
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ރައްޔިތުން އިންތިޚާބުކޮށްފައިތިބޭ ފަރާތްތަކަށް ރައްޔިތުންގެ އިތުބާރުނެތްކަމަށް ފެންނަ ހާލަތުގައި، ވޯޓު ލެވޭ އާބާދީގެ ދެބައިކުޅަ އެއްބަޔަށްވުރެ މަތިން ވޯޓު ލިބިގެން ވަކިކުރެވޭގޮތަށް އިސްލާހު ގެންނަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިހާރު އޮންނަގޮތުން، އިންތިޚާބީ ފަރާތްތައް ވަކިކުރެވޭނެ ގޮތެއް ނޯވެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ރައްޔިތުންނާއެކު ޕޮޑްކާސްޓްގައި ވާހަކަފުޅުދައްކަވަމުންނެވެ. ކައުންސިލްތަކުގެ މެންބަރުންނާއި ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ މެންބަރުން އިންތިޚާބުކުރުމަށްފަހު، ވަކިކުރުމުގެ ބާރު ރައްޔިތުންނަށް ލިބިދޭ ގޮތަށް ޤާނޫނަށް މިއަހަރު އިސްލާހު ގެންނަވަން ހުށައަޅުއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނުކުރެއްވީ، އެމަނިކުފާނު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
މިއަހަރު ސަރުކާރުގެ ފަރާތުން މަޖިލީހަށް 30 ބިލެއް ހުށައެޅުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައްޔިތުންނާއެކު ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އަދިވެސް ޤާނޫނުތަކާއި އުސޫލުތައް އޮތްގޮތުން، ޙަގީގީ މާނައިގައި ރައްޔިތުން ބާރުވެރި ނުކުރެވޭކަމަށެވެ. އެމަނިކުފާނު ބޭނުންފުޅުވަނީ ފުރިހަމަ މާނައިގައި ރައްޔިތުން ބާރުވެރިކުރުވައި އެއިޚްތިޔާރުތައް ރައްޔިތުންނަށް ދިނުމަށްކަމަށް ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ރައީސް ވިދާޅުވީ ކައުންސިލާއި މަޖިލީހާއި ރައީސުލްޖުމްހޫރިއްޔާގެ މަޤާމަކީ، ރައްޔިތުންގެ ވޯޓުން އިންތިޚާބުކުރުމަށްފަހު، ދެން ރައްޔިތުންނަށް އަތްލެވޭގޮތަށް މިހާރު އޮތް މަޤާމުތަކެއް ނޫންކަމަށެވެ. ނަމަވެސް އެކަން އޮންނަންވާނީ އެގޮތަށް ނޫންކަމަށާއި، މީގެ ސަބަބުން ރައްޔިތުންގެ ބާރުވެރިކަމަށް ހުރަސް އެޅޭކަމަށެވެ. ރައީސް ވިދާޅުވީ ސަރުކާރުން ހުށައަޅާ ބިލު ފާސްވުމުން، އިންތިޚާބީ މަޤާމުތަކުގައި ތިބޭ މީހުން، ރައްޔިތުންގެ އިތުބާރު ނެތް ހާލަތްތަކުގައި ވޯޓަކުން މަޤާމުން ވަކިކުރުމުގެ ބާރު ފުރިހަމައަށް ލިބިގެންދާނެކަމަށެވެ. “ވޯޓު ލުމުގެ ޙައްޤު އޮތް މީހުންގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުން ބޭނުންވާނަމަ މަޤާމުން ވަކިކުރެވޭގޮތަށް އިސްލާހު ހުށައަޅާނީ. އެއީ ކައުންސިލް މެންބަރުން، މަޖިލިސް މެންބަރުން އަދި ރައީސްވިއަސް، އިންތިޚާބީ މަޤާމެއްގައި ހުންނަ ކޮންމެ މީހަކަށްވީ ނަމަވެސް. އޭރުން ހަގީގީ މާނައިގައި ރައްޔިތުން ބާރުވެރިކުރުވޭނީ. މިހާރު ޗެކް އެންޑް ބެލެންސެއް ނެތް.” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އިންތިޚާބަށްފަހު، ކުރާ ގޯސް ޢަމަލެއްގެ ސަބަބުން މަޤާމުން ވަކި ނުކުރެވޭގޮތަށް މިހާރު އޮތް އޮތުން ބަދަލުކުރަންޖެހޭކަމަށެވެ. ގޯސް އަމަލެއް ކޮށް، ދަޢުރުގެ 5 އަހަރު ނިމެންދެން، އެފަދަ ޙާލަތެއްގައި ތިބެން ދޫކޮށްލުމަކީ ރައްޔިތުންގެ ބާރު ކެނޑިގެންދާގޮތަށް އޮތް ކަމެއްކަމަށް ވިދާޅުވިއެވެ. އެހެންކަމުން އިންސާފުވެރިކޮށް މަސައްކަތްތައް ބައްޓަންކުރުމަށްޓަކައި، އެފަދަ ފަރާތްތަށް މަޤާމުން ވަކިކުރުމުގެ ފުރިހަމަ ބާރު ރައްޔިތުންގެ އަތަށް ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.
About Post Author
މާދަމާ ނިއުސް
ބުލީކުރުމާއި ދެކޮޅަށް އެކުލަވާލާ ޤާނޫނަށް ބޭރުގެ ލަފާދަނީ ހޯދަމުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ބުލީކުރުން ހުއްޓުވުމަށްޓަކައި "އެންޓި ބުލީ ޤާނޫނު" އެކުލަވާލުމުގެ މަސައްކަތް ބޭރުގެ ލަފަޔާއި ފަންނީ ބޭފުޅުންގެ މަޝްވަރާއާއެކު ސަރުކާރުން ދަނީ...
“ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިމޭނެ ކަމަށް...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދެވުމަކީ ހެޔޮވެރިކަމުގެ ސިފައެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އިޤުތިސާދީ ގޮންޖެހުންތަކާއެކުވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހެޔޮ ވެރިކަމެއް ކުރާކަމުގެ ހެއްކެއްކަމަށް ނައިބު...
މިނިވަން ދުވަހުގެ ހަރަކާތްތަކަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު ރާއްޖެ ވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް،...
މުޖުތަމަޢުގެ އެއްބައިވަންތަކަން ރައްކާތެރިކުރުމަކީ ދީނީ އަދި ޤައުމީ ވާޖިބެއް: ޚުޠުބާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިދިޔަ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވަނީ "މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުން" މި މައުޟޫއަށެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ހިމާޔަތްކުރުމަކީ ކޮންމެ...
ޕާސްޕޯޓުގެ އާ ހިދުމަތަކާ އެކު، އިމިގްރޭޝަންގެ ތާރީހީ މައުރަޒު ހުޅުވައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް އިމިގްރޭޝަން) މޯލްޑިވްސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތްތައް ޒަމާނީކޮށް، އިތުރަށް ހަރުދަނާކުރުމަށްޓަކައި އާ ބަދަލުތަކެއް ގެނެސްފިއެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން...
