
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް އިމިގްރޭޝަން)
އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރު ޝަމްއާން ވަހީދު ހައްޔަރުކުރީ ފްރޭމްކޮށްގެން ކަމަށް އާއިލާއިން ބުނާ ވާހަކަތައް ފުލުހުން ވެސް ދޮގުކޮށްފި އެވެ. އޭނާ މަގާމުން ވަކިކޮށް ހައްޔަރުކުރީ މިދިޔަ މާޗް މަހުގެ 21 ވަނަ ދުވަހުގެ ރޭ އެވެ. ޝަމްއާންގެ އާއިލާއިން އަންނަނީ “ނުހައްގުން ހައްޔަރު ކޮށްގެން ގެންގުޅޭތާ” ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށާއި އޭނާ ފްރޭމްކޮށްފައިވާ ކަމަށް ތުހުމަތު ކުރަމުންނެވެ. ޝަމްއާން ބަންދުކުރަން ހޯމް މިނިސްޓަރު އަލީ އިހުސާން މަސައްކަތް ފެއްޓެވީ އިހުސާންގެ “ވީޑިއޯ”އެއް އޮތުމުން ކަމަށް ވެސް އާއިލާއިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ. ނަމަވެސް އެ ކުރާ ތުހުމަތު ތަކުގެ ތަފްސީލެއް ނުދެ އެވެ.
އިމިގްރޭޝަން ރިޝްވަތުގެ މައްސަލާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ސުވާލު ކުރީ އޭނާގެ އާއިލާއިން ކުރާ އެ ތުހުމަތުތަކާ ގުޅޭގޮތުންނެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވީ އެ މައްސަލައިގައި ބަޔަކު ފްރޭމްކުރުމަށްޓަކައި އެއްވެސް ކަމެއް ކުރަން ނުޖެހޭކަން ތަހުގީގުން މިހާތަނަށް އެނގޭ ކަމަށެވެ. “އެހެންވީމަ އަދި އާއިލާގެ ފަރާތުން މިނިސްޓަރާ [އަލީ އިހުސާން] ޝައްމާނާ ދޭތެރޭގައި ހުރި ކަންތައްތަކެއްގެ ވާހަަކަ ދެއްކި ކަމުގައިވީ ނަމަވެސް، އަޅުގަނޑުމެންނަށް މި ތަހުގީގަށް މިހާހިސާބަށް ފާހަގަކުރެވިފައި ހުރި އެއްވެސް ކަމެއް އަޅުގަނޑަކަށް ނެތް ލިބިފައެއް އެކަހަލަ އެއްވެސް މައުލޫމާތެއް ނެތް ލިބިފައެއް،” ޝަރީފް ވިދާޅުވި އެވެ.
“އަދި މި މައްސަލައާ ގުޅިގެން އެއްވެސް މީހެއްގެ ވީޑިއޯއެއް އެއްވެސް މީހެއްގެ އަތުގައި އޮތް ވާހަކައަކީ އެއީ އަޅުގަނޑުމެން މި ތަހުގީގަށް އެހާ މުހިންމު ވާހަކައަކަށް ނުވާތީ އަޅުގަނޑުމެން މި ތަހުގީގު ތެރޭގައި އެބައި ކުރިއަކަށް ނުގެންދަން.” ވީޑިއޯ މައްސަލާގައި މިހާތަނަށް އިހުސާނުއާ ސުވާލު ކޮށްފައި ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ފުލުހުން ތުހުމަތުކުރަނީ، އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއަކު ދޫކޮށްލުމަށް ފަހު، އެ އިދާރާގެ މުވައްޒަފުންތަކަކާ ގުޅިގެން އެ މީހާގެ އަތުން 500،000 އަށް ވުރެ ގިނަ ރުފިޔާ ހޯދައިގެން އެ ފައިސާ ޝަމްއާންގެ ގެއަށް ގެންދިޔަ ކަމަށެވެ. އެ މައްސަލާގައި ޝަމްއާން އާއި އިމިގްރޭޝަންގެ އިތުރު ހަތަރު މުވައްޒަފަކާއި ބިދޭސީއެއް ވެސް ވަނީ ހައްޔަރު ކޮށްފަ އެވެ. އެ މައްސަލާގައި ދައުވާ ކުރުމަށް މިހާރު ވަނީ ޕީޖީއަށް ފޮނުވައިފަ އެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
