
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
މުވާޞަލާތީ ގޮތުން ދުނިޔެ ދެކެމުންދާ ހަލުވި ކުރިއެރުމުގެ ބޭނުން ހިފަންވީ ޤައުމަށް އާމްދަނީ ހޯދޭނެ މަގުތައް ފަހިކުރުމަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ދުނިޔޭގެ މުވާޞަލާތާއި މަޢުލޫމާތުގެ ދާއިރާގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. ދުނިޔޭގެ މުވާޞަލާތާއި މަޢުލޫމާތުގެ ދާއިރާގެ ދުވަހާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މުވާޞަލާތީ ދާއިރާއިން ދުނިޔެ ދެކެމުންދާ ހަލުއި ކުރެމުގެ ބޭނުން ހިފަންވީ ރާއްޖެ އިޝްތިހާރުކޮށް މަޤްބޫލުކަން އިތުރުކުރުމަށްކަމަށެވެ. އަދި އޭގެ ސަބަބުން ޤައުމަށް އާމްދަނީ ހޯދޭނެ މަގުތައް ފަހިކުރުމަށްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މުވާޞަލާތީ ގޮތުން ދުނިޔެ މިދެކޭ ހަލުވި ކުރިއެރުމުގެ ބޭނުން އަޅުގަނޑުމެން ހިފަންވީ ދިވެހިރާއްޖެ އިޝްތިހާރުކޮށް، މަޤްބޫލުކަން އިތުރު ކުރުމަށް. ޤައުމަށް އާމުދަނީ ހޯދޭނެ މަގުތައް ފަހި ކުރުމަށް.
މުވާޞަލާތާއި މަޢުލޫމާތު ފެތުރުމުގެ ދާއިރާގެ އެކި މަސައްކަތްތައް ރާއްޖޭގައި ކުރައްވަވާ… pic.twitter.com/iih32a4HzA
— Dr Mohamed Muizzu (@MMuizzu) May 17, 2025
ރައީސުލްޖުމްހޫރިއްޔާވަނީ މުވާޞަލާތީ ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގައި މުވާޞަލާތާއި މަޢުލޫމާތު ފެތުރުމުގެ ދާއިރާގެ އެކި މަސައްކަތްކުރައްވަމުންގެންދަވާ ހުރިހާ ޚިދުމަތްތެރިންނަށް ދުވަހުގެ ތަހުނިޔާ އަރިސްކުރައްވާފައެވެ. އަދި ޤައުމުގެ ތަރައްޤީއަށާއި މުސްތަޤްބަލަށްޓަކައި، މުހިއްމު މިޚިދުމަތުގައި ކުރިއަށް އޮތްތަނުގައި އިތުރު ކާމިޔާބީއާއި ކުރިއެރުމަށް ރައީސްވަނީ އެދިވަޑައިގެންފައެވެ. ކޮންމެ އަހަރެއްގެ މެއި މަހުގެ 17 ވަނަ ދުވަހަކީ، ބައިނަލްއަޤުވާމީގޮތުން ފާހަގަކުރާ ދުނިޔޭގެ މުވާޞަލާތާއި މަޢުލޫމާތުގެ ދާއިރާގެ ދުވަހެވެ. މިއަހަރުގެ ދުނިޔޭގެ މުވާސަލާތީ ދުވަހުގެ ޝިއާރަކީ “ޖެންޑަރ އިކުއަލިޓީ އިން ޑިޖިޓަލް ޓްރާންސްފޯރމޭޝަން” މިއެވެ.
ދުނިޔޭގެ މުވާސަލާތީ ދުވަސް ފާހަގަކުރުމުގެ ބޭނުމަކީ އިންފޮރމޭޝަން ސޮސައިޓީއާއި ގުޅޭ މުހިންމު ކަންކަން ދުނިޔޭގެ ސަމާލުކަމަށާއި އަދި ގައުމުތަކުގެ ރައްޔިތުންނާއި އިސްވެރިންގެ ސަމާލުކަމަށް ގެނެސް ކުރިމަގުގައި އެކަންކަމާއި ގުޅޭ މައްސަލަތާއި ހުރަސްތަކާއި ގުޅޭގޮތުން ހޭލުންތެރިކުރުމެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
