
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
އާބާދީއާ ނުބައްދަލު އަދަދަށް ކައުންސިލް މެންބަރުން ތިބޭގޮތަށް، މިހާރު އޮތް ނިޒާމަކީ ރައްޔިތުން ބަލައިގަންނަ ނިޒާމެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. “ރައްޔިތުންނާއެކު” ޕޮޑްކާސްޓްގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، އަލަށް ހުށައަޅާ އިސްލާހުތަކާއެކު ކައުންސިލްތަކަށް އަންނާނެ ބައެއް ބަދަލުތައް ހިއްސާކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ އަތޮޅު ކައުންސިލްގެ ނަމުގައި ކައުންސިލެއް އޮތުމުގެ މުހިންމުކަން މިހާރު ނުފެންނަކަމަށެވެ. މިހާރު އޮންނަގޮތުން އަތޮޅު ކައުންސިލްގެ ރައީސަކު ވޯޓުން ހޮވާފައި ދެން ކައުންސިލްގައި ހިމެނެނީ އަތޮޅުގެ ރަށްރަށުގެ ކައުންސިލްތަކުގެ ރައީސުންނެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިގޮތަށް އަތޮޅު ކައުންސިލް އުފެދިފައި އޮންނާތީ، އަތޮޅު ކައުންސިލުން ކަންކަމުގައި ގޮތް ނިންމުމުގައި ބޭނުންވާ ނަތީޖާ ހާސިލްނުވާކަމަށެވެ.
“މަޝްވަރާތަކުގައި އެ ރަށެއްގެ ކައުންސިލަރަށް އިސްކުރެވެނީ އެރަށެއް. ވަކި އަތަކަށް ނުޖެހި، އަތޮޅުގެ ކަންކަމަށް ވާހަކަ ދައްކަން އުނދަގޫވޭ. ރަށުގެ މަސްލަހަތު އިސްކުރެވެނީ. ބައްދަލުވުންތައްވެސް ގިނަފަހަރު އޮންލައިންކޮށް ބޭއްވެނީ.” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ބޭނުން ނަތީޖާ ޙާސިލްނުުވުމާއި އަދި ޚަރަދުގެ ގޮތުންވެސް މިއީ އެންމެ އެދެވޭ ކަމެއްކަމަށް ފެނިވަޑައިނުގަންނަވާކަމަށެވެ. އެހެންކަމުން އަތޮޅު ކައުންސިލް ނޯންނަގޮތަށް އިސްލާހު ހުށައަޅަން ސަރުކާރުން ނިންމަވާފައިވާކަމަށާއި، ނަމަވެސް ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކަށް ބަދަލެއް ނާންނާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
އާބާދީގެ ނިސްބަތުން ކައުންސިލަރުންގެ އަދަދުތަކަށް ބަދަލު ގެނައުމަށް ނިންމައި، ބިލެއް ހުށައެޅުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އާބާދީގެ ސައިޒު 2000އިން ދަށް ނަމަ، ހުށައަޅާނީ އެރަށެއްގައި 3 ކައުންސިލަރުން ތިބޭގޮތަށްކަމަށެވެ. އަދި އާބާދީ 2000އަށްވުރެ އިތުރުނަމަ، 5 ކައުންސިލަރުންނަށްވުރެ އަދަދު މަތި ނުވާގޮތަށް ކައުންސިލަރުން އިންތިޚާބުކުރުމަށް ހުށަހަޅުއްވާނެކަމަށެވެ. ނަމަވެސް ސިޓީ ކައުންސިލްތަކަށް ބަދަލެއް ނާންނާނެކަމަށް ރައީސް ވިދާޅުވިއެވެ.
“ކައުންސިލަރުންގެ އަދަދު އިތުރުވީމަ ބައެއް ކުދި އާބާދީ ހިމެނޭ ރަށްތަކުގައި ކައުންސިލަރުން ބޭކާރުވެފައި އެބަ ތިބޭ ބައެއް ރަށްރަށުގައި. 100 ހަމަނުވާ ރަށްރަށުގައިވެސް 5 ކައުންސިލަރުން އެބަތިބޭ. އަމިއްލަ މަސައްކަތުގައި އުޅޭ މީހުން އެބަތިބި. އެހެންވީމަ ރައްޔިތުންނަށް ފައިދާއެއް ނުވޭ. ޚަރަދު ކުރެވިދާނެ ފައިދާ ވަންޏާ. އެކަމަކު އެގޮތަށް ކަންކަން ނުދޭ.” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އަންހެނުން ބާރުވެރިކުރުމަށް އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުންވެސް ކުރަމުންދަނީ ވަރަށް މުހިންމު މަސައްކަތެއްކަމަށެވެ. ރައީސް ވިދާޅުވީ ހުށައަޅާ ބަދަލުތަކުގެތެރޭގައި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސަކީވެސް، އިންތިޚާބުރާ ގޮނޑިއަކަށް ހައްދަވާނެކަމަށެވެ. އަދި ޑަބްލިޔުޑީސީގެ މެންބަރުންގެ އަދަދު 5އިން 3އަށް ކުޑަކުރައްވާނެކަމަށްވެސް ވިދާޅުވިއެވެ.
ސަރުކާރުން ހުށައެޅުމަށް ނިންމަވާފައިވާ އިސްލާހުތަކުގެ ތެރޭގައި، ކައުންސިލްތަކުގައި އަންހެން މެންބަރުންގެ އަދަދު %33އިން %40އަށް އިތުރުކުރުން ހިމެނެއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ބަދަލުތަކާއެކު ކައުންސިލްތައް އިތުރަށް ހަރުދަނާވެ، މެންބަރުންނަކީ ޒިންމާދާރުކަމާއެކު ރައްޔިތުންނަށް ޚިދުމަތް ކުރާ ބަޔަކަށްވާނެކަމަށެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
