
(ފޮޓޯ ކްރެޑިޓްސް: ޙާރިޖީ ވުޒާރާ)
އިންޓަރނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން، އައިއެމްއޯއަށް ދިވެހިރާއްޖެއިން ކަނޑައެޅުއްވި ދާއިމީ މަންދޫބު، މަޤާމުގެ ފަތްކޮޅު އެޖަމްޢިއްޔާގެ ޑިރެކްޓަރ ޖެނެރަލަށް އަރުވައިފިއެވެ. އައިއެމްއޯއަށް ދާއިމީ މަންދޫބެއްގެ ގޮތުގައި ކަނޑަޅުއްވާފައިވަނީ ރާއްޖެއިން ފްރާންސަށާއި އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައިވާ ސަފީރު ޑރ. އިރުތިޝާމް އާދަމްއެވެ. ރާއްޖެއިން އައިއެމްއޯއަށް ކަނޑައެޅުއްވި ދާއިމީ މަންދޫބު، މަޤާމުގެ ފަތްކޮޅު އެ ޖަމްޢިއްޔާގެ ސެކްރެޓަރީ ޖެނެރަލް އަރސެނިއޯ އަންޓޯނިއޯ ޑޮމިންގޭޒް ވެލަސްކޯއަށް އަރުވާފައިވަނީ ލަންޑަންގައި ހުންނަ އެޖަމްޢިއްޔާގެ މައި މަރުކަޒުގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.
ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށްފަހު ބޭއްވި ބައްދަލުކުރެއްވުމުގައި ޑރ. އިރުތިޝާމް އާދަމް ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި ދިވެހި ސަރުކާޜޫގެ ފަރާތުން އައިއެމްއޯގެ އިސްވެރިންނަށް ހެޔޮ އެދުންތައް އަރިސްކުރައްވާފައެވެ. އަދި އައިއެމްއޯއާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށާއި، އެ އޯގަނައިޒޭޝަންގެ އިސްނެންގެވުމުގައި ޢަމަލީގޮތުން ބައިވެރިވުމުގައި ރާއްޖެއިން ދެމިތިބޭނެކަމުގެ ޔަޤީންކަން ޑރ. އިރުތިޝާމް ވަނީ ދެއްވާފައެވެ. މީގެއިތުރުން ކަނޑުދަތުރުފަތުރުގެ ސިނާޢަތް ކުރިއެރުމުގައި ސަރުކާރުން ދެމިތިބޭނެކަމުގެ ޔަޤީންކަންވެސް އިރުތިޝާމް ދެއްވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ޙާރިޖީ ވުޒާރާ)
17 މަރޗް 1948ގައި އުފެދުނު އިންޓަރނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަންގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ކަނޑުދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި، ކަނޑުއުޅަނދުފަހަރުތަކުން ބޭރުކުރާ ވިހަ ގޭސްތަކުން ޖައްވު ތަޣައްޔަރުވުން ހުއްޓުވުން ހިމެނެއެވެ. މި ޖަމްޢިއްޔާގެ މަޤްޞަދަކީ ކަނޑުދަތުރުފަތުރުގެ ޞިނާޢަތަށް ހަމަހަމަ އަދި ހުރިހާ ޤައުމުތަކަކުން ޤަބޫލުކޮށް ތަންފީޒުކުރާ ޤާނޫނީ އޮނިގަނޑެއް އެކުލަވާލުމެވެ. އައިއެމްއޯގައި 174 މެމްބަރު ޤައުމާއި 3 އެސޯސިއޭޓް މެމްބަރުން ހިމެނެއެވެ. ދިވެހިރާއްޖެ އައިއެމްއޯގައި ބައިވެރިވެފައިވަނީ 1967ވަނަ އަހަރުގެ މެއި މަހުގެ 31ވަނަ ދުވަހުއެވެ.
ޑރ. އިރުތިޝާމް އާދަމަކީ ދިވެހިރާއްޖެ އައިއެމްއޯގެ މެމްބަރު ޤައުމަކަށްވުމަށްފަހު އެ ޖަމްޢިއްޔާއަށް ދިވެހިރާއްޖެއިން ކަނޑައެޅި ދެވަނަ މަންދޫބެވެ. އިރުތިޝާމް ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތުގައި ދާއިމީ މަންދޫބުގެ ނައިބު މުޙައްމަދު އަޙްމަދު، އަދި އިނގިރޭސިވިލާތަށް ކަނޑައަޅުއްވަފައި ހުންނަވާ ދިވެހިރާއްޖޭގެ ހައި ކޮމިޝަންގެ ފަސްޓް ސެކްރެޓަރީ މަރިޔަމް އާޞިފާއި، ފަސްޓް ސެކްރެޓަރީ ސާރާ ޚާލިދު ބައިވެރިވެވަޑައިގެންނެވިއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
