
(ފޮޓޯ ކްރެޑިޓްސް: ކުޅިވަރާބެހޭ ވުޒާރާ)
ކުޅިވަރުގައި ބޭއިންސާފުން ދިމާވާ ކަންކަމަށް ހައްލު ހޯދުމަށް، ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް، ކުޅިވަރު އާބިޓްރޭޝަން ޤާއިމްކޮށް ޢަމަލުކުރުމުގެ ބާރު ކުޅިވަރު ޤާނޫނުން ދީފިއެވެ. ކުޅިވަރު ޤާނޫނަށް އެއްވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރެއްވުމާއެކު ރާއްޖޭގައި ފުރަތަމަ ފަހަރަށް ކުޅިވަރު އާބިޓްރޭޝަނެއް އުފެއްދުމަށް ކުޅިވަރު ޤާނޫނުގައި ވަނީ ކަނޑައަޅާފައެވެ.
ރާއްޖޭގެ ކުޅިވަރު އޮނިގަނޑުގައި މީގެކުރިން އެފަދަ ކަންކަން ބަލައި އިންސާފު ހޯދޭނެ ނިޒާމެއް ނޯވެއެވެ. އެފަދަ މައްސަލަތަކުގައި ހައްލު ހޯދުމަށް މީގެ ކުރިން ދިވެހިން ހޯދަން ޖެހުނީ ރާއްޖޭން ބޭރުގެ އެހީތެރިކަމެވެ. އަދި އެހެނިހެން ޝަރުއީ މައްސަލަތަކެކޭ އެއްގޮތަށް ކޯޓުތަކަށް އެފަދަ މައްސަލަތައް ހުށަހަޅައިގެން ދިގުލައިގެންދާ މައްސަލަ އަކީ ކުޅިވަރު އާއިލާއަށް ދިމާވެފައިއޮތް ބޮޑު ގޮންޖެހުމެކެވެ. އެހެންނަމަވެސް ރާއްޖޭގައި ކުޅިވަރަށް ހާއްސަ އާބިޓްރޭޝަން އިދާރާއެއް ޤާއިމުކުރެވިގެން ދިއުމާއެކު މިކަމަށް ވަރަށް ބޮޑު ތަކްލީފެއްލިބި އިންސާފު ހޯދުމަށް މިހާރަށްވުރެ ފަސޭހަވެގެންދާނެއެވެ.
ކުޅިވަރު އެސޯސިއޭޝަންތައް ހިންގުމާއި، ކުޅިވަރު ކްލަބްތަކާއި ކުޅިވަރު ޖަމިއްޔާތައް ރަޖިސްޓްރީކޮށް ހިންގުމާއި، ރެގިއުލޭޓްކުރުމުގައި ހުރި ޤާނޫނީ ފުށޫއެރުންތައް ހައްލުކުރުމުގެގޮތުން، އިދާރާތަކުގެ މަސްޢޫލިއްޔަތުތައް ތަފްޞީލުކޮށް ޤާނޫނުގައި ވަނީ ބަޔާންކޮށްފައެވެ. ކޮމިޝަނަރ އޮފް ސްޕޯޓްސް އާއި، ކުޅިވަރާބެހޭ ޤައުމީ މަޖިލީހާއި، ކުޅިވަރާބެހޭ ވަޒީރުގެ ދައުރާއި މަސްޢޫލިއްޔަތު ޤާނޫނުން އެކަށައެޅިއިރު ހުރި ތަޢާރުޒުތަކަށް މި ޤާނޫނުން ވާނީ ހައްލު ހޯދައިދީފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
