
(ފޮޓޯ ކްރެޑިޓްސް: ވީއޭއެމް)
އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ރާއްޖޭގެ 23 އަހަރުން ދަށުގެ ގައުމީ ވޮލީބޯޅަ ޓީމު ތައްޔާރުކުރުމަށް އެހެން ކޯޗެއް ހޯދުމުގެ މަސައްކަތް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ފަށައިފިއެވެ. ވީއޭއެމްގެ ރައީސް މުޙައްމަދު ލަތީފް ވިދާޅުވީ 23 އަހަރުން ދަށުގެ ފިރިހެން ޓީމު އައިއޯއައިޖީއަށް ތައްޔާރުކުރުމަށް ކުރިން ގެނައި ކޯޗު، އަލީ ޕޫރް އަރޫޖީ ރާއްޖެ ދޫކޮށް ދިޔުމާއި ގުޅިގެން އަނެއްކާވެސް އިންޓަނޭޝަނަލް ކޯޗެއް ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި، މިހާރު އީރާނުގެ ކޯޗަކާއި އިންޓަވިއު ކޮށްފައިވާ ކަމަށެވެ.
މިހާރު އިންޓަވިއުކޮށްފައިވާ އީރާނުގެ ކޯޗަށް ރާއްޖޭގެ ވަސީލަތްތައް ހުރި ގޮތުގެ މައުލޫމާތުތައް ހިއްސާކޮށްފައިވާނެ ކަމަށާއި، ވަރަށް އަވަހަށް އެކަން ހަމަޖެހޭނެ ކަމަށް އުންމީދު ކުރާ ކަމަށް ލަތީފް ވިދާޅުވިއެވެ. އަދި ކުރިޔަށް އޮތް 30 ދުވަހުގެ ތެރޭގައި އައު ކޯޗެއް ރާއްޖެ ގެނެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށެވެ. ވީއޭއެމްއިން އަނެއްކާވެސް ގެންނަނީ ވޮލީގެ މައި އިދާރާ އެފްއައިވީބީގެ ލައިސަންސް އޮތް އީރާނުގެ ތަޖުރިބާކާރު ކޯޗެކެވެ. އޭނާއަކީ މީގެ ކުރިން އީރާނުގެ ޤައުމީ ޓީމުގައިވެސް ގިނަ ތަޖުރިބާތަކެއް ހޯދާފައިވާ ކުޅުންތެރިއެއްގެ އިތުރުން ސަރަހައްދީ ވޮލީގެ ތަޖްރިބާ ބޮޑު ކޯޗެކެވެ.
ކުރިން ގެނައި އީރާނުގެ ކޯޗު ރާއްޖެ ދޫކޮށް ދިޔައީ އޭނާ ބޭނުންވާ ޓްރޭނިންތައް ހެދޭ މިންވަރަށް އިންޑޯ ކޯޓު ނުލިބުމާއި، ރާއްޖޭގެ ވަސީލަތްތައް ނެތުމުގެ ސަބަބުން ކަމަށް ފާހަގަކުރައްވާ ލަތީފް ވިދާޅުވީ އިންޑޯ ހޯލް ލިބުމުގައި ހުރި ދަތިތަކުގެ ސަބަބުން 80 އިންސައްތަ ފަރިތަކުރުންތައް ބާއްވަން ޖެހޭނީ އައުޓްޑޯގައި ކަމަށް އަލަށް އިންޓަވިއު ކުރި ކޯޗާއި ހިއްސާކޮށްފައިވާ ކަމަށެވެ. ކުރީގެ ކޯޗު ރާއްޖެ ދޫކޮށް ދިޔައީ ފަރިތަކުރާނެ ތަނެއް ނެތިގެން ކަމަށާއި، ޓީމުން ކުރިޔަށް ގެންދަންޖެހޭ ޑްރިލްތައް ހެދޭނެ މާހައުލެއް ނެތުމުން ކަމަށް ލަތީފް ވިދާޅުވިއެވެ. 23 އަހަރުންގެ ދަށުގެ ޤައުމި ވޮލީ ޓީމަށް އައު ކޯޗަކު ހޯދުމުގައި ކުޅިވަރު ވުޒާރާއިން އެއްބާރުލުންދޭ ކަމަށާއި، ފަރިތަކުރުންތައް ބާއްވާނެ ތަނެއް ހަމަޖެއްސުމުގައިވެސް އެއްބާރުލުންދޭކަމަށް ލަތީފް ފާހަގަކުރެއްވިއެވެ.
ވަސީލަތްތަކުގެ ދަތިކަމަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން މަސައްކަތް ކޮށްދެއްވާ ކަމަށާއި، ވޮލީއަށް ހާއްސަ ޖާގަތަކެއް ހަމަޖައްސަދޭނެ ކަމާމެދު މި ސަރުކާރަށް ފުރިހަމައަށް އިތުބާރު އެބަ އޮތް ކަމަށްވެސް ލަތީފް ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
