
މި އަހަރު ފަހުކޮޅު ބާއްވާ ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ނިއުރޭޑިއަންޓަށް ކުޅެން އެ ޓީމުގެ ކުރީގެ ފޯވަޑް އަލީ އަޝްފާގް (ދަގަނޑޭ) ނިންމައިފި އެވެ. ނިއުއިން މި ހަފުތާގައި މިކަން އިއުލާނުކުރުމަށް ވަނީ މިހާރު ވަނީ ސޯޝަލް މީޑިއާގައި އިސްތިހާރު ކުރަން ފަށައިފަ އެވެ. މި ގޮތުން ދަގަނޑޭގެ ރަސްމީ ފޭސްބުކް ޕޭޖުގައި ވެސް ވަނީ މި ކަން އިސްތިހާރު ކުރަން ފަށައިފަ އެވެ. އުމުރުން 39 އަހަރުގެ ރާއްޖޭގެ ކުރީގެ ގައުމީ ކެޕްޓަން އެންމެ ފަހުން ކުޅުނީ 2023 ވަނަ އަހަރުގެ ސީޒަނުގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަށެވެ. އެ ޓީމަށް ދެ މެޗު ކުޅެދިނުމަށްފަހު އޭނާ ދަނޑުން ނުފެނެ އެވެ. އެއީ އަނިޔާގެ ސަބަބުންނެވެ. އޭގެ ފަހުން ކަކުލުގެ އޮޕަރޭޝަން ކުރުމަށްފަހު މިހާރު އޭނާ އަންނަނީ ފިޓްވަމުންނެވެ. އަދި ދާދި ފަހުން އަތޮޅު ތެރޭގައި އޮތް ފުޓްސަލް މުބާރާތެއްގައި ވެސް އޭނާ ކުޅުނެވެ.
ކުރީގެ ޑިފެންޑަރު ސޮބާހް މުހައްމަދުގެ އިރުޝާދުގެ ދަށުން ފުރަތަމަ ޑިވިޝަނަށް ކޮލިފައިވުމަށް މަސައްކަތް ކުރާ ނިއު އަށް ކުޅެން ދަގަނޑޭ ނިންމިއިރު މިއީ އޭނާ ފެންވަރުގެ ކުޅުންތެރިއަކު ދެ ވަނަ ޑިވިޝަނުގައި ކުޅޭނެ ފުރަތަމަ ފަހަރަށްވާނެ އެވެ. 2001 ވަނަ އަހަރު ވެލެންސިއާއިން ކެރިއަރު ފެށި ދަގަނޑޭ ވަނީ ތިން ފަހަރެއްގެ މަތީން ނިއު އަށް ކުޅެފަ އެވެ. އަދި އޭނާ ވަނީ 2012 ވަނަ އަހަރު ނިއުގެ ކެޕްޓަންކަން ވެސް ކޮށްފަ އެވެ.
ގައުމީ ޓީމުގައި ދަގަނޑޭ އެންމެ ފަހުން ކުޅުނީ 2021 ވަނަ އަހަރުގެ އޮތް ސާފް ޗެމްޕިއަންޝިޕާއި ލަންކާގައި ބޭއްވި އެކުވެރިކަމުގެ މުބާރާތުގަ އެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
