
ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނަށް 1 ވަނަ އިސްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަސްދީޤުކުރައްވައިފިއެވެ. މި ބިލު ރައީސް ތަސްދީޤުކުރެއްވީ އެކަމަށްޓަކާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދަރުމަވަންތަ މާލަމުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު، ލައިވް އިވެންޓެއްގެ ތެރެއިން ނޫސްވެރިންގެ ހާޒިރުގައި ބިލެއް ތަސްދީޤުކުރެއްވި ފުރަތަމަ ފަހަރުވެސްމެއެވެ. މި ރަސްމިއްޔާތުގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއާއި، ބަންޑާރަ ނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް އަދި ކުޅިވަރު ދާއިރާގެ އިސްބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނަށް 1 ވަނަ އިސްލާޙު ގެނައުމުގެ ބިލު ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ 26 ނޮވެމްބަރު 2024 ގައެވެ. ސަރުކާރުގެ ފަރާތުން މި އިޞްލާޙު ހުށައެޅުއްވީ ދިއްދޫ ދާއިރާގެ މެންބަރު ޢަބުދުއްލަޠީފް މުޙައްމަދެވެ. އަދި ކޮމެޓީގައި މި ބިލު ދިރާސާކުރުމަށްފަހު ކޮމެޓީ މަރުހަލާ ނިންމާ، މަޖިލީހުން ބިލު ފާސްކުރީ މިމަހުގެ 5 ވަނަ ދުވަހު ބޭއްވި 2025 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 26 ވަނަ ޖަލްސާގައެވެ. މަޖިލީހުން މި އިސްލާޙު ފާސްކޮށްފައިވަނީ ކުޅިވަރު ދާއިރާގެ ބޭފުޅުންގެ އިތުރުން އާންމުންގެ ޚިޔާލަށްވެސް ހުޅުވާލުމަށްފަހުއެވެ. ހަމައެހެންމެ މިބިލާ ގުޅޭގޮތުން މަޝްވަރާކުރުމަށް މިއަހަރުގެ ފެބްރުއަރީމަހުގެ ތެރޭގައި ޕަބްލިކް ފޯރަމެއްވެސް ވަނީ ބާއްވާފައެވެ. މި ފޯރަމުގައި ރާއްޖޭގައި ޤައުމީ ފެންވަރުގައި ހަރަކާތްތެރިވާ ކުޅިވަރު އެސޯސިއޭޝަންތަކާއި، ކުލަބުތަކުގެ އިތުރުން އެކަޑަމީތަކުންވެސް ބައިވެެރިވެފައިވެއެވެ.
ކުޅިވަރާ ބެހޭ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ ކުޅިވަރާބެހޭ ޤާއުމީ މަޖިލީހާއި، މޯލްޑިވްސް ނޭޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް ގާއިމުކޮށް ރެގިއުލޭޓްކޮށް، ޤައުމީ ކުޅިވަރު އެސޯސިއޭޝަންތަކާއި ފެޑެރޭޝަންތައް އަދި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއަށާއި ފެރަލިމްޕިކް ކޮމިޓީއަށް ލިބިދޭ ބާރުތައް ބަޔާންކުރުން ހިމެނެއެވެ. އަދި ކުޅިވަރުގެ ގާނޫނުން އެލީޓް އެތުލީޓުން އުފެއްދުމާއި، އެކަމަށް ޚަރަދުކުރާނެ ފައިސާ ހޯދުމަށް ޤައުމީ ކުޅިވަރު ފަންޑެއް އެކުލަވާލަން ޤާނޫނުގެ ތެރޭގައި ވަނީ ހިމަނާފައެވެ. ޤައުމީ ކުޅިވަރު ފަންޑާއެކު އެތުލީޓުންނާއި އެސޯސިއޭޝަންތަކަށް މާލީ ބާރުވެރިކަން ލިބިގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.

(ފޮޓޯ ކްރެޑިޓްސް: ސްޕޯޓްސް މިނިސްޓްރީ)
ޤައުމީ ކުޅިވަރު ފަންޑުގެ މަޤްޞަދުތައް:
• ދެފުށް ފެންނަ ސިޔާސަތެއްގެ ދަށުން ފަސޭހަކަމާއެކު ދިވެހިރާއްޖޭގެ ކުޅިވަރަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް މަގުފަހިކޮށްދިނުން.
• ދިވެހިރާއްޖޭގެ ކުޅިވަރަށް މާލީ އެހީގެ ގޮތުގައި ލިބޭ ފައިސާ އަމާނާތްތެރިކަމާއެކު ބެލެހެއްޓުން.
• ކުޅުންތެރިން ކުރިއެރުވުމަށާއި ކުޅިވަރުގެ ދާއިރާގައި ޙަރަކާތްތެރިވާ އެނޫންވެސް ފަރާތްތަކުގެ ޤާބިލުކަން އިތުރުކުރުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުން.
• ކުޅިވަރުގެ ވަސީލަތްތައް ތަރައްޤީކުރުމަށް އިންވެސްޓްކުރުން.
• ކުޅިވަރުގެ ދާއިރާއިން ދިރާސާތައްކޮށް ތަރައްޤީގެ މަޝްރޫޢުތައް ހިންގާ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުން.
• މި ޤާނޫނުގެ ދަށުން ޤައުމީ ކުޅިވަރު ފަންޑަށް ޖަމާކުރެވޭ ފައިސާއިން، ފަންޑުގެ މަޤްޞަދުތައް ޙާޞިލުކުރުމަށްޓަކައި ފަންޑުން ކުރެވޭ ހޭދައިގެ މިންވަރު އިތުރުކުރުމަށްޓަކައި، ފަންޑަށް ޖަމާކުރެވޭ ފައިސާ ޤާނޫނު ހުއްދަކުރާ ގޮތުގެމަތިން އިންވެސްޓްކުރުން.
މި ޤާނޫނުގެ ދަށުން ޤައުމީ ކުޅިވަރު ފަންޑާގުޅޭ ސިޔާސަތުތައް ކަނޑައަޅައި ފަންޑު ހިންގުމަށްޓަކާ ޤައުމީ ކުޅިވަރު ފަންޑުގެ ބޯޑެއް އެކުލަވާލެވޭނެއެވެ. 7 މެންބަރުންގެ މައްޗަށް އެކުލެވޭ މި ބޯޑަށް މެންބަރުން ޢައްޔަނުކުރައްވާނީ ކުޅިވަރާބެހޭ ވަޒީރެވެ.

ކުޅިވަރު ޤާނޫނަށް ހުށަހަޅާފައިވާ އިތުރު އިސްލާޙުތަކުގެ ތެރޭގައި ކުޅިވަރުގެ ދާއިރާގައި ތަފާތުކުރުން ނައްތާލައި އަންހެނުންނާއި ފިރިހެނުންގެ މެދުގައި ފަރަގު ކުޑަކުރުމާއި، މާލީ އެހީ ދިނުމުގައި ހުރި ތަފާތުތައް ނައްތާލުންވެސް ޤާނޫނަށް ހުށައަޅާފައިވާ އިޞްލާހުގައި ބަޔާންކުރެއެވެ. މީގެ އިތުރުން ފަޤީރުކަމާއި އިޖްތިމާޢީ މައްސަލަތަކާއި، އާންމު ބަލިމަޑުކަމުން ގައުމު ސަލާމަތް ކުރުމަށް ކުޅިވަރު މެދުވެރިކޮށް ދުޅަހެޔޮ ސިއްހަތެއް ކުރިއެރުވުމަށް ކުޅިވަރާބެހޭ ޤާނޫނަށް ހުށައަޅާފައިވާ އިޞްލާހުން ލާޒިމްކުރެއެވެ.
ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނަށް ހުށަހަޅާފައިވާ އިސްލާޙުތަކާއެކު މުޅި ރާއްޖެއަށް ކުޅިވަރު ފުޅާވެގެންދާނެގޮތަށް ކަންކަން ބައްޓަންވެގެންދާނެކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ. އެގޮތުން މުޅި ރާއްޖެއަށް ކުޅިވަރު ފުޅާކުރުމައްޓަކައި ރާއްޖޭގެ އެކި ސަރަހައްދަތަކުގައި ރީޖަނަލް އެސޯސިއޭޝަންތަކެއް އުފެދިގެންދާނެ ކަމަށާއި، އެތަންތަނުގައި މަސައްކަތް ކުރެވިގެންދާނީ މުޅި ރާއްޖެ ކުޅިވަރުގައި ޝާމިލުވާ ގޮތަށް ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.
ކުޅިވަރު ޤާނޫނަށް ގެންނަ ބަދަލުތަކަކީ މިދިޔަ އަހަރު ކުރެވުނު މަސައްކަތުގެ ނަތީޖާއާއެކު ގެންނަ ބަދަލުތަކެއް ކަމަށް ކުޅިވަރާބެހޭ ވަޒީރު ވަނީ ވިދާޅުވެފައެވެ. އޭގެތެރޭގައި 20 އަހަރު ދުވަހުގެ ކުޅިވަރު ތަސައްވަރުގެ މައްޗަށް އެކުލެވޭ ދިގުރާސްތާ ޕްލޭންގެ މުހިންމު ބައިތަކެއް ހިމެނިގެންދާނެކަމަށްވެސް ވަޒީރު ރާފިޢު ވަނީ މީގެކުރިން ވިދާޅުވެފައެވެ. ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނަކީ 2015 ވަނަ އަހަރު އެކުލަވާލާ ޢަމަލުކުރަން ފެށުނު ޤާނޫނެކެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
