
(ފޮޓޯ ކްރެޑިޓްސް: ސާފް)
އިންޑިއާގައި މިހާރު ކުރިއަށްދާ 19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގެ ސެމީ ފައިނަލްގައި ރާއްޖެ އާއި އިންޑިއާ ބައްދަލުކުރަން ޖެހިއްޖެއެވެ. ސެމީ ފައިނަލަށް ރާއްޖެ ދަތުރުކުރީ އަންގާރަ ދުވަހުގެ ހަވީރު ބޫޓާންއާ ބައްދަލުކުރި މެޗު 2-2 ގެ ނަތީޖާއަކުން އެއްވަރުކޮށް، ގުރޫޕުގެ ދެވަނަ ހޯދައިގެންނެވެ. ރާއްޖެ ހިމެނޭ ގުރޫޕުގެ އެއްވަނަ ހޯދީ އެންމެ ފަހުގެ ޗެމްޕިއަން ބަންގްލަދޭޝްއެވެ. މި މުބާރާގުގައި ރާއްޖެ ކުޅުން ފުރަތަމަ މެޗުގައި ބަންގްލަދޭޝްއާއި ބައްދަލުކޮށް ރާއްޖެ ވަނީ އެ މެޗުވެސް 2-2 ގެ ނަތީޖާއަކުން އެއްވަރުކޮށްފައެވެ.
ސެމީ ފައިނަލްގައި ބަންގްލަދޭޝް ނިކުންނާނީ ނޭޕާލްއާ ދެކޮޅަށެވެ. ސެމީ ފައިނަލްގެ ދެ މެޗުވެސް އޮންނާނީ އަންނަ ހުކުރު ދުވަހެވެ. އިންޑިއާގެ ގޯލްޑަން ޖުބިލީ ސްޓޭޑިއަމްގައި ކުރިޔަށްދާ މި މުބާރާތުގެ ފައިނަލް މެޗު އޮންނާނީ އަންނަ އާދިއްތަ ދުވަހުއެވެ. މި މުބާރާތަށް ރާއްޖެ ނުކުތީވެސް ތަށި ގެނައުމުގެ އަޒުމުގައެވެ. މިދިޔަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ގުރޫޕް ސްޓޭޖާއި ހަމައިން ރާއްޖެ ކެޓި ނަމަވެސް، ރާއްޖެއިން މިއަހަރު ތައްޔާރުވީ މެޑެއްޔެއް ހޯދުމަށް އަމާޒު ހިފައިގެން ސަރަހައްދީ ގަދަ ބާރުތައް ބަލިކުރެވޭނެ ކަމުގެ އިތުބާރާއެކުގައެވެ.
ޒުވާން ޓީމުން ވަނީ އޭޕްރީލްމަހުންފެށިގެން މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ފަރިތަކުރުންތައް ބާއްވާފައެވެ. އެގޮތުން ރާއްޖަެގެ އިތުރުން ސިންގަޕޫރުގައިވެސް ޓްރޭނިންގ ހެދިއެވެ. 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗަކީ އަޙްމަދު ޝަކިރު (ޝާކިއްޓެ) އެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
