
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމުން ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރާއި މަހާޒް ޢަލީ ޒާހިރު ވަކިކުރައްވައިފިއެވެ. ފަނޑިޔާރުން ވަކިކުރައްވާފައިވަނީ މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ނެގި ވޯޓުންނެވެ. ވަކިވަކިން ނެގި ވޯޓުގައި ދެ ފަނޑިޔާރުންވަކިކުރުމަށް ފާސްވީ 68 މެންބަރުންގެ ވޯޓުންނެވެ. ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން މަޤާމުން ވަކިކުރުމުގެ މައްސަލަ ޖުޑީޝަލް ސަރވިސް ކޮމިޝަން، ޖޭއެސްސީން ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުން، އެ މައްސަލަ ދިރާސާކުރެއްވުމަށްފަހު މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ވަނީ ދެ ފަނޑިޔާރުން ވަކިކުރުމުގައި އިޖުރާޢީ މައްސަލައެއް ނެތްކަމަށް ނިންމާފައެވެ. ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވަނީ ފަނޑިޔާރަކު މަޤާމުން ވަކިކުރެވޭނީ ފަނޑިޔާރުކަމުގެ މަޤާމަށް އެ މީހަކު ޤާބިލްނޫން ކަމަށް، ނުވަތަ އެ މަޤާމާ އެކަށީގެންނުވާފަދަ ޢަމަލެއް އެ ފަނޑިޔާރަކު ކޮށްފައިވާކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ޤަބޫލުކުރެވިގެން އެ ފަނޑިޔާރަކު މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ ތިންބައިކުޅަދެބައިގެ އަޣުލަބިއްޔަތުން ފާސްވުމުންނެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަޤާމުން ޑރ. އަޒްމިރާލްދާ ޒާހިރާއި، އަލްއުސްތާޛު މަހާޒް ޢަލީ ޒާހިރު ވަކިކުރުމަށް މަޖިލީހުން ފާސްވީ ވަކިވަކިން އެހި ވޯޓުގައި މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ ތިންބައިކުޅަ ދެބައަށްވުރެ ގިނަ މެންބަރުންގެ ވޯޓުންނެވެ. އެގޮތުން 68 މެންބަރުން އެ ދެ ފަނޑިޔާރުން ވަކިކުރުމަށް ވޯޓު ދެއްވިއިރު، ދެކޮޅަށް ވޯޓު ދެއްވީ 11 މެންބަރުންނެވެ. ފަނޑިޔާރު އަޒްމިރާލްދާއާއި، ފަނޑިޔާރު މަހާޒްގެ މައްޗަށް ސުލޫކީ މައްސަލައެެއް ސާބިތުވާ ކަމަށް ކަނޑައަޅައި، އެ ދެ ފަނޑިޔާރުން މަގާމުން ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައްޔިތުންގެ މަޖިލީހަށް ފޮނުވީ އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ބަންދުން ދޫކޮށްލަން ދަށު ކޯޓުގެ ގާޒީންނަށް އެ ދެ ފަނޑިޔާރުން ނުފޫޒު ފޯރުވި ކަމަށް ތުހުމަތުކުރާ މައްސަލާގައެވެ.
04 އޭޕްރީލް 2025ގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ޑރ. އިސްމާޢީލް ލަޠީފްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރި މައްސަލާގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަޙާޒް ޢަލީ ޒާހިރު ބައިވެރިވެގެން ކްރިމިނަލް ކޯޓުގެ ޤާޟީ ޞައްފަތު ހަބީބް މެދުވެރިކޮށް، ބަންދާމެދު ގޮތެއް ނިންމެވި ޤާޟީ އިބްރާހީމް ޛިހުނީއަށް ނުފޫޒް ފޯރުވާފައިވާކަމަށް ސާބިތުވާކަމަށް ޖޭއެސްސީގެ ރިޕޯޓުގައިވެއެވެ.
އެހެންކަމުން ޑރ. އަޒްމިރާލްދާ ޒާހިރާއި، މަހާޒްގެ އެއަމަލަކީ ޤާނޫނު އަސާސީއާއި، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ޚިލާފް އަމަލެއްކަމަށްވާތީ، ޖޭއެސްސީގެ ޤާނޫނުގެ ދަށުން އެ ދެ ފަނޑިޔާރުންގެ ފަނޑިޔާރުކަމާމެދު ގޮތެއް ނިންމެވުމަށް ޖޭއެސްސީން އެދިފައިވެއެވެ. އެ މައްސަލަ ދިރާސާކޮށް ދެ ފަނޑިޔާރުން ވަކިކުރުމަށް ޖުޑީޝަރީ ކޮމިޓިން ނިންމެވި ނިންމެވުމަށް މަޖިލީހުގެ ގިނަ މެންބަރުން ވަނީ ތާޢީދުކުރައްވާފައެވެ. މެންބަރުން ވަނީ، ދަށު ކޯޓުގެ ޤާޟީންނަށް ދެ ފަނޑިޔާރުން ނުފޫޒް ފޯރުވިކަމަށް ސާބިތުވާކަމަށް ވިދާޅުވެފައެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ފަނޑިޔާރުން ވަކިކުރުމުގެ މައްސަލައަށް މެންބަރުން ވާހަކަފުޅު ދައްކަވަމުން ވަނީ ފަނޑިޔާރުންނާ ގުޅޭ މައްސަލަތަކުގައި ޖޭއެސްސީން ނިންމާފައިވާ ނިންމުންތަކުގެ ތަފާސް ހިސާބުތައްވެސް ހިއްސާކުރައްވާފައެވެ. އަދި މެންބަރުން ވަނީ ފަނޑިޔާރުގެއަށް އެންމެ ބޮޑަށް ނުފޫޒު ފޯރުވާފައިވަނީ މިދިޔަ އެމްޑީޕީގެ ދައުރުގައިކަމަށްވެސް ވިދާޅުވެފައެވެ.
ތަފާސް ހިސާބުތައް ދައްކާގޮތުގައި 2018 ނޮވެމްބަރު މަހުން ފެށިގެން 2023 ވަނަ އަހަރާ ހަމައަށް 56 ފިޔަވަޅެއް ފަނޑިޔާރުންނާ ދެކޮޅަށް އަޅާފައިވެއެވެ. އޭގެތެރޭގައި 8 ފަނޑިޔާރުން މަޤާމުން ވަކިކޮށް 3 ފަނޑިޔާރެއްގެ މަޤާމު ދަށްކޮށް، 12 ފަނޑިޔާރަކު ސަސްޕެންޑުކޮށްފައިވެއެވެ. އަދި ސްލޫކީ މައްސަލަތައް ސާބިތުވިކަމަށް ކަނޑައަޅައި ނަސޭހަތްދިން ފަނޑިޔާރުންގެ އަދަދު 33އަށް އަރައެވެ. ނަމަވެސް މިސަރުކާރުގައި މިހާތަނަށް ފަނޑިޔާރުންނާމެދު އަޅާފަވަނީ 5 ފިޔަވަޅެކެވެ. އެއީ 3 ފަނޑިޔާރަކު ސަސްޕެންޑުކޮށް ފަނޑިޔާރުންނާ ގުޅޭ ސްލޫކީ މައްސަލަބަލައި ނަސޭހަތްދިނުމުގެ 2 މައްސަލަކަމަށްވެސް މެންބަރުން ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
