގެން މިދަނީ އެ މަގާމުތަކުގެ މަސްއޫލިއްޔަތުތައް ފުށޫ ނާރާގޮތަށް ޤާނޫނުގައި ބަޔާންކުރެވިގެން ކަމަށް ރައީސް ވިދާޅުވިއެވެ. ކުޅިވަރު ވުޒާރާއާއި ސްޕޯޓްސް ކޮމިޝަނަރގެ އޮފީހާއި ޤައުމީ މަޖިލީހުގެ މަސައްކަތްތައް މިނިވަންކަމާއެކު އެއް އިދާރާގެ މަސްއޫލިއްޔަތުތައް އަނެއް އިދާރާގެ މަސްއޫލިއްޔަތާއި ފުށޫ ނާރާގޮތަށް ޤާނޫނަށް ބަދަލުގެނައުމާއި އެކު ކުޅިވަރު އެސޯސިއޭޝަންތައް ހިންގުމާއި، ކުޅިވަރު ކްލަބްތަކާއި ކުޅިވަރު ޖަމިއްޔާތައް ރަޖިސްޓްރީކޮށް ހިންގުމާއި، ރެގިއުލޭޓްކުރުމުގައި ހުރި ޤާނޫނީ ފުށޫއެރުންތައް ހައްލުކުރުމުގެގޮތުން، އިދާރާތަކުގެ މަސްޢޫލިއްޔަތުތައް ތަފްޞީލުކޮށް ޤާނޫނުގައި ވަނީ ބަޔާންކޮށްފައެވެ.
ކޮމިޝަނަރ އޮފް ސްޕޯޓްސް އާއި، ކުޅިވަރާބެހޭ ޤައުމީ މަޖިލީހާއި، ކުޅިވަރާބެހޭ ވަޒީރުގެ ދައުރާއި މަސްޢޫލިއްޔަތު މީގެ ކުރިން ޤާނޫނުން އެކަށައެޅިއިރު ހުރި ތަޢާރުޒުވުންތަކަށް މި ޤާނޫނުން ވާނީ ހައްލު ހޯދައިދީފައެވެ.
About Post Author
މާދަމާ ނިއުސް
މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަނލުން ބައިވެރިވެވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނާއި ދައުލަތުގެ...
އިނގިރޭސި ޙިމާޔަތަށް ރާއްޖެ ދާންޖެހުނު ސަބަބުތައް ކޮންމެ ދިވެއްސަކަށް އެނގެންޖެހޭ
ދިވެހިރާއްޖޭގެ މިނިވަން ދުވަހަކީ ކޮންމެ ދިވެއްސަކު އިބުރަތް ލިބިގަންނަންޖެހޭ މުހިއްމު ދުވަހެކެވެ. ރާއްޖެ އިނގިރޭސީންގެ ހިމާޔަތުގެ ދަށަށް ދާން މެދުވެރިވީ ދާޚިލީ ފިތުނަވެރިކަމާއި، އިޤްތިޞާދީ...
ސޮވެރިން ފަންޑަށް ޖަމާކުރި ފައިސާގެ އަދަދު 1.2 ބިލިޔަނަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ސޮވެރިންގ ޑިވެލޮޕްމެންޓް ފަންޑަށް (އެސްޑީއެފް)...
ބުލީކުރުމާއި ދެކޮޅަށް އެކުލަވާލާ ޤާނޫނަށް ބޭރުގެ ލަފާދަނީ ހޯދަމުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ބުލީކުރުން ހުއްޓުވުމަށްޓަކައި "އެންޓި ބުލީ ޤާނޫނު" އެކުލަވާލުމުގެ މަސައްކަތް ބޭރުގެ ލަފަޔާއި ފަންނީ ބޭފުޅުންގެ މަޝްވަރާއާއެކު ސަރުކާރުން ދަނީ...
“ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިމޭނެ ކަމަށް...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދެވުމަކީ ހެޔޮވެރިކަމުގެ ސިފައެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އިޤުތިސާދީ ގޮންޖެހުންތަކާއެކުވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހެޔޮ ވެރިކަމެއް ކުރާކަމުގެ ހެއްކެއްކަމަށް ނައިބު...
