
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
މޫޑީސް ރޭޓިންގއިން ތައްޔާރުކޮށްފައިވާ ޕީރިއަޑިކް ރިވިއުއިން ދިވެހިރާއްޖޭގެ ދިގު މުއްދަތުގެ އިޝުއަރ ރޭޓިންގ ސީއޭއޭ 2 ގައި ދަމަހައްޓައިފިއެވެ. ކޯވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ފަތުރުވެރިކަމުގެ ސިނާއަތަށް ކުރި ނޭދެވޭ އަސަރުގެ ސަބަބުން، އިޤްތިޞާދީ ގޮތުން ބޮޑު ގެއްލުމެއް ލިބި، ދައުލަތުގެ ދަރަނި އިތުރުވެގެން ދިޔަކަން، މޫޑީސްއިން މިމަހުގެ 8 ވަނަ ދުވަހު ބޭއްވި ރޭޓިންގ ކޮމިޓީ ބައްދަލުވުމަށްފަހު އެކުލަވާލި ރިވިއުގައި ފާހަގަކޮށްފައިވެއެވެ. ނަމަވެސް، ފަތުރުވެރިކަން އަލުން ކުރިއަރައި، އިޤްތިޞާދަށް ހެޔޮ ބަދަލުތަކެއް އަންނަމުންދާކަމަށެވެ. އަދި މިކަމުން ދައްކުވައިދެނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ވާދަވެރިކަމާއި އިޤްތިޞާދީ ކުރިއެރުމުގެ ފުރުޞަތުތައް ފަހިވެފައިވާ ކަން ކަމުގައި މޫޑީސް އިން ފާހަގަކުރެއެވެ.
އޮކްޓޯބަރ 2024 އިން ފެށިގެން ބޭރު ފައިސާގެ ރިޒާވް އިތުރުވަމުން އައިސްފައިވާކަން މޫޑީޒްއިން ފާހަގަކުރައްވާ، މިއީ ބޭރުގެ މާލީ އިދާރާތަކުގެ އެހީތެރިކަމާއި އަދި ބޭރު ފައިސާއާ ގުޅޭ ސިޔާސަތުތަކަށް ގެނެވުނު އިޞްލާޙުތަކާއި ބޭރު ފައިސާއިން ލިބޭ ދައުލަތުގެ އާމްދަނީގެ ސިޔާސަތުތައް ތަންފީޒުކޮށްފައިވުމުގެ ނަތީޖާކަމަށް ބަޔާންކޮށްފައިވެއެވެ. މޫޑީސްއިން ދެކޭ ގޮތުގައި ދިވެހިރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ 2026 ވަނަ އަހަރު ދައްކަންޖެހޭ 500 މިލިޔަން ޑޮލަރުގެ ސުކޫކް ހިމެނޭގޮތަށް، ބޭރުގެ ދަރަނި އަދާކުރުމެވެ. މިއާއެކު އެމެރިކާގެ އިޤްތިޞާދީ ސިޔާސަތުތަކާ ގުޅިގެން މާލީ ބާޒާރަށް އޮންނަ ޔަޤީންކަން ދަށްވެފައިވުމާއެކު، ބައިނަލްއަޤްވާމީ މާކެޓުން ފައިނޭންސިންގ ހޯދުމަށް ހުރި ގޮންޖެހުންތައްވެސް މި ރިވިއުގައި ފާހަގަކޮށްފައިވެއެވެ.
މޫޑީސްއިން ރޭޓިންގ ދަމަހައްޓަން ނިންމާފައިވާއިރު، ދިވެހިރާއްޖެއިން ދަނީ ދައްކަންޖެހޭ ދަރަނިތައް ޤަވާއިދުން ދައްކަމުންނެވެ. އެގޮތުން، ބޭރުގެ ފަރާތަކުން ނަގާފައިވާ 100 މިލިޔަން ޑޮލަރުގެ ލޯނެއް މިއަހަރުގެ މާރިޗް މަހު އަނބުރާ ވަނީ ދައްކާފައެވެ.

(ފޮޓޯ ކްރެޑިޓްސް: މޫޑީސް)
މޫޑީސްގެ ރިޕޯޓްގައި އޮކްޓޫބަރ 2024 އިން ފެށިގެން ބޭރު ފައިސާގެ ރިޒާވް އިތުރުވަމުން އައިސްފައިވާކަން ފާހަގަކޮށްފައިވާއިރު، ދަޢުލަތުގެ ރިޒާވް ރަނގަޅު ރާސްތާއަކަށް ގެނެވިފައިކަމަށް ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާއި ގުޅުވައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ވިދާޅުވެފައެވެ. ދަޢުލަތުގެ މާލީ ހާލަތާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ލޯނު އަނބުރާ ދެއްކުމަށްޓަކައި މިއަހަރުގެ މިހާތަނަށް 2.5 ބިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށެވެ. މީގެތެރެއިން ކުރިން ނަގާފައިހުރި ލޯނުތައް ދެއްކުމަށް 100 މިލިޔަން ޑޮލަރު ހޭދަކުރަންޖެހުނުކަން ރައީސް ފާހަގަކުރެއްވިއެވެ. މިހާރު ރާއްޖޭގެ މާލީ ހާލަތު ހުރީ ރަނގަޅު ރާސްތާއެއްގައި ކަމަށާއި ރިސަރވް އިތުރުވަމުންދަނީ ރަނގަޅު މިސްރާބަކަށްކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ ވެރިކަމާ ހަވާލުވިއިރު 2 މިލިޔަން ޑޮލަރުގައި ހުރި ސޮވްރިންގ ޑިވޮލޮޕްމަންޓް ފަންޑު، މިއަދާ ހަމައަށް 121 މިލިޔަން ޑޮލަރަށް އިތުރުކުރެވިފައިވާކަމަށެވެ. އަދި މިއީ ބޭރުގެ ދަރަނި ދައްކަމުން ޖަމާކޮށްފައިވާ އަދަދެއްކަން ރައީސް ފާހަގަކުރެއްވިއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
