
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ޤަތުލުޢާންމުގެ ދަށުން ފާއިތުވި 24 ވަރަކަށް ގަޑިއިރުގެ ތެރޭގައި ދީފައިވާ ޢުދުވާނީ ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 51އަށް އުފުލިއްޖެއެވެ. ފާއިތުވި 24 ވަރަކަށް ގަޑިއިރުގެ ތެރޭގައި ޔަހޫދީ ފައުޖުން ދީފައިވާ ގިނަ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ޣައްޒާގެ ހަސްފަތާލުތަކަށެވެ. އޭގެ ތެރޭގައި ޚާން ޔޫނިސްގައި ހުރި އަލް-ނާޞިރު ހަސްފަތާލާއި ޣައްޒާ ޔޫރަޕިޔަން ހަސްފަތާލު ހިމެނެއެވެ. އޭގެ ތެރެއިން ނާޞިރު ހަސްފަތާލަށް ދިން ޙަމަލާގައި ތިން މީހަކު ޝަހީދުކޮށްލައި، ގިނަ އަދަދެއްގެ ބަޔަކު ޒަޚަމު ކޮށްލާފައިވާއިރު، އޭގެ ތެރޭގައި ފަލަސްޠީނުގެ މަޝްހޫރު ނޫސްވެރިއެއް ވެސް ހިމެނެއެވެ. އެއީ، ޙަސަން އަލް-ޞަލީޙެވެ. އެ ހަސްފަތާލަށް ޔަހޫދީ ފައުޖުން ނިރުބަވެރި ޙަމަލާތަކެއް ދިން ވަގުތު އޭނާ އޮތީ އެ ހަސްފަތާލުގައި އެޑްމިޓު ކޮށްފައެވެ. އެއީ، ޔަހޫދީ ފައުޖުން ދިން އެހެން ޢުދުވާނީ ޙަމަލާއެއްގައި ލިބިފައިވާ ޒަޚަމުތަކަށް ފަރުވާ ދިނުމަށެވެ.
ޔަހޫދީ ފައުޖުން ބުނީ، ޞަލީޙަކީ، 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހު ޣައްޒާގެ މިނިވަން ކަމަށް ޖިހާދު ކުރާ ޙަމާސް ޖަމާޢަތުގެ މުޖާހިދުން ޒަޔަނިސްޓުންނަށް އަމާޒުކޮށް ދީފައިވާ ޖިހާދީ ޙަމަލާތަކުގައި ބައިވެރިވެފައިވާ މީހެއް ކަމުގައެވެ. އަދި، އެ ދުވަހުގެ ޙަމަލާތައް ރެކޯޑުކޮށް، އޭނާގެ ޝޯސަލް މީޑިޔާ އެކައުންޓުތަކުގައި ޝާއިޢު ކޮށްފައިވާ ކަމުގައެވެ. ޣައްޒާގެ ދެކުނުގައި އޮތް ޚާން ޔޫނިސްގައި ހުރި އަލް-ނާޞިރު ހަސްފަތާލުގެ އިތުރުން، އެ ސަރަޙަައްދުގައި ހުރި ޣައްޒާ ޔޫރަޕިޔަން ހަސްފަތާލަށް ވެސް ޔަހޫދީ ފައުޖުން ވަނީ ނިރުބަވެރި ޙަމަލާތަކެއް ދީފައެވެ. ޣައްޒާގެ މަދަނީ ސަލާމަތާ ބެހޭ އިދާރާގެ އިސް އޮފިޝަލެއް ކަމުގައިވާ އަޙްމަދް ޞިޔާމް ވިދާޅުވީ، ޔަހޫދީ ފައުޖުން އެ ހަސްފަތާލަށް ނުވަ ފަހަރު ވައިގެ ޙަމަލާތައް އަމާޒު ކޮށްފައިވާ ކަމުގައެވެ. އެ ހަސްފަތާލަށް ދިން ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 16އަށް އުފުލިފައެވެ. އަދި، 70އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމު ކޮށްލާފައެވެ.
އަލް-ނާޞިރު ހަސްފަތާލަށް ދިން ނިރުބަވެރި ޙަމަލާތަކުގައި އެ ތަނުގެ އިމާރާތަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އޭގެ ތެރޭގައި ޞިއްޙީ ފަރުވާ ދިނުމަށް ބޭނުން ކުރާ މުހިންމު ސާމާނުތައް ވެސް ހިމެނެއެވެ. “އަޅުގަނޑު އެ ތަނަށް [ހަސްފަތާލަށް] ދިޔައިރު ކުރިމަތިލާން ޖެހޭނީ ކޮން ހާލަތަކާ ކަމެއް ނޭނގޭ؛ އެއީ ޝަހީދު ކޮށްލާފައިވާ މީހުންނާ މެދު ހިތާމަ ކުރުންތޯ، ނުވަތަ ބަލިމީހުންނާއި ޒަޚަމު ކޮށްލާފައިވާ މީހުންނަށް ފަރުވާ ދިނުންތޯ، ނުވަތަ ރައްކާތެރިކަމުގެ އިހުސާސް ގެއްލިފައިވާ މުވައްޒަފުންނަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމެއް ނޭނގޭ،” އެ ހަސްފަތާލުގެ ޑިރެކްޓަރ ޢާޠިފް އަލް-ޙޫތު ވިދާޅުވިއެވެ. ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގެ ތެރެއިން ގިނަ އަދަދެއްގެ ނޫސްވެރިން ޝަހީދު ކޮށްލާފައިވެއެވެ. އިންޓަރނޭޝަނަލް ފެޑެރޭޝަން އޮފް ޖަރނަލިސްޓްސުން ބުނީ، ނޫސްވެރިންނާއި މީޑިޔާތަކުގައި މަސައްކަތް ކުރާ މީހުންގެ ތެރެއިން 160އަށްވުރެ ގިނަ މީހުން މިހާތަނަށް ޝަހީދު ކޮށްލާފައިވާ ކަމުގައެވެ.
ނަމަވެސް، ޣައްޒާގެ އިދާރާތަކުން ބުނީ، އެ އަދަދު 215އަށް އުފުލިފައިވާ ކަމުގައެވެ. އެ އެންމެން ވެސް ޝަހީދު ކޮށްލާފައިވަނީ ގަސްދުގައި ޔަހޫދީ ފައުޖުން ދީފައިވާ ޙަމަލާތަކުގައެވެ. އެ މީހުންގެ ކުށަކީ، ފަލަސްޠީނުގެ އަންހެނުންނާއި ކުޑަކުދިންނާއި އުމޫރުންނަށް ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިން ދެމުންދާ އަނިޔާތަކުގެ މަޢުލޫމާތާއި މަންޒަރުތައް ދުނިޔެއަށް ހާމަކޮށްދިނުމެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
