
(ފޮޓޯ ކްރެޑިޓްސް: ކަސްޓަމްސް)
ދެހާހަށްވުރެއް ގިނަ ފަތުރުވެރިންނާއެކު އިޓަލީގެ ކްރޫޒްލައިނާއެއް ރާއްޖެއަށް އައިސްފިއެވެ. މިއީ މިމަހު ރާއްޖެއަށް އައި 2 ވަނަ ކްރޫޒްލައިނާއެވެ. ސްވިޒަލޭންޑާއި އޮސްޓްރިއާ އަދި ޖަރުމަނުވިލާތުގެ ފަތުރުވެރިންނަށް ޙާއްސަކޮށްގެން އޮޕަރޭޓްކުރާ ‘އޭއައިޑީއޭ’ ނަމަކަށް ކިޔާ މި ކްރޫޒުލައިނާ ރާއްޖެއަށް އައިސްފައިވަނީ މިމަހުގެ 14ވަނަ ދުވަހުއެވެ. މޯލްޑިވްސް ކަސްޓަމްސް ސަރވިސަސްއިން ވަނީ ލަންކާގެ ކޮލޮމްބޯ ބަނދަރުން މާލެ އައިސްފައިވާ މިކްރޫޒްލައިނާއިން ދަތުރުކުރި 2650 ފަތުރުވެރިންނަށް ކްލިއަރެންސް ދީފައެވެ. އޭގެ ތެރޭގައި ހިމެނެނީ 2022 ފަސިންޖަރުންނާއި 628 ކްރޫއިންނެވެ.
Inward clearance was granted to Passenger Liner MS. Aida Stella 🇮🇹, which arrived in the Maldives this morning from Colombo, 🇱🇰 .
A total of 2022 passengers and 628 crew members were onboard. pic.twitter.com/TwzVM1B024— Maldives Customs Service (@CustomsMv) May 14, 2025
ރާއްޖެއަކީ އަބަދުވެސް ކްރޫޒްލައިންތަކުގެ މެދުގައި މަޤްބޫލު މަންޒިލެކެވެ. ކޮންމެ އަހަރަކުވެސް ރާއްޖެއަށް ގިނަ އަދަދެއްގެ ކްރޫޒްލައިނާތައް އާދެއެވެ. އެގޮތުން މިއީ މިއަހަރު ރާއްޖެއަށް އައި 10ވަނަ ކްރޫޒްލައިނާއެވެ. މިމަހުގެ 4ވަނަ ދަވަހުވެސް ރާއްޖެއަށް ކްރޫޒްލައިނާއެއް ވަނީ އައިސްފައެވެ. ‘އެމްއެސް ނޯޓިކާ’ ނަމަކަށް ކިޔާ އިންޑިއާގެ މި ކްރޫޒްލައިނާއިން ރާއްޖެއަށް 610 ފަތުރުވެރިންނާއި 397 ކްރޫ މެންބަރުން ވަނީ ރާއްޖެ އައިސްފައެވެ. މީގެ އިތުރުން، މިދިޔަ މާރިޗު މަހު އޮޝެނިއާ ކްރޫޒަސް ކުންފުނީގެ ‘އެމްއެސް އިންސިގްނިއާ ލަގްޒަރީ’ ކްރޫޒްލައިނާވެސް ވަނީ ރާއްޖެއަށް އައިސްފައެވެ. މި ކްރޫޒްލައިނާއިން ހާހެއްހާ ފަތުރުވެރިންނަށް ކްލިއަރެންސް ވަނީ ދީފައެވެ.

(ފޮޓޯ ކްރެޑިޓްސް: ކަސްޓަމްސް)
ކްރޫޒްލައިންތަކުގެ މެދުގައި ރާއްޖޭގެ މަޤްބޫލުކަން ބޮޑުވެފައިވާއިރު ސަރުކާރުން މަސައްކަތް ކުރައްވަނީ ރާއްޖޭގެ ތިން ސަރަހައްދެއްގައި ކުރޫޒްލައިނަރތަކަށް ހާއްސަ ޖެޓީތަކެއް ތަރައްޤީކުރުމަށެވެ. އަދި މި ދާއިރާއިން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ. ކުރޫޒްލައިންތަކުގެ މެދުގައި ރާއްޖޭގެ މަޤްބޫލުކަން އިތުރުވަމުންދާއިރު، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދަށްވެސް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް 897،000އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ވަނީ އައިސްފައެވެ. ސަރުކާރުން މިއަހަރަށް އަމާޒު ހިފާފައިވަނީ ރާއްޖެއަށް 2.3 މިލިޔަން ފަތުރުވެރިން ގެނައުމަށެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
