
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އީރާނަކީ މެދުއިރުމަތީގައި އޮތް އެންމެ ފަނާކުރަނިވި ބާރު ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވުމުން އީރާނުން ނުރުހިއްޖެއެވެ. ޓްރަމްޕް އެހެން ވިދާޅުވެފައި ވަނީ އީރާނުގެ ނިއުކްލިޔައ މަޝްރޫޢުއާ ގުޅޭގޮތުން ޢުމާން މެދުވެރިވެ އެމެރިކާއާއި އީރާނާ ދެމެދު ހަތަރުވަނަ ބުރަކަށް މަޝްވަރާތައް ކުރިތާ ކުޑަ ދުވަސްކޮޅެއް ފަހުންނެވެ. މެދުއިރުމަތީގެ މުއްސަނދި ޤައުމުތަކަށް ކުރައްވަމުންދާ ދަތުރުފުޅެއްގެ ތެރެއިން ސަޢުދީ ޢަރަބިއްޔާއަށް ވަޑައިގަންނަވާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވަނީ ސަޢުދީ ޢަރަބިއްޔާއަށް ތައުރީފު ކުރައްވައި އެ ޤައުމަކީ މެދުއިރުމައްޗާމެދު ބިނާކުރަނިވި ތަޞައްވުރެއް ގެންގުޅޭ ޤައުމެއްގެ ގޮތުގައި ސިފަ ކުރައްވައިފައެވެ. އެ މަނިކުފާނު ވަނީ ސަޢުދީ ޢަރަބިއްޔާއާ ޚިލާފަށް އީރާނަކީ އެ ސަރަޙައްދަށް ގެއްލުމާއި ހަލާކާއި ތަކުލީފު މެދުވެރިކުރުވާ ޤައުމެއް ކަމަށް ވިދާޅުވެފައެވެ.
ޓްރަމްޕްގެ ވާހަކަފުޅާ ގުޅިގެން އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤްޗީ ވިދާޅުވީ އެމެރިކާގެ ރައީސް އީރާން ސިފަ ކުރައްވައިފައި ވަނީ ހަޤީޤަތާ މުޅިން ޚިލާފު ނަޒަރަކުން ކަމަށެވެ. ސަރަޙައްދުގެ އެހެން ޤައުމުތަކެކޭ އެއްގޮތަށް އީރާނަކީ ވެސް ތަރައްޤީއާއި ކުރިއެރުމާއި ތަނަވަސްކަން ހޯދުމަށް މަސައްކަތް ކުރާ ޤައުމެއް ކަމަށް ފާހަގަ ކުރައްވައި ޢަރާޤްޗީ ވިދާޅުވީ އީރާނުގެ ކުރިއެރުމަށް ހުރަސް އެޅެނީ އެމެރިކާއިން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާއި ދެމުންދާ އިންޒާރުތަކުގެ ސަބަބުން ކަމަށެވެ. ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުން ނަސްލުހޭދު ކުރުމަށް އިސްރާއީލުން ބޮޑެތި ޖަރީމާތައް ހިންގަމުންދާއިރު އެ މަންޒަރު ޓްރަމްޕަށް ފެނިވަޑައިނުގަންނަވާ ކަމަށާއި އޭގެ ބަދަލުގައި އެމެރިކާއިން ބޭނުން ވަނީ ސަރަޙައްދަށް އޮތް ނުރައްކަލަކީ އީރާނު ކަމަށް ދެއްކުމަށް ކަމަށް ޢަރާޤްޗީ ވިދާޅުވިއެވެ.
އީރާނަކީ މެދުއިރުމަތީގެ ހަމަޖެހުން ނަގާލައި ނުތަނަވަސްކަން އުފައްދާ ޤައުމެއް ކަމަށް އެމެރިކާއިން އަބަދުވެސް ތުހުމަތު ކުރެއެވެ. އިސްރާއީލާއި އެމެރިކާގެ ސަރަޙައްދީ ނުފޫޒަށް އެންމެ ބޮޑަށް ނުރައްކާކުރާ ޔަމަނުގެ ހަތިޔާރުއެޅި ޖަމާޢަތް، ޙޫޘީންނަށް އީރާނުން ވާގިވެރިވާތީ އެމެރިކާއިން އެ ޤައުމާމެދު ވަރަށް ހިތްހަމަނުޖެހެއެވެ. ޢަރާޤްޗީ އިތުރަށް ވިދާޅުވީ އީރާނުގެ ނިއުކްލިޔައ މަޝްރޫޢުއާ ގުޅޭގޮތުން އެމެރިކާއާއެކު އެއްބަސްވުމަކާ ހަމައަށް އައުމަށް މަޝްވަރާ ކުރުމަށް މެއި މަހުގެ 16ވަނަ ދުވަހު ތުރުކީވިލާތުގެ އިސްތަންބޫލުގައި އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތާއި ޖަރުމަނުވިލާތުގެ އިސްވެރިންނާ ބައްދަލު ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އެމެރިކާއާއެކު މެއި މަހުގެ 11ވަނަ ދުވަހު ބޭއްވި މަޝްވަރާތައް ވަރަށް އުނދަގޫ ކަމަށާއި އެ މަޝްވަރާތަކުގައި ބޮޑަށް ވާހަކަ ދެކެވުނީ އީރާނުން ޔުރޭނިއަމް މުއްސަނދި ކުރުމާ ގުޅޭގޮތުން ކަމަށެވެ. އީރަނުގެ އަސާސީ މަޤާމުތައް ދެނެގަތުމަށްފަހު ކުރިމަގުގައި ބާއްވާ މަޝްވަރާތަކުގައި އެމެރިކާއިން ވާހަކަ ދައްކާނީ މިހާރަށްވުރެ ޤަބޫލު ކުރެވޭ ނަޒަރަކުން ކަމަށް އުންމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެމެރިކާއާއި އީރާނާ ދެމެދު ކުރާ ނިއުކްލިޔަރ މަޝްވަރާތަކުގެ ފަސްވަނަ ބުރު ޢުމާނުން ވަރަށް އަވަހަށް އިޢުލާނު ކުރާނެއެވެ.
ޢަރާޤްޗީ ވިދާޅުވީ އޭނާ ދާދިފަހުން ސަޢުދީ ޢަރަބިއްޔާއަށާއި ޤަޠަރަށް ކުރެއްވި ޒިޔާރަތަކީ އެެމެރިކާއާއެކު ކުރަމުންދާ މަޝްވަރާތަކާ ގުޅޭ ދަތުރުތަކެއް ކަމަށެވެ. އީރާނަކީ ކަންތައްތައް ކުރިއަށްދާ ގޮތް އަވަށްޓެރި ޤައުމުތަކާއެކު ޙިއްޞާ ކުރަމުންދާ ޤައުމެއް ކަމަށާއި އެމެރިކާއާއެކު އާދެވިދާނެ އެއްބަސްވުމަކާމެދު ސަރަޙައްދީ ޤައުމުތަކުގެ ވިސްނުން ވެސް ދެނެގަންނަން ބޭނުންވާ ޤައުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
