
(ފޮޓޯ ކްރެޑިޓްސް: އެމްއެމްޕީއާރްސީ)
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީން ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ސަޤާފަތާއި ތަފާތު ތަޖްރިބާތައް ދައްކުވައިދޭ “ވިޒިޓް މޯލްޑިވްސް ވީކް” އިޓަލީއާއި ފަރަންސޭސިވިލާތުގައި ފަށައިފިއެވެ. ވިޒިޓް މޯލްޑިވްސް ވީކްގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ 12 ކުންފުންޏަކުން 18 މަންދޫބުން ބައިވެރިވެއެވެ. އިޓަލީގައި މި ރޯޑްޝޯ ބާއްވާފައިވަނީ މިމަހުގެ 14 ވަނަ ދުވަހު ރޯމްގައި އަދި 15 ވަނަ ދުވަހު މިލާނުގައެވެ. ފަރަންސޭސިވިލާތުގައި ރޯޑްޝޯތައް ބާއްވާނީ މިމަހުގެ 19 ވަނަ ދުވަހު ލިއޯންގައި އަދި 20ވަނަ ދުވަހު ޕެރިހުގައެވެ.

(ފޮޓޯ ކްރެޑިޓްސް: އެމްއެމްޕީއާރްސީ)
މި ހަރަކާތުގެ މައިގަނޑު މަޤްސަދަކީ ރާއްޖޭގެ ހިތްގައިމު ގުދުރަތީ ރީތިކަމާއި މުއްސަނދި ސަޤާފަތާއި ތަދާތު ތަޖުރިބާތައް ދައްކުވައިދީ ޔޫރަޕްގެ މުހިންމު 2 މާކެޓްގައި ދިވެހިރާއްޖޭގެ މަޤްބޫލުކަން އިތުރުކުރުމެވެ. މީގެއިތުރުން މި ރޯޑްޝޯތަކުން އިންޑަސްޓްރީ ޕާޓްނަރުންނަށް އައު ޕާޓްނަރޝިޕްތައް އުފެއްދުމުގެ ފުރުސަތު ހޯދައިދީ މިހާރު އޮތް ގުޅުންތައް އިތުރަށް ބަދަހިކޮށް ރާއްޖެއާއި ބެހޭ މައުލޫމާތު ހިއްސާކުރުމުގެ މުހިންމު ޕްލެޓްފޯމެއް ޤާއިމްކުރުމަކީވެސް އަމާޒެކެވެ.
މި ހަރަކާތުގައި ރާއްޖޭގެ ހިތްގައިމުކަން ދައްކާލުމުގެ ގޮތުން އިޓަލީއާއި ލިއޯންގައި އިންޓަރެކްޓިވް ކުއިޒްއަކާއި ވޯކްޝޮޕްއެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު ޕެރިހުގައި މީޑިއާ ކޮންޕޯނެންޓެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ރޯޑްޝޯތަކުގައި ބީޓުބީ ބައްދަލުވުންތަކާއި ނެޓްވޯކިންގ އަދި ޑެސްޓިނޭޝަން ވޯކްޝޯޕްތައް މެދުވެރިކޮށް އިންޑަސްޓްރީގެ ފަރާތްތައް ހަރަކާތްތެރިވެ އަގުހުރި ގުޅުންތައް އުފައްދައި ހިތްގައިމު ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓްކުރާނެއެވެ.

(ފޮޓޯ ކްރެޑިޓްސް: އެމްއެމްޕީއާރްސީ)
އިޓަލީވިލާތާއި ފަރަންސޭސިވިލާތަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި މުހިންމު 2 މާކެޓެވެ. މި ހަރަކާތުން އެމްއެމްޕީއާރުސީގެ އަމާޒަކީ ރާއްޖޭގެ އިޓަލީ އަދި ފަރަންސޭސިވިލާތުގައި ފަތުރުވެރިންގެ އެންމެ އެދެވޭ މަންޒިލެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރުކުރުންކަމަށް އެ ކުންފުނިން ވަނީ ވިދާޅުވެފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
