
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އީރަނާއެކު ދުނިޔޭގެ ބާރުތަކުން 2015ވަނަ އަހަރު ވެފައިވާ ނިޔުކްލިޔަރ އެއްބަސްވުުމުގެ ބައިވެރިންގެ ތެރެއިން އެ އެއްބަސްވުމުގައި މިހާރު ހިމެނޭ ވިލާތުގެ ތިން ޤައުމާއެކު އީރާނުން މަޝްވަރާ ކޮށްފިއެވެ. ތުރުކީވިލާތުގެ އިސްތަންބޫލުގައި ބޭއްވި މި ބައްދަލުވުމަކީ މިދިޔަ އޭޕްރިލް މަހުގެ ތެރޭގައި އީރާނުގެ ނިއުކްލިޔަރ މަޝްރޫޢުއާ ގުޅޭގޮތުން އެ ޤައުމާއި އެމެރިކާއާ ދެމެދު މަޝްވަރާތައް ކުރަން ފެށި ފަހުން ބާއްވާ މި ފަދަ ފުރަތަމަ ބައްދަލުވުމެވެ. އީރާނާއި އިނގިރޭސިވިލާތައި ފަރަންސޭސިވިލާތާއި ޖަރުމަނުވިލާތާ ދެމެދު މަޝްވަރާތައް ކުރަން ފަށާފައި މި ވަނީ އީރާނުގެ ނިއުކްލިޔަރ މަޝްރޫޢު ކުޑަ ކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަސައްކަތް ކުރައްވަމުންދާ ދަނޑިވަޅެއްގައެވެ. މެއި މަހުގެ 16ވަނަ ދުވަހު ޓްރަމްޕް ވަނީ އެ ޤައުމުން އީރާނަށް ހުށަހެޅުމެއް ހުށަހަޅުއްވާފައިވާ ކަމަށާއި އެ ހުށަހެޅުމާމެދު އީރަނުން އަވަހަށް ގޮތެއް ނިންަމަންޖެހޭ ކަމަށް ވިދާޅުވެފައެވެ.
ނަމަވެސް އެމެރިކާއާއި އީރާނާ ދެމެދު ކުރަމުންދާ މަޝްވަރާތަކާ ގުޅޭ މަޢުލޫމާތު އެނގޭ އީރާނުގެ މަސްދަރަކުން ބުނީ އެ ފަދަ ހުށަހެޅުމެއް މިހާތަނަށް ލިބިފައި ނުވާ ކަމަށެވެ. ނަމަވެސް މަޝްވަރާތަކުގައި މެދިވެރިއެެއްގެ ދައުރު ޢަދާ ކުރަމުންދާ ޢުމާނަށް އެ ހުށަހެޅުން މިހާރު ލިބިފައިވާ ކަމަށާއި އެ ހުށަހެޅުން އީރާނާއެކު ވަރަށް އަވަހަށް ޙިއްޞާ ކުރާނެ ކަމަށް ބެލެވޭ ކަމަށް އޭނާ ވަނީ ބުނެފައެވެ. 2015އަހަރުގެ ތެރޭގައި އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ ސަރުކާރާއި ވިލާތުގެ ބައިވެރިން ވަނީ އީރާނުގެ ނިއުކްލިޔަރ މަޝްރޫޢު ހުއްޓުވުމަށް އެ ޤައުމާ އެކު އެއްބަސްވުމެއް ޤާއިމު ކޮށްފައެވެ. ނަމަވެސް 2018ވަނަ އަހަރު އެމެރިކާގެ ރައީސްކަމުގެ މަޤާމާ ޓްރަމްޕް ފުރަތަމަ ޙަވާލުވެވަޑައިގެންނެވި ދައުރުގައި އޭނާ ވަނީ އެ އެއްބަސްވުމުން އެމެރިކާ ވަކި ކޮށް އީރާނާ ދެކޮޅަށް ވަރުގަދަ ދަތިކުރުމުގެ ފިޔަވަޅުތައް އަޅުއްވާފައެވެ. އެ ފިޔަވަޅުތަކުގެ ސަބަބުން އީރާނުގެ އިޤްތިޞާދު ވަނީ ފުނޑުފުނޑުވެފައެވެ. އެމެރިކާއިން އެ ފިޔަވަޅު އަޅާފައި ވަނީ ޔަހޫދީންގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ހިތްވަރު ދިނުމާ އެކުގައެވެ. އޭގެ ފަހުން އީރާނުން ވަނީ އެ ޤައުމުގެ ނިއުކްލިޔަރ މަޝްރޫޢު އަލުން ފަށައި ޔުރޭނިއަމް މުއްސަނދި ކުރަން ފަށާފައެވެ. އެ ގޮތުން އީރާނުން ޔޫރޭނިއަމް ސާފު ކުރާ މިންވަރު ވަނީ 60 އިންސައްތައަށް އިތުރު ކޮށްފައެވެ. ހަތިޔާރު ގުރޭޑަށް ވާޞިލްވުމަށް ޔުރޭނިއަމް ސާފު ކުރަން ޖެހެނީ 90 އިންސައްތައަށެވެ. އީރާނުން ބުނަމުުން ދަނީ އެ ޤައުމުގެ ނިއުކްލިޔަރ މަޝްރޫޢުއަކީ ސުލްޙަވެރި މަޝްރޫޢުއެއް ކަމަށެވެ.
ހުސްވި ޖަނަވަރީ މަހުގެ 20ވަނަ ދުވަހު އެމެެރިކާގެ ރައީސްގެ މަޤާމާ ދެވަނަ ދައުރަކަށް ޙަވާލުވެވަޑައިގެންފައިވާ ޓްރަމްޕް ވަނީ އީރާނާއެކު އައު ނިއުކްލިޔަރ އެއްބަސްވުމެއް އަނެއްކާ ވެސް ޤާއިމު ކުރުމުގެ މަސައްކަތް ކުރައްވަން ބޭނުންފުޅުވާ ކަމަށް ވިދާޅުވެފައެވެ. އޭނާ އެހެން ވިދާޅުވީ އީރާނާ ދެކޮޅަށް ވެރިކަމުގެ ފުރަތަމަ ދައުރުގައި އޭނާ އެޅުއްވި ދަތިކުރުމުގެ ފިޔަވަޅުތަކަށް އެމެރިކާގެ ނިމުނު ސަރުކާރުން ލުއި ދީފައި ވަނިކޮށް, އަލުން ވެރިކަމާ ޙަވާލުވެވަޑައިގަންނަވާ އެ ފިޔަވަޅުތައް އިޢާދަ ކުރައްވާފައި ވެސް ވަނިކޮށެވެ. އީރާނާއެކު ރަނގަޅު އެއްބަސްވުމަކަށް އަންނަން ބޭނުންފުޅުވާ ކަމަށާއި އެއީ އެ އީރާނުގެ ރައްޔިތުން ދިރިއުޅުމައިގެން ކުރިއަށް ދެވޭނެ ފަދަ އެއްބަސްވުމަކަށް ވާން އެދޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އީރާނުން އެމެރިކާއާއެކު އެއްބަސްވުމަކާ ހަމައަށް ނާންނަ ނަމަ އީރާނަށް ބޮން އަޅާނެ ކަމުގެ އިންޒާރު ވެސް ޓްރަމްޕް ވަނީ ދެއްވައިފައެވެ.
އެމެރިކާއާއި އީރާނާ ދެމެދު މިހާރު ކުރަމުންދާ މަޝްވަރާތަކުގައި ވިލާތުގެ ބާރުތަކުގެ ބައިވެރިވުން ނުހިމެނެެއެވެ. އެ މަޝްވަރާތަކުގެ ހަތަރުވަނަ ބުރު މެއި މަހުގެ 11ވަނަ ދުވަހު ނިމުމަކަށް އައިސްފައިވާއިރު ފަސްވަނަ ބުރު ފެށޭނެ ތާރީޚެއް މިހާތަނަށް ކަނޑައަޅާފައެއް ނުވެއެވެ. މި މަޝްވަރާތަކުގައި ވިލާތުގެ ޤައުމުތަކުން ބައިވެރި ނުވި ނަމަވެސް މިދިޔަ މާރިޗު މަހުގެ ތެރޭގައި ވެސް އެ ޤައުމުތަކުން ވަނީ 2015ވަނަ އަހަރުވީ ނިއުކްލިޔަރ އެއްބަސްވުމުގެ ބަދަލުގައި ޤާއިމު ކުރެވިދާނެ އެއްބަސްވުމަކާ ގުޅޭގޮތުން އީރާނާއެކު މަޝްވަރާ ކޮށްފައެވެ.
އެމެރިކާއާއި އީރާނާ ދެމެދު ކުރަމުންދާ މަޝްވަރާތައް ނާކާމިޔާބު ވެއްޖެނަމަ ޢަމަލު ކުރާނެ ގޮތަކާމެދު ވެސް ވިލާތުގެ ތިން ޤައުމުން ދަނީ އެމެރިކާއާއެކު މަޝްވަރާ ކުރުމަށް މަސައްކަތް ކުރަމުންނެވެ. 2015ވަނަ އަހަރުގެ އެއްބަސްވުމުގައިވާ ގޮތުން އީރާނުން އެއްބަސްވުމާ ޚިލާފުވެއްޖެ ނަމަ އެ ޤައުމާ ދެކޮޅަށް ކުރިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އަލުން އިޢާދަ ވާނެއެވެ. ވިލާތުގެ ޤައުމުތަކުން އެމެރިކާއާއެކު މަޝްވަރާ ކުރަނީ އައު އެއްބަސްވުމަކާ ހަމައަށް ނާދެވިއްޖެ ޙާލަތެއްގައި އަލުން ފިޔަވަޅުތައް އަޅާނެ ގޮތަކާ މެދުއެވެ. ނަމަވެސް އެ ކަމާ ގުޅޭގޮތުން އެމެރިކާއިން ސާފު ކޮށް ވާހަކަ ދައްކަމުން ނުދާތީ އެ މަސައްކަތް ވަނީ އުނދަގޫ މަސައްކަތަކަށްވެފައި ކަމަށް ވިލާތުން ބުނެއެވެ. ނަމަވެސް ބޭނުންވެއްެޖެ ޙާލަތެއްގައި އީރާނާއެކު އިތުރު މަޝްވަރާތައް ކުރާނެ ކަމަށް ވިލާތާއި އީރާނުން އެއްބަސްވެފައިވާ ކަަމަށް އީރާނުގެ ޚާރިޖީ ވަޒީރުގެ ނައިބު ކާޒިމް ޣަރީބަބާދީ ވަނީ ޔަޤީން ކޮށްދެއްވައިފައެވެ. އީރާނާއި ވިލާތުގެ ތިން ޤައުމުން އަޒުމް ކަނޑައަޅާފައި ވަނީ ޑިޕްލޮމެސީ ދެމެހެއްޓުމަށާއި އޭގެ އެންމެ ރަނގަޅު ބޭނުން ހިފުމަށް ކަމަށް ޣަރީބާބާދީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވެއެވެ.
2015ވަނަ އަހަރުގެ ނިއުކްލިޔަރ އެއްބަސްވުން ތަސްދީގު ކުރި އދގެ ޤަރާރުގައި ބަޔާން ކޮށްފައިވާ ގޮތުން އީރާނާ ދެކޮޅަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތައް އިޢާދަ ކުރުމަށް ވިލާތުގެ ތިން ޤައުމަށް މި އަހަރުގެ އޮކްޓޯބަރު މަހުގެ 18ވަނަ ދުވަހާ ހަމައަށް ފުރުޞަތު ލިބެއެވެ. އެ ޤަރާރުގެ މުއްދަތު ހަމަވާ ތާރީޚަކީ އޮކްޓޯބަރު 18އެވެ. ނިއުކްލިޔަރ މައްސަލައިގައި އެދެވޭ އެއްބަސްވުމަކާ ހަމައަށް ނާދެވޭ ނަމަ ވިލާތުގެ ތިން ޤައުމުން އޮގަސްޓު މަހުގެ ތެރޭގައި ފިޔަވަޅުތައް އިޢާދަ ކުރާނެ ކަމަށް ބެެލެވެއެވެ.
About Post Author
މާދަމާ ނިއުސް
ބުލީކުރުމާއި ދެކޮޅަށް އެކުލަވާލާ ޤާނޫނަށް ބޭރުގެ ލަފާދަނީ ހޯދަމުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ބުލީކުރުން ހުއްޓުވުމަށްޓަކައި "އެންޓި ބުލީ ޤާނޫނު" އެކުލަވާލުމުގެ މަސައްކަތް ބޭރުގެ ލަފަޔާއި ފަންނީ ބޭފުޅުންގެ މަޝްވަރާއާއެކު ސަރުކާރުން ދަނީ...
“ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިމޭނެ ކަމަށް...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދެވުމަކީ ހެޔޮވެރިކަމުގެ ސިފައެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އިޤުތިސާދީ ގޮންޖެހުންތަކާއެކުވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހެޔޮ ވެރިކަމެއް ކުރާކަމުގެ ހެއްކެއްކަމަށް ނައިބު...
މިނިވަން ދުވަހުގެ ހަރަކާތްތަކަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު ރާއްޖެ ވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް،...
މުޖުތަމަޢުގެ އެއްބައިވަންތަކަން ރައްކާތެރިކުރުމަކީ ދީނީ އަދި ޤައުމީ ވާޖިބެއް: ޚުޠުބާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިދިޔަ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވަނީ "މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުން" މި މައުޟޫއަށެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ހިމާޔަތްކުރުމަކީ ކޮންމެ...
ޕާސްޕޯޓުގެ އާ ހިދުމަތަކާ އެކު، އިމިގްރޭޝަންގެ ތާރީހީ މައުރަޒު ހުޅުވައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް އިމިގްރޭޝަން) މޯލްޑިވްސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތްތައް ޒަމާނީކޮށް، އިތުރަށް ހަރުދަނާކުރުމަށްޓަކައި އާ ބަދަލުތަކެއް ގެނެސްފިއެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން...
