
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިހާރު މެދުއިރުމައްޗަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ސޫރިޔާގެ ވެރިކަން ކުރާ ހައިޔަތު ތަޙްރީރް އަލް-ޝާމް (އެޗްޓީއެސް)ގެ ރައީސް އަޙްމަދު އަލް-ޝަރާޢު އާ ބައްދަލުކުރައްވައި، ޒަޔަނިސްޓު އިސްރާއީލާ ދެމެދު އޮތް ދެކޮޅުވެރިކަން ނައްތައިލައި ގުޅުން ބަދަހި ކުރަން ބާރުއަޅުއްވައިފިއެވެ. މި ދަތުރުފުޅުގެ ތެރެއިން ޓްރަމްޕް އެންމެ ފުރަތަމަ ވަޑައިގެންނެވި ސަޢޫދީ ޢަރަބިއްޔާގައި، ޓްރަމްޕް، ޝަރާޢު އާ ބައްދަލުކުރައްވާފައިވަނީ ސޫރިޔާއަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއި ދެއްވާނެކަމަށް އިޢުލާނުކުރައްވާފައިވަނިކޮށެވެ.
އެ ބައްދަލުވުމުގައި، އެކުވެރި ޢަރަބި އިމާރާތް، މޮރޮކޯ އަދި ބަޙްރޭނާ އެއްގޮތަށް ސޫރިޔާއިން ވެސް ޒަޔަނިސްޓު އިސްރާއީލާ ގުޅުން ޤާއިމުކުރުމަށް ޓްރަމްޕް ބާރުއެޅުއްވި ކަމަށް އެމެރިކާގެ ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވިއެވެ. މި ދަތުރުފުޅުގެ ތެރެއިން ސަޢޫދީ ޢަރަބިއްޔާއިން ވެސް އިސްރާއީލާ ގުޅުން ބަދަހިކުރަން ބާރުއެޅުއްވިނަމަވެސް، ފަލަސްޠީނުގެ ޣައްޒާގައި ޔަހޫދީންގެ ނިރުބަވެރި ދަޢުލަތުން ހިންގަމުންދާ ނަޞްލު ހޭދަ ކުރުމުގެ ޢުދުވާނުތައް ހުއްޓާލައި، ފަލަސްޠީނުގެ މިނިވަން ދަޢުލަތެއް ޤާއިމުކުރުމުގެ ކުރިން އެކަން ނުކުރާނެ ކަމަށް ސަޢޫދީ ޢަރަބިއްޔާއިން ވަނީ ސާފުކޮށް ތަކުރާރުކޮށްފައެވެ.
ސޫރިޔާއާ ދެކޮޅަށް އެމެރިކާގެ އިތުރުން ހުޅަނގުގެ ބާރުތަކާއި ޢަރަބި ދުނިޔެއިން ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައި ވަނީ އެ ޤައުމުގެ އަހުލީހަނގުރާމައާ ގުޅިގެންނެވެ. 14 އަހަރަށް ފަހު އެ ހަނގުރާމަ ނިމުމަކަށް އައިސްފައި ވަނީ، ބަޣާވާތަކުން ކުރީގެ ރައީސް ބައްޝާރް އަލް-އަސަދު ވެރިކަމުން ދުރުކުރުމާ އެކުގައެވެ. އަސަދުގެ ސަރުކާރު ވައްޓައިލާފައި ވަނީ ނިރުބަވެރި ޖަމާޢަތެއް ކަމުގައިވާ ހައިޔަތު އެޗްޓީއެސް އިންނެވެ. ސޫރިޔާގައި މި ވަގުތު ވެރިކަން ކުރަނީ އެޗްޓީއެސްގެ ސަރުކާރަކުންނެވެ. ރައީސް ކަމުގެ މަޤާމު ފުރަނީ އެ ޖަމާޢަތުގެ ވެރިޔާ އަޙްމަދު އަލް-ޝަރާޢެވެ. ވެރިކަން ވައްޓައިލުމާ އެކު އަސަދު ވަނީ ފިއްލަވައިގެން ރަޝިޔާއަށް ވަޑައިގަންނަވައި، މޮސްކޯގެ ޙިމާޔަތް ހޯއްދަވާފައެވެ.
ޓްރަމްޕް ވިދާޅުވި ގޮތުގައި، އެޗްޓީއެސްއިން މީގެކުރިން ހިންގާފައިވާ ނިރުބަވެރި ހަރަކާތްތަކާމެދު ކަންބޮޑުވުން އޮތް ނަމަވެސް، ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއި ދޭން ނިންމާފައިވާ ކަމަށެވެ. އަދި ޝަރާޢު އާއެކު ބޭއްވި މި ބައްދަލުވުމަކީ ފެށުމެއް ކަމަށާއި، އެޗްޓީއެސްގެ ސަރުކާރާ އެކު ގުޅުން ޤާއިމުކުރުމުގެ ކަންކަން ބަލަމުންދާކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
