
(ފޮޓޯ ކްރެޑިޓްސް: ފުލުހުން)
އިމިގްރޭޝަންގެ މުވައްޒަފުންތަކަކާއި ގުޅިގެން ޤާނޫނާއި ޚިލާފަށް ރާއްޖެއަށް ބިދޭސީން ގެނައުމުގެ ވިޔަފާރިކޮށް، ޖިނާއީކުށްކޮށްގެން ފައިސާ ހޯދައި މަނީ ލޯންޑަރ ކޮށްފައިވާ ބަންގްލަދޭޝަށް ނިސްބަތްވާ މީހަކު ހައްޔަރުކޮށް ތަހުގީގު ނިންމައި ދައުވާކޮށްދިނުމަށްއެދި ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހަށް ފޮނުވައިފިއެވެ. މި މައްސަލައިގެ ހިމެނޭ 34 އަހަރުގެ ޝަހާދަތު ހުސައިންގެ ނަމުގައި ހަދާފައިވާ ބޭންކު އެކައުންޓުތަކުގައި އެތައް މިލިއަން ރުފިޔާ ދައުރުކޮށްފައިވާކަން ފުލުހުންގެ ތަހުޣީގަށް ވަނީ ހާމަވެފައެވެ.
ޤާނޫނާއި ޚިލާފަށް ރާއްޖެއަށް ބިދޭސީން ގެނައުމުގެ ވިޔަފާރިކޮށް، ޖިނާއީ ކުށްކޮށްގެން ފައިސާ ހޯދައި މަނީ ލޯންޑަރ ކޮށްފައިވާކަމަށް ފުލުހުންގެ އިންޓަލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ބެލި އެ މައްސަލައިގައި ހައްޔަރުކޯށް ތަހުޤީގު ހިންގާފައިވަނީ ބަންގްލަދޭޝަށް ނިސްބަތްވާ އުމުރުން 34 އަހަރުގެ ޝަހާދަތު ހުސެއިންއެވެ. ކޯޓު އަމުރެއްގެ ދަށުން ޝަހާދަތު ހުސެއިން ހައްޔަރުކޮށް މައްސަލަ ތަހުޤީގުކޮށްފައިވާއިރު، އޭނާ އަކީ ރާއްޖޭގައި 2014 ވަނަ އަހަރުން ފެށިގެން އުޅެމުންދާ މީހެކެވެ. މިހާތަނަށް 4 ވޯކް ޕާމިޓެއްގެ ދަށުން ރާއްޖޭގައި އޭނާ މަސައްކަތްކޮށްފައިވާއިރު، 2019ވަނަ އަހަރުން ފެށީގެން ބޭންކް އޮފް މޯލްޑިވްސްގައި އޭނާގެ ނަމުގައި ދިވެހި ރުފިޔާގެ 3 އެކައުންޓާއި ޑޮލަރު އެކައުންޓުގެ 3 އެކައުންޓް ވަނީ ހުޅުވާފައެވެ. އޭނާގެ ވޯކް ޕާމިޓް މިދިޔަ އަހަރު ޖުލައި މަހު ހަމަވެފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ.
ފުލުހުންގެ ތަހުޤީޤަށް ހާމަވެފައިވާ ބައެއް ކަންކަމަށް ބަލާއިރު އޭނާ އެންމެ ފަހުން ވަޒީފާ ހަމަޖެހުނު ކަމުގެ ލިޔުމުގައި އޮފީސް މަސައްކަތު މީހެއްކަމުގައި ލިޔެފައި އޮތްނަމަވެސް މުސާރައިގެ ގޮތުގައި ހިމަނާފައިވަނީ 3000 ޑޮލަރެވެ. އަދި އެކްސްޕެޓް ސިސްޓަމުގައި ވެސް އޭނާ އާއި ގުޅޭ މައުލޫމާތު އަޅާފައިވަނީ އެގޮތަށްކަމަށް ފުލުހުން ވިދާޅުވިއެވެ. ބިދޭސީން ރާއްޖެ ގެނައުމުގެ ވިޔަފާރި ފުޅާދާއިރާއެއްގައި އޭނާ ކުރަމުން ދިޔަ ކަމަށް ފުލުހުންގެ ތަހުޤީގައް ވަނީ ހާމަފައެވެ. އެގޮތުން އޭނާ މާލޭގައި 18،000ރ އަށް 2 ކޮޓަރީގެ އެޕާޓްމެންޓެއް ކުއްޔަށް ނަގައިގެން ދިރިއުޅެމުން ދިޔައިރު އޭނާ ގެންގުޅޭ ފޯނާއި ލެޕްޓޮޕުން ކުންފުނިތަކުގެ ލޯގޯއާއި ކުންފުނިތަކުގެ ރެޖިސްޓްރީ، ބިދޭސީންނާއި ޕާސްޕޯޓް އަދި ބައެއް ދިވެހިންގެ އީފާސް އަޑީތައް ފުލުހުން ވަނީ ހޯދާފައެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
“މިތަކެތި ފެނިފައިވުމުން ޝަހާދަތު ހުސެއިން އަކީ ވަރަށް ފުޅާ ދާއިރާއެއްގައި ރާއްޖެއަށް ބިދޭސީން އެތެރެކޮށް އެކަމުން މާލީ މަންފާ ހޯދާ ފަރާތެއްކަން. އޭނާގެ ފޯނާއި ލެޕްޓޮޕުން ފެނުނު މައުލޫމާތަށް ބަލާއިރު އަމިއްލަ ފަރުދުންގެ ނަމުގައި 153 އެކައުންޓުގެ އައިޑީ ޕާސްވޯޑާއެކު، ފޮރިން 7 އެކައުންޓު އައިޑީ ޕާސްވޯޑާއެކު، ޕްރައިވެޓް ލިމިޓެޑް ކުންފުނިތަކުގެ ނަމުގައި 283 އައިޑީ ޕާސްވޯޑާއެކު އެކު، އަމިއްލަ ފަރުދުން ނަމުގައި 126 ފަރާތްތާއެކު އަދި ޕާޓްނަރޝިޕް ނަމުގައި 5 އައިޑީ ފެނިފައިވޭ ” ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަހުމަދު އަޒްމަތު އަބްދުﷲ ވިދާޅުވިއެވެ.
ފުލުހުންގެ ވިދާޅުވީ އޭނާގެ އަތުން ގިނަ އަދަދެއްގެ ލިޔެކިއުންތަކާއި އައިޑީތައް ފެނިފައިވާއިރު މިއީ އޭނާ އަމިއްލައަށް ހަދާފައިވާ ތަކެތި ކަމަށް ނުބެލޭ ކަމަށެވެ. އަދި މިކަމުގައި އިދާރާތަކާއި އަމިއްލަ ބައެއް ފަރާތްތަކުން ޝާމިލްވެ މާލީ މަންފާ ނަގަމުންދާ ކަމަށް ބެލޭވޭ ކަމަށް ވިދާޅުވިއެވެ. “ޝަހާދަތު ހުސެއިންގެ މިމަސައްކަތުގައި މޯލްޑިވްސް އިމިގްރޭޝަންގައި މަސައްކަތް ކުރާ ބަޔަކާއި، ދިވެހިންގެ އާންމު އެތައް ބަޔަކު ޝަހާދަތު ހުސެއިންއާއި ގުޅިގެން ކުންފުނިތަކުގެ ކޯޓާ ނަގާ ބިދޭސީން އެތެރެކޮށް އެ ބިދޭސީންނަށް ވަޒީފާއެއް ނުދީ މާލެ ތެރެއަށް ދޫކޮށްލާ މާލީ މަންފާ ހޯދާ ކަމަށް ބެލެވޭ. މީގެ އިތުރުން އޭނާ ފޯނުން ސައްޙަ ނޫން ވޯކް ޕާމިޓް ލިއެކިއުންތައް ފޮނުވާ ބަންގްލަދޭޝްގައި ހުޅުވާފައިވާ އެކައުންޓްތަކަށް ފައިސާ ޖަމާކުރުވާކަން ހޯދިފައިވޭ ” ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަހުމަދު އަޒްމަތު އަބްދުﷲ ވިދާޅުވިއެވެ.
މިމައްސަލައިގެ ދިވެހި އަދި އިމިގްރޭޝަން މުވައްޒަފުން ޝާމިލްވާކަން އޭނާގެ ފޯނުން ފެނުނު ލިއެކިއުންތަކުންނާއި، ޗެޓްލޮގުތަކުން ހާމަވާތީ އެ މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ބަލަމުންދާކަމަށް ފުލުހުން ވިދާޅުވެއެވެ. ފުޅާ ދާއިރާއެއްގައި ބިދޭސީން ގެނައުމުގެ ވިޔަފާރިއެއް ކުރަމުން ދިޔަ ޝަހާދަތުގެ އެކައުންޓުތަކުގައި 8 މިލިއަން ރުފިޔާ ވަނީ ދައުރުވެފައެވެ. އަދި އޭނާ އަމިއްލަ އެކައުންޓުން އެކްސްޕެޓް ސިސްޓަމަށް މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ދެއްކިކަން ފުލުހުން ތަހުޤީޤުން ވަނީ ދެނެގަނެފައެވެ. މި މައްސަލަ އިތުރަށް ތަހުޤީޤުކުރަމުން ގެންދާކަމަށް ފުލުހުން ވިދާޅުވެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
