
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އޭޓީއެމް ބެހެއްޓުމުގެ މަސައްކަތަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ އެންމެ މުހިންމު އެއް ސިޔާސަތެވެ. ސަރުކާރާއި ދިވެހިންގެ ބޭންކް ބީއެމްއެލް ގުޅިގެން މިމަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރު ނޮވެމްބަރު މަހުއެވެ. ދިވެހިރާޢްޖެއަކީ ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވޭ ޤައުމެކެވެ. މީގެ ތެރެއިން 187 ރަށުގައި މީހުން ދިރިއުޅެމުންދާއިރު މާލީ ނިޒާމުގެ ތެރެއަށް މި ހުރިހާ ރަށެއްގެ ވެއްދުމަށް ސަރުކާރު ފެންވަރުގައި މަސައްކަތްތަކެއް ކުރެވިފައި ނުވެއެވެ. ޤައުމީ ބޭންކް ބީއެމްއެލްއިން ބޭންކުގެ ނެޓްވޯކް ފުޅާކުރުމަށް ވިޔަފާރި ވިސްނުމެއްގައި މީގެ ކުރިން ރައްތަކުގައި އޭޓީއެމްތައް ބަހައްޓަމުން ގޮސްފައިވެއެވެ.
ވެރިން ރަށްރަށަށް ދިއުމުން، ކުދި ރަށްތަކުން ނުވަތަ އޭޓީއެމް ޚިދުމަތް ނުލިބޭ ރަށްތަކުން އަބަދުވެސް ކުރަމުން އަންނަ ޝަކުވާއަކީ އޭޓީއެމްއެއް ނެތުމުގެ ޝަކުވާއެވެ. މި ރަށްތަކުގެ މީހުން އާންމުކޮށް ޖެހެނީ އެޖެންޓެއް މެދުވެރިކޮށް ފައިސާ ޖަމާކޮށް ނަގާށެވެ. ނޫނީ އެންމެ ކައިރިން އޭޓީއެމްއެއް ހުރި ރަށަކަށް ދަތުރުކޮށް ބޭންކުގެ ޚިދުމަތްތައް ހޯދާށެވެ. މީގެ ކުރިން ވަކިވަކި ރަށްތަކުގައި ބޭންކުގެ ޚިދުމަތް ޤާއިމްކޮށްދިނުމަށް ވަޢުދުވެފައި ހުރި ނަމަވެސް، އަދުގެ ސަރުކާރު ފިޔަވައި އެހެން އެއްވެސް ސަރުކާރަކުން މިހާތަނަށް ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމަކީ ސަރުކާރުގެ ސިޔާސަތެއް ކަމަށް ކަނޑައަޅާފައި ނުވެއެވެ.
“ވަރަށް ގިނަ ރައްޔިތުންގެ އެދިވަޑައިގަތުމެއް އެރަށްރަށުގެ ދަތި އުނދަގޫ ކަންކަމުގެ ތެރެއިން ފައިސާގެ މުޢަމަލާތް ކުރެވޭ ގޮތަށް ހަދައި ދިނުމަކީ. ވަރަށް ގިނަ ސަރުކާރުތަކުން ވަޢުދުވެފައި އެ ވަޢުދު ހަނދާން ނައްތާލާފައި އޮންނަނީ. ކެމްޕެއިނަކާއި ދިމާވީ އެވާހަކަ ދައްކާފައި ހަބަރެއް ނުވޭ” ސަރުކާރުތަކުން ރަށްރަށުގައި އޭޓީއެމް ޤާޢިމް ކުރުމަށް ވެފައިވާ އިހުމާލާއި ގުޅޭގޮތުން ވަޒީރު ސަޢީދު ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ)
މިފަދަ މަޝްރޫޢުއަކަށް ރައްޔިތުން ބޭނުންވެފައިވާވަރު ދައްކުވައިދެނީ ބެންކް އޮފް މޯލްޑިވްސްގެ ތަފާސް ހިސާބުތަކުންނެވެ. މިހާތަނަށް ދެ އަތޮޅެއްގެ ހުރިހާ ރަށެއްގައި އޭޓީއެމް ބަހައްޓާފައިވާއިރު، އެ ރަށްތަކުން އެތައް މިލިއަން ރުފިޔާގެ މުޢާމަލާތް ކޮށްފިއެވެ. މީގެ ދެމަސް ދުވަސް ކުރިން ދ. އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓިއިރު، އެޕްރީލް މަހުގެ ނިޔަލަށް 14 މިލިޔަން ރުފިޔާ ވަނީ ޖަމާކޮށްފައެވެ. އެއީ 2،000 އަށް ވުރެ ގިނަ މުޢާމަލާތެވެ. މި ޚިދުމަތް ޤާއިމް ނުކުރެވުނު ނަމަ، މިއީ އެހެން ގޮތަކަށް ބުނާނަމަ ރައްޔިތުން ކުރަން ޖެހޭނެ 2،000 ދަތުރެވެ. މީގެ ފަސް ހަފްތާ ކުރިން ޚިދުމަތް ދޭން ފެށި، ހއ. އަތޮޅުގެ އޭޓީއެމްތަކުގެ ތަފާސް ހިސާބުތަކަށް ބަލާއިރު އެޕްރީލް މަހުގެ ނިޔަލަށް ފައިސާ ޖަމާކުރުމަށް 8،000 މުޢާމަލާތް ހިންގާފައިވެއެވެ. މިއީ 45 މިލިޔަން ރުފިޔާގެ މުޢާމަލާތްތަކެވެ.
ބޭންކް އޮފް މޯލްޑިވްސް ތަފާސް ހިސާބުތަކުން ފެންނަ އޮތް ހަޤީޤަތަކީ ބޭންކުގެ ފައިސާ ނެގުމާއި ޖަމަޢު ކުރުމުގެ ޚިދުމަތަކީ ކިތަންމެ ކުޑަ އާބާދީއެއްގައި ރައްޔިތުންނަށް އިންތިހާއަށް ބޭނުންވެފައިވާ ޚިދުމަތެއް ކަމެވެ. ބީއެމްއެލްގެ 90 އިންސައްތަ މުޢަމަލާތް ޑިޖިޓަލްކޮށް ކުރާއިރު، ނަގުދު ފައިސާއިން ކުރާ މުޢާމަލާތްތަކުގެ އަދުދަދު މިވަރުގައި ހުރުމަކީ ރައްޔިތުންގެ މިފަދަ ޚިދުމަތަކައް އެދި ތިބި ކަމުގެ ހެއްކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ތަޞައްވުރުގެ ދަށުން މިލަދުންމަޑުލު ދެކުނުބުރީގެ ހުރިހާ ރަށެއްގައި މިހާރު އޭޓީއެމް ބެހެއްޓި ވަނީ ޚިދުމަތް ދޭން ފަށާފައެވެ. މިއީ މިގޮތަށް އެ އަތޮޅެއްގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީޢެމް ބެހެއްޓުނު 3 ވަނަ އަތޮޅެވެ.
ޑިޖިޓަލައިޒޭޝަންއަށް ސަރުކާރުން ކުރަމުންދާ މަސައްކަތާއިއެކު މިގޮތަށް އޭޓީއެމްތައް ބެހެއްޓުމަކީ ދެމެހެއްޓެނި ގޮތެއް ނޫން ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. ނަމަވެސް މިހާރު ބޭންކަށް ނުގޮސް ހުރިހާ ޚިދުމަތެއްހެން ފޯރުކޮށްދެމުންދާ ބޭންކް އޮފް މޯލްޑިވްސް ސީއީއޯ މުހައްމަދު ޝަރީފްގެ ދެކެވަޑަގަންނަވާ ގޮތުގައި މިއީ ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ.
“މިހެން ވަކިން ހުންނަ ރަށްރަށުގައި ނަގުދު ފައިސާ އެބަގެންގުޅޭ. އެފައިސާ އެބަޖެހޭ ނޫންތޯ ބޭންކިން ނިޒާމުގެ ތެރެއަށް ވައްދަން. އެބޭފުޅޭ ބޭންކިން ތެރެއަށް އަހުލުވެރިކުރުވަން. އެ ބޭފުޅުން ޑިޕޮޒިޓް ކުރެވޭ ގޮތްތަކެއް ހައްދަވަން. މިކަން އެންމެ ފަސޭހައިން ކުރެވޭނީ އޭޓީއެމްތައް މެދުވެރިކޮށް. އެހެންވީމަ މީގެ ފަހުން އެބޭފުޅުން ޑިޖިޓަލް ނުވަތަ އެޑްވާންސް ގޮތްތައް ބޭނުން ކުރަން ފައްޓަވާނެ. އެހެންވީމަ ޑިޖިޓަލް ވެޔޭ ކިޔާފައި އޭޓީއެމް ނުބަހައްޓާ އެ ޚިދުމަތް ނުދީއެއް ނުތިބެވޭނެ” ސީއީއޯ ޝަރީފް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން ބޭންކް އޮފް މޯލްޑިވްސް އިން ކުރަމުންދާ މަސައްކަތް މިއަހަރު ތެރޭ އެއްކޮށް ނިންމާލާ 100 އަށް ވުރެ ގިނަ އޭޓީއެމް ބެހެއްޓުމަކީ ބީއެމްއެލްގެ އަމާޒެކެވެ. މިއާއެކު މަޝްރޫޢު ނިމުމުން ރަޢްތަކުގެ އިޤްތިޞާދު ކުރިއަރައި ވިޔަފާރިތައް ފުޅާކުރުމަށް މަގުފަހިވާނެ ކަމަށް ސަރުކާރުން ޤަބޫލުކުރައްވައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
